ރިޔަން އިން ހަވާލުވި މަޝްރޫއުތައް ލަސްވާ ސަބަބަކަށް ދެއްކީ ސަރުކާރުގެ ގޯސްތައް

ރިޔަން އިން ހަވާލުވި މަޝްރޫއުތައް ލަސްވާ ސަބަބަކަށް ދެއްކީ ސަރުކާރުގެ ގޯސްތައް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ) ގެ މަސްލަހަތު އޮންނަ ރިޔަން ކުންފުންޏާ ސަރުކާރުން ހަވާލުކުރި މަޝްރޫއުތައް ލަސްވަނީ މިނިސްޓްރީން ދޭން ޖެހޭ އެއްބާރުލުން ނުދޭތީ ކަމަށް ބުނެ އެ ކުންފުނިން ބަޔާނެއް ނެރެފި އެވެ.

ސާބެގެ ކުންފުންޏާ ހަވާލުކުރި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ޑިޒައިން ތައްޔާރު ކުރުމުގެ މަޝްރޫއުތަކެއް ލަސްވެފައިވާ ކަމުގެ ވާހަކަ އައިސްފައި މިވަނީ، ސަރުކާރަށް ފާޑުވިދާޅުވެ އީވާ ހިމެނޭހެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ބޭފުޅުން ދައްކަވަމުން ގެންދަވަނިކޮށެވެ.

މި ވާހަކަ އައިސްފައި މި ވަނީ، އަންނަ މަހުގެ 14 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާ ދިމާކޮށް، ނަޝީދުގެ ފެކްޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ ކޯޅުން ހޫނުވެފައިވަނިކޮށެވެ.

ރިޔަން ކުންފުންޏާ ގުޅޭ ގޮތުން ސަރުކާރުން ދައްކާ ވާހަކަތަކަށް ރައްދުދީ، ނެރުނު ބަޔާނުގައި ވަނީ، މިއަދާ ހަމައަށް ހުރިހާ ސިއްހީ މަރުކަޒުތަކުގެ ކުރެހުންތަކާއި ޓެންޑާ ޑޮކިއުމަންޓްތައް ވެސް އެ ކުންފުނިން މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް ހުށަހަޅާފައިވާ ކަމަށެވެ.

އެއްބަސްވުމުގައި ވަނީ އިނީޝަލް ކޮންސެޕްޓަށް ފަހު މިނިސްޓްރީން އެއަށް ހުށަހަޅާ ހިޔާލުތަކާ ގުޅިގެން އިތުރު އެންމެ ކޮންސެޕްޓް ރިވިޝަނެއް ދިނުމަށެވެ. އެކަމަކު ބައެއް މަޝްރޫއުތަކަށް ހަތަރު ފަހަރަށް ވެސް ކޮންސެޕްޓް ރިވައިސްކޮށް ހުށަހަޅަން ޖެހުނު ކަމަށް ރިޔަން އިން ބުންޏެވެ.

މީގެ އިތުރުން މިނިސްޓްރީން ކޮމެންޓް ކުރެވޭ ސިއްހީ މަރުކަޒު ވެސް ބައެއް ފަހަރު އޮޅިފައި ހުންނަ ކަމަށާއި ކުރީގެ ކުރެހުމަކަށް ވެސް ކޮމެންޓް ދެވިފައިވާ ކަން ފާހަގަ ކޮށްފައިވެ އެވެ. މި ކަން ހައްލު ކުރަން ވެގެން އެއްބަސްވުންތަކުގައި މިނިސްޓްރީން ކަނޑައަޅާފައިވާ ފަރާތަށް މުއާމަލާތް ކުރަން ދަތިވި ކަމަށް ބުންޏެވެ.

"މިހާތަނަށް މި ކުންފުނިން ފޮނުވައިފައިވާ 31 ސިޓީއަކަށް މިއަދާ ހަމައަށް ރަސްމީ ޖަވާބެއް ލިބިފައި ނުވެއެވެ،" ރިޔަން ކުންފުނިން ނެރުނު ބަޔާނެއްގައިވެ އެވެ.

ކޮވިޑުގެ ސަބަބުން ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ޕޮޒިޓިވް ވުމުން، މުއްދަތު އިތުރު ކޮށްދޭން ވެސް މިނިސްޓްރީގައި ކުންފުނިން އެދިފައިވެ އެވެ. އެކަމަކު އެއިން އެއްވެސް ކަމަކަށް އެއްބާރުލުން ނުދޭ ކަމަށް ރިޔަން ކުންފުނިން ބުންޏެވެ.

މުއްދަތު އިތުރުކޮށް، އެއްބަސްވުމުގެ ދަށުން ކުރެވޭނެ އެންމެ މަތިން ޖޫރިމަނާ ކުރި ކަމަށް ވެސް ބުންނެވެ. އެހެންވިޔަސް ކުރެހުންތަކާއި ޓެންޑަ ޑޮކިއުމަންޓްތައް ނިންމުމަކީ ކުންފުނިން މަޝްރޫއުތައް ދީފައިވާ އަހަމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox