މިފްކޯގެ އާ ބޯޓު "ޖަޒީރާ ރީފާ" އިން މަސް އެކްސްޕޯޓުކުރުމުގެ ދަތުރުތައް ފަށައިފި

މިފްކޯގެ އާ ބޯޓު ޖަޒީރާ ރީފާ: މިފްކޯއިން ބުނީ 2،500 ޓަނުގެ އެބޯޓަކީ މަސްވެރިކަމުގެ ދާއިރާއަށް ކުރި އިންވެސްޓްމެންޓެއްކަމަށް. ފޮޓޯ: މިފްކޯ

މިފްކޯގެ އާ ބޯޓު ޖަޒީރާ ރީފާ: މިފްކޯއިން ބުނީ 2،500 ޓަނުގެ އެބޯޓަކީ މަސްވެރިކަމުގެ ދާއިރާއަށް ކުރި އިންވެސްޓްމެންޓެއްކަމަށް. ފޮޓޯ: މިފްކޯ

ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ އާ ބޯޓު "ޖަޒީރާ ރީފާ" އިން ދިވެހިރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓުކުރަން ފަށައިފި އެވެ.

މިފްކޯއިން ބުނީ 2،500 ޓަނުގެ އެ ބޯޓު އިއްޔެ މަސް އެކްސްޕޯޓް ކުރުމަށް ތައިލޭންޑަށް ފުރާފައިވާ ކަމަށެވެ. މިފްކޯއިން ބުނީ އާ ބޯޓު މެދުވެރިކޮށް އެކްސްޕޯޓުކުރަން ފެށުމަކީ މަސްވެރިކަމަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ. އަދި އެއީ މަސް ގަތުމުގެ އޮޕަރޭޝަން ތަރައްގީކުރަން އެ ކުންފުނިން ކުރި އިންވެސްޓްމެންޓެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މިފްކޯއިން ބުނީ މިއަހަރުގެ މިހާތަނަށް އެ ކުންފުނިން 24،500 ޓަނުގެ މަސް ގަނެފައިވާ ކަމަށެވެ. އަދި މަސް އެކްސްޕޯޓުކުރަން މިއަހަރު އެކަނި ވެސް ހަތް ރީފާ ބޯޓު ޗާޓަރުކޮށްގެން އެ ކުންފުނިން ގެނެސްފައިވާ ކަމަށް މިފްކޯއިން ބުނެ އެވެ.

އަލަށް ގެނައި ޖަޒީރާ ރީފާއާއެކު އެ ކުންފުނީގެ އެކްސްޕޯޓުކުރުމުގެ މަސައްކަތްތައް ހަލުވިވެގެންދާނެއިރު، އިތުރު މާކެޓުތަކަށް ވެސް އެ ކުންފުނިން މަސް އެކްސްޕޯޓުކުރަން ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށް މިފްކޯއިން ބުނެ އެވެ.

މިފްކޯއިން އާ ބޯޓެއް ގެނެސް އެކްސްޕޯޓުކުރަން ފަށާފައިވަނީ މިދިޔަ ތިން މަހެއްހާ ދުވަހު ރާއްޖޭގެ މަސްވެރިކަން އިންތިހާއަށް ރަނގަޅުވެފައިވާ ދުވަސްވަރެއްގަ އެވެ.

ރާއްޖޭގެ ދެކުނަށް އަދިވެސް މަސްވެރިކަން ރަނގަޅުއިރު، މިފްކޯގެ ދެކުނު ހަބު ކޫއްޑޫއަށް މަސް ކިރުމުގައި މި ދޭތެރެއިން މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. ނަމަވެސް މިހާރު އެ މައްސަލަތައް ވެސް ވަނީ ހައްލުކޮށްފަ އެވެ.

މިފްކޯއިން މަސް އެކްސްޕޯޓުކުރުމަށް އާ ބޯޓެއް ގެނައިއިރު، ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލުގެ ބޮޑު ހިއްސާއެއް އެކުލެވެނީ މަހުގެ ބަވަތްތަކުގައި ކަން ފާހަގަކުރެވެ އެވެ. އަދި ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކުރާ ގައުމަކީ ވެސް ތައިލޭންޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox