ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕް: ސިންގަލްސް ބައިން ލިބުނު ތަޖުރިބާގެ އަލީގައި ފޯކަސް ޑަބަލްސް އަށް

Apr 26, 2022, 11:17 AM
ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕް: ސިންގަލްސް ބައިން ލިބުނު ތަޖުރިބާގެ އަލީގައި ފޯކަސް ޑަބަލްސް އަށް

އޭޝިއާގެ މަތީ ފަންތީގެ ކުޅުންތެރިން ވާދަކުރާ މުބާރާތް، ސްމާޓް ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕް 2022ގެ ސިންގަލްސް ކެޓަގަރީން ލިބުނު ތަޖުރިބާގެ އަލީގައި ޑަބަލްސް ދެ އިވެންޓްގައި ނަތީޖާ ރަނގަޅުކުރަން ރާއްޖޭގެ ކުޅުންތެރިން އަމާޒުހިފައިފި އެވެ.

ފިލިޕީންސްގައި ކުރިއަށްދާ މި ފަހަރުގެ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގައި ވާދަކުރަނީ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ އިތުރުން ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޒަޔާން ޒަކީ އެވެ. މިއަދު ކުޅުނު ސިންގަލްސް މެޗުތަކުގައި، ޒަޔާން ފިރިހެން ސިންގަލްސް ކޮލިފައިންގައި ވާދަކުރިއިރު، ނަބާހާ ވަނީ އަންހެން ސިންގަލްސްގައި ކުޅެފަ އެވެ.

މިއަދު ކުޅުނު ފިރިހެން ސިންގަލްސްގައި ޗައިނާގެ ވޮން ޒެން ހަން އަތުން ޒަޔާން ބަލިވީ 21-11، 21-09 އިންނެވެ. އަދި މިޔަންމާގެ ފޯން ޕަޔެ ނިއާންގް އަތުން ޒަޔާން ބަލިވީ 21-13، 21-08 އިންނެވެ. އަންހެން ސިންގަލްސް ކޮލިފައިންގައި ނަބާހާ ފުރަތަމަ ވާދަކުރީ އިންޑޮނީޝިއާގެ ސްޓެފަނީ ވިޑްޔާޔާއާ ދެކޮޅަށެވެ. އެ މެޗުން ބަލިވީ 21-04، 21-08 އިންނެވެ. ދެ ވަނަ މެޗުގައި ނަބާހާގެ މައްޗަށް ފިލިޕީންސްގެ ޖަނެލް އޭން އަންދްރެސް ކުރިހޯދީ 21-17، 21-07 އިންނެވެ.

ސިންގަލްސް ކޮލިފައިން މެޗުތަކާ ބެހޭގޮތުން ޒަޔާން، "އަދަދު" އަށް ބުނީ ފުރަތަމަ މެޗުގައި ޗައިނާގެ ވޮންއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކުނު ކަމަށާއި އޭނާ އަކީ ދާދި ފަހުން ކޮރެއާ މާސްޓާސް ޗެމްޕިއަންކަން ހޯދާފައިވާތީ ފެނުނީ ވަރަށް ފޯމު ރަނގަޅުކޮށް ކަމަށެވެ.

"ދެ ވަނަ މެޗުގައި ފްރެޝްކޮށް ހުރިނަމަ ވަރަށް ރަނގަޅުވިސް. އެކަމަކު، ރޯދަ ވަރުބަލިކަމާ އެކުގައި ވަރުގަދަ ދެ މެޗު ކައިރިކައިރީގައި އެންމެ ރަނގަޅަށް ނުކުޅެވުނީ. ޗައިނާ މެޗުގައި ލީޑެއް ވެސް ނެގިފައި އަތުން ދިޔައީ،" ޒަޔާން ބުންޏެވެ.

މެއިން ޑްރޯގައި ރާއްޖޭން ވާދަކުރަނީ އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސްގަ އެވެ. އެ މެޗުތައް އޮތީ ކުރިއަށް އޮތް ދެ ދުވަހުގަ އެވެ. އަންހެން ޑަބަލްސްގައި މާދަމާ، ނަބާހާ އާއި ނަބީހާގެ ޕެއާ ކުޅެން ޖެހިފައިވަނީ ދެ ވަނަ އަށް ސީޑްކޮށްފައިވާ ދެކުނު ކޮރެއާގެ ލީ ސޮހީ އާއި ޝިން ސުއެންޝަންގެ ޕެއާއާ އެވެ.

މިކްސް ޑަބަލްސް ބައިގައި ޒަޔާން އާއި ނަބާހާގެ ޕެއާ އިން ޖަޕާނުގެ ހިރޯކީ މިޑޮރިކާވާ އާއި ނަޓްސޫ ސައިޓޯގެ ޕެއާއާ ކުޅެން އޮތް މެޗަށް ޖަޕާނުގެ ޕެއާ ހާޒިރުނުވާތީ، ޒަޔާން އާއި ނަބާހާ ވަނީ ގަދަ 16 ބުރަށް ދަތުރުކޮށްފަ އެވެ. ގަދަ 16 ބުރުގެ މެޗު އޮތީ ބުރާސްފަތި ދުވަހު އެވެ.

ގަދަ 16 ބުރުގައި ޒަޔާން އާއި ނަބާހާގެ ޕެއާ ކުޅެން ޖެހޭ ޕެއާ އެއް ކަނޑައެޅޭނީ މާދަމާ، އިންޑޮނީޝިއާގެ ރިނޯވް ރިވާލްޑީ އާއި ޕިތާ ހަނިންތިޔާސް މެންތާރީގެ ޕެއާ އާއި ހޮންކޮންގްގެ ޓަން ޗުން މަން އާއި ސޭ ޔިންގް ސުއޭގެ ޕެއާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

ސްމާޓް ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގައި ވާދަކޮށްލުުމުގެ ފުރުސަތަކީ ދިވެހި ކުޅުންތެރިން ރޭންކިން މައްޗަށް ޖައްސާލަން ބޭނުންހިފޭނެ ފުރުސަތެކެވެ. އަދި މި އަހަރު ކުރިއަށް އޮތް ބައިނަލްއަގުވާމީ މުބާރާތްތަކުގެ ތެރެއިން ކުޅެލަން ލިބޭނެ މަތީ ފަންތީގެ ރަނގަޅު މެޗެކެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox