ހައްލެއް ހޯދަން ރޭޑިއަންޓުން ޔޫތު މިނިސްޓްރީ އާއި އެފްއޭއެމާ މަޝްވަރާކުރަނީ

Apr 26, 2022, 8:10 AM
ރޭޑިއަންޓާއި އެފްއޭއެމުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.

ރޭޑިއަންޓާއި އެފްއޭއެމުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.

ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ގުޅުން އޮތް ކްލަބެއް ކަމަށާއި ރޭޑިއަންޓަށް ކުރިއަށް ދެވޭނެ ގޮތަކީ ނިއުގެ ދަރަންޏާ ހަވާލުވެގެން ކަމަށް އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީން ނިންމާފައިވާތީ، މި ކަމުގައި ހައްލެއް ހޯދައިގެން ކުރިއަށް ދެވޭނެ ގޮތެއް ހޯދަން މަޝްވަރާކުރަން ރޭޑިއަންޓުން ފަށައިފި އެވެ.

ރޭޑިއަންޓަކީ 2019 ވަނަ އަހަރު އެފްއޭއެމާއި ފީފާ އިން ދިން ސަސްޕެންޝަނެއްގައި އޮތް ނިއު ރޭޑިއަންޓްގެ "ސްޕޯޓިން ސަކްސެސާ" ގޮތުގައި އޭއެފްސީން ވަނީ ރަސްމީކޮށް ނިންމައިފަ އެވެ. އެހެންވެ، މި ވަގުތު ހާލަތު އޮތްގޮތުން ރޭޑިއަންޓަށް އެފްއޭއެމްގެ މުބާރާތެއްގައި ވާދަނުކުރެވޭނެ ކަމަށް، މިދިޔަ ބުދަ ދުވަހު އެފްއޭއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ހާމަކޮށްފަ އެވެ.

އޭގެ ފަހުން އެ ކަމާ ބެހޭގޮތުން އޭއެފްސިން ދިން ލިޔުންތައް އެފްއޭއެމުން ވަނީ ރޭޑިއަންޓަށް ވެސް ހިއްސާކޮށްފަ އެވެ.

އޭއެފްސީން ބުނީ ރޭޑިއަންޓް ވުޖޫދުވީ ނިއު ރޭޑިއަންޓާ އެއްގޮތް ގިނަ ކަންތައްތަކެއް ޓީމުގައި ހިމެނޭ ގޮތަށް ކަމަށްވާތީ އެ ފެޑެރޭޝަނުން ބަލާ މިންގަނޑުތަކުގެ މައްޗަށް ރިއާޔަތްކޮށް، ކަނޑައެޅީ ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާ ގޮތުގައި ކަމަށެވެ.

އެ ގޮތުން ރޭޑިއަންޓްގެ ބޯޑުގައި އެންމެ ފަހުން އުވިދިޔަ ނިއު ރޭޑިއަންޓްގެ ބޯޑު މެމްބަރުން ހިމެނުމާ ރޭޑިއަންޓް ރަޖިސްޓްރީ ކުރިއިރު، ކްލަބްގެ ލޯގޯ، ކުލަ އަދި ސަޕޯޓަރުން ވެސް ނިއު ރޭޑިއަންޓާ އެއްގޮތް ކަމަށް ފެންނާތީ އޭއެފްސީ އަށް ރޭޑިއަންޓާ މެދު ގޮތެއް ނިންމަން ފަސޭހަވީ އެވެ.

މި މައްސަލައިގައި ހައްލެއް ހޯދައި، ކުރިއަށް ދެވޭނެ ގޮތެއް ބެލުމަށް ރޭޑިއަންޓުން ވަނީ މަސައްކަތް ފަށައިފަ އެވެ. ސަބަބަކީ ރޭޑިއަންޓުން ވަނީ އެފްއޭއެމްގެ އެސޯސިއޭޓް މެމްބަރު ކަން ހޯދަން ހުށަހެޅުމަށް ފަހު، އެކަން ރަސްމީކޮށް އެކަން ޔަގީން ނުވެ އޮއްވައި، އަންނަ އޮގަސްޓް މަހު ބާއްވާ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ޓީމެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި ކޯޗުންނާއި ކުޅުންތެރިންނާ އެކު ކޮންޓްރެކްޓް ވެސް ހެދި އެވެ. މިހާރު އޮތް ގޮތުން ރޭޑިއަންޓަށް އަދި ތިން ވަނަ ޑިވިޝަނުގައި ކުޅެވޭނެ ގޮތެއް ނެތެވެ.

"އޭއެފްސީ ގެ ނިންމުމާއި ގުޅިގެން މި ކުލަބާއި އަދި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އާއި، އެފް އޭ މޯލްޑިވްސް އާއި ދެމެދު މި ކަމާއި ބެހޭ މަޝްވަރާތައް ފަށައިފީމެވެ. އެހެން ކަމުން މިކަންކަން ހިނގާ ގޮތް ހުރިހާ ސަޕޯޓަރުންނަށް ވެސް ކުރިއަށްދާ ވަރަކަށް ހިއްސާ ކުރަމުން ގެންދާނަމެވެ. އުއްމީދަކީ ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި މިކަމުގައި ނަތީޖާ އަކާއި ހަމައަށް ދިއުމެވެ،" ރޭޑިއަންޓުން އެ ކްލަބްގެ ސަޕޯޓަރުންނަށް ހިއްސާކުރި މެސެޖްގައި ބުނެފައިވެ އެވެ.

އެފްއޭއެމުން ވެސް ވަނީ ރޭޑިއަންޓުން މަޝްވަރާ ކުރަން ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ.

ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށްފައި އޮތީ އެ ކްލަބުން ގެނައި، ބިދޭސީ ކުޅުންތެރިންނާއި ކޯޗަށް ނުދީ އޮތް މުސާރައިގެ މައްސަލައިގައި ފީފާ އިންނެވެ.

ދާދި ފަހުން ފީފާ އިން ވަނީ ނިއު ރޭޑިއަންޓުން 2017 ވަނަ އަހަރު ގެނައި ޕޯޗުގީސް ކޯޗު ބެނާޓޯ ޓަވަރޭސް އަށް ދޭން ޖެހޭ، ފައިސާ ދޭން ހަ ދުވަހުގެ މުހުލަތެއް ދީފަ އެވެ. ޓަވަރޭސް އަށް ނިއު އިން ޖުމްލަ އެކު ބަލާއިރު، 37،076 ޑޮލަރު (571،724 ރުފިޔާ)، ނިއު އިން ދޭން ޖެހެ އެވެ.

ނިއު އަށް 2018 ވަނަ އަހަރު ކުޅުނު އަފްގާނިސްތާންގެ ފުލްބެކް، ހާރޫން އަމީރީ ބުނީ ނިއު ރޭޑިއަންޓްގެ ގިނަ ބަޔަކު ހިމެނޭ ގޮތަށް ހަދާފައިވާ ރޭޑިއަންޓްގެ ހަރަކާތްތައް ސޯޝަލް މީޑިއާގައި ފެނުމާ އެކު އޭނާގެ ވަކީލު މެދުވެރިކޮށް ފީފާ އާއި އޭއެފްސީން ކަންކަން އޮޅުންފިލުވި ކަމަށެވެ.

އަދި މިހާރު އެދެނީ ވީ އެންމެ އަވަހަކަށް ރޭޑިއަންޓުން ވިޔަސް ނޫނީ ނިއު ރޭޑިއަންޓްގެ ބަޔަކު ނަމަވެސް އޭނާ އަށް ދޭން ޖެހޭ ފައިސާ ދިނުމަށެެވެ. އަމީރީ ބުނީ އިންޓަރެސްޓަށް ވާ ފައިސާ ނުދީ ހަމައެކަނި ހައްގުވާ މުސާރަ ދިނަސް މައްސަލަ އަނބުރާ ނަގާނެ ކަމަށެވެ. އަމީރީ ބުނީ ޑިމާންޑްކުރަނީ މުސާރައިގެ ގޮތުގައި ލިބެން ޖެހޭ 30،000 ޑޮލަރު (462،600 ރުފިޔާ) ހޯދުމަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox