ކޮވިޑް ވެކްސިން ނުޖަހާ ކުޅުންތެރިންނަށް ވެސް ވިމްބަލްޑަންގައި ކުޅެވޭނެ

Apr 27, 2022, 1:02 AM
ޖޮކޮވިޗް ވިމްބަލްޑަން ޗެމްޕިއަންކަން ހޯދި ކުޅުންތެރިންގެ ވޯލް ދައްކާލަނީ.

ޖޮކޮވިޗް ވިމްބަލްޑަން ޗެމްޕިއަންކަން ހޯދި ކުޅުންތެރިންގެ ވޯލް ދައްކާލަނީ.

ލަންޑަން (އޭޕްރީލް 27) - ކޮވިޑް-19 އިން ރައްކާތެރިވާން ވެކްސިން ނުޖަހައި ތިބި ކުޅުންތެރިންނަށް ވެސް އިނގިރޭސިވިލާތުގައި ބާއްވާ ވިމްބަލްޑަން ޓެނިސް މުބާރާތުގައި ވާދަކުރެވޭނެ ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެފި އެވެ.

ކޮވިޑް ވެކްސިން ނުޖަހައި، އެ ކަމާބެހޭ މައުލޫމާތު ދޭން ދެކޮޅު ހެދުމުން މި އަހަރު ޖެނުއަރީ މަހު ކުރިއަށްދިޔަ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ވާދަކުމުގެ ފުރުސަތު ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗަށް ނުދިނެވެ. ޖޮކޮވިޗް، އެ ފަހަރު އޮސްޓްރޭލިއާ އިން ޑީޕޯޓްކޮށްލީ އެވެ. އޭގެ ފަހުން އެމެރިކާގައި ކުރިއަށްދިޔަ މުބާރާތްތަކުގައި ވެސް ވެކްސިން މައްސަލައިގައި ޖޮކޮވިޗަށް ވާދަނުކުރެވުނެވެ.

އެކަމަކު، އަންނަ ޖޫން 27 އިން ޖުލައި 10 ވަނަ ދުވަހާ ހަމައަށް އިންގްލެންޑްގައި ކުރިއަށްދާ ވިމްބަލްޑަން ޓެނިސް މުބާރާތް އިންތިޒާމްކުރާ ކޮމިޓީން ބުނީ އިންގްލެންޑަށް އެތެރެ ވުމުގައި ކޮވިޑް ވެކްސިން ޖެހުމަކީ ލާޒިމު ކަމެއްގެ ގޮތުގައި ހިމަނާފައިނުވާތީ، ވިމްބަލްޑަންގައި ވެސް އަމަލުކުރާނީ އެ ގޮތަށް ކަމަށެވެ.

ވިމްބަލްޑަން އިންތިޒާމުކުރާ ފަރާތުގެ މި ނިންމުމާ އެކު، ހަ ފަހަރު ވިމްބަލްޑަން ތަށި އުފުލާލާފައިވާ، ސާބިއާގެ ޖޮކޮވިޗް މި ފަހަރުގެ މުބާރާތުގައި ފެންނާނެކަން ކަށަވަރުވީ އެވެ.

ވެކްސިން މައްސަލައިގައި މި އަހަރު ޖޮކޮވިޗަށް ގިނަ މުބާރާތްތަކެއް ގެއްލިދާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް ގައުމުތަކުން ކޮވިޑް ވެކްސިން ލާޒިމު ކުރުމުގައި ދެ ވަނަ ވިސްނުމަކަށް ދާން ފަށާފައިވާއިރު، މިއީ ޖޮކޮވިޗަށް ގިނަ މުބާރާތްތައް ކުޅެން ފުރުސަތު ލިބޭނެ ސަބަބެކެވެ. ޖޮކޮވިޗް ވަނީ މުބާރާތްތައް ކުޅުމުގެ ފުރުސަތު ނުލިބުނަސް މަޖުބޫރުވެގެން ވެކްސިން ނުޖަހާނެ ކަމަށް ބުނެފަ އެވެ.

ވިމްބަލްޑަން ޓެނިސް މުބާރާތުގައި ރަޝިއާ އާއި ބެލަރޫސް ކުޅުންތެރިންނަށް ނުކުޅެވޭނެ ކަމަށް ވަނީ މީގެ ކުރިން ނިންމައިފަ އެވެ.

ޓެނިހުގެ އެންމެ ޝަރަފްވެރި ހަތަރު މުބާރާތު (ގްރޭންޑް ސްލޭމް)ގެ ތެެރެއިން އެއް މުބާރާތް ކަމަށްވާ، ވިމްބަލްޑަން ގައި ރަޝިއާ އާއި ބެލަރޫސް ކުޅުންތެރިންނަށް ނުކުޅެވޭ ގޮތަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ހެދީ ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން އެޅި ފިޔަވަޅެއްގެ ތެރެއިންނެެވެ.

ބެލަރޫސް ކުޅުންތެރިންނަށް ނުކުޅެވެނީ ރަޝިއާ އިން ޔޫކްރެއިނާ ދެކޮޅަށް ކުރާ ހަނގުރާމަ އަށް ބެލަރޫސް ސަރުކާރުން ތާއީދުކުރާތީ އެވެ.

ވިމްބަލްޑަންގެ މި ނިންމުމާ ހެދި ޓެނިހުގެ ރޭންކިންގެ މަތީ ފަންތީގައި ތިބި ކުޅުންތެރިންނަށް ވެސް އަސަރުކުރާނެ އެވެ. އެ ގޮތުން ފިރިހެން ރޭންކިން އެއް ވަނައިގައި ކުރިން އޮތް، އަދި މި ވަގުތު ދެ ވަނައިގައި އޮތް ރަޝިއާގެ ޑަނީލް މެޑްވެޑޭވް އާއި އަންހެން ރޭންކިން ހަތަރެއްގައި އޮތް ބެލަރޫސްގެ އަރީނާ ސަބަލެންކާ އަށް މި ފަހަރުގެ ވިމްބަލްޑަންގެ އިތުރުން، އިނގިރޭސި ކޯޓުތަކުގައި ކުޅޭ އެއްވެސް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox