ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އިތުރު ކުރަން އިންޑިއާއިން ޝައުގުވެރިކަން ފާޅުކޮށްފި

އިންޑިއާގެ ހަކަތަ މިނިސްޓަރާއި އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ބައްދަލުކުރައްވަނީ - ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓަރު

އިންޑިއާގެ ހަކަތަ މިނިސްޓަރާއި އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ބައްދަލުކުރައްވަނީ - ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓަރު

އިންޑިއާއިން އިސްވެ ދުނިޔޭގެ އެކި ގައުމުތަކުގައި ފަށާފާއިވާ އިއާދަކުރަނިވި ހަކަތަ ގާއިމް ކުރުމުގެ މަޝްރޫއު "ގްރީން ގްރިޑް" ގައި ރާއްޖެ ހިމަނައި، ރާއްޖޭގައި އިއާދަކުރަނި ހަކަތަ އިތުރު ކުރަން އިންޑިއާގެ ޝައުގުވެރިކަން އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާއާ ހިއްސާ ކޮށްފި އެވެ.

އިންޑިއާ ސަރުކާރާއި އޮބްޒާވާ ރިސާޗު ފައުންޑޭޝަން (އޯބީއެފް) ގެ ފަރާތުން މިދިޔަ ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ރައިޒީނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަންނަވަން އިންޑިއާގެ ބައެއް ވަޒީރުން ރާއްޖެ ވަޑައިގެންނެވި އެވެ.

މި ގޮތުން އިންޑިއާގެ ކޮމިއުނިކޭޝަންސް އެންޑް އިލެކްޓްރޯނިކްސް މިނިސްޓަރު އަޝްވިނީ ވައިޝްނަވާއި އާއި، އެންވަޔަރަމެންޓް މިނިސްޓަރު ބުޕެންޑާ ޔަވަޑްއާއި، ރިނިއުވަބަލް އެނާޖީ މިނިސްޓަރު ރާޖް ކުމާރު ސިންގް ވަނީ ވަކިވަކިން ޝައުނާއާ ބައްދަލު ކުރައްވައިފަ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ އިންޑިއާގެ އެނާޖީ މިނިސްޓަރާއި ޝައުނާ އާއެކު ބޭއްވި ބައްދަލުވުމުގައި، ރާއްޖޭގައި އިއާދަކުރަނިވި ހަތަކަ ބޭނުން ކުރެވޭ މިންވަރު އިތުރު ކުރުމަށާއި، އިންޑިއާއިން ކުރިއަށް ގެންދަން މަސައްކަތް ކުރާ "ގްރީން ގްރިޑް" މަޝްރޫއުގައި ރާއްޖެ ހިމަނަން އިންޑިއާއިން ޝައުގުވެރިކަން ފާޅު ކުރެއްވި ކަމަށެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖޭގައި ބޭއްވި ރައިޒީނާ ޑައިލޮގް - ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ
އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖޭގައި ބޭއްވި ރައިޒީނާ ޑައިލޮގް - ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ

އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖޭގައި ބޭއްވި ރައިޒީނާ ޑައިލޮގް - ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ

އިންޑިއާގެ ކޮމިއުނިކޭޝަން މިނިސްޓަރު އަޝްވިނީ ވައިޝްނަވާއި ކުރެއްވި ބައްދަލުވުމުގައި، ރާއްޖޭގެ ޑިޖިޓަލް އައިޑީ އުފެއްދުމަށާއި، އިންޑިއާގެ ޑިޖިޓަލް ސިސްޓަމެއް ގާއިމްވެފައި އޮތް ގޮތާ ގުޅޭ ގޮތުން މައުލޫމާތު ބަދަލުކުރުމަށާއި، މި މަސައްކަތަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ރާއްޖެއަށް ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.

އިންޑިއާގެ އެންވަޔަރަމެންޓް މިނިސްޓަރު ބުޕެންޑަރު ޔަޑަވް ޝައުނާއާ ބައްދަލުކުރައްވައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ މުސޫމީ ބަދަލުތަކުގެ މުއާހަދާ ކޮޕްގައި ދެކެވިފައިވާ ވާހަކަތަކަށެވެ.

މިގޮތުން، "ކޮޕް 26" އަށްފަހު އައި ކުރިއެރުންތަކާ ގުޅޭ ގޮތުންނާއި "ކޮޕް 27" އާއި ހަމައަށް ދާއިރު ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox