މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ތިޖޫރީ ފަޅާލައި އޭގައި ހުރި ފައިސާތައް ވަގަށް ގެންގޮސްފި އެވެ.
އެމްއެމްސީން ބުނީ ތިޖޫރި ފަޅައިލައިގެން ގެންގޮސްފައިވަނީ ޕެޓީ ކޭޝްގެ ގޮތުގައި ބޭނުންކުރަން ބަހައްޓާފައިވާ 3،612ރ. ކަމަށެވެ.
މީޑިއާ ކައުންސިލުން ބުނީ ވައްކަން ކޮށްފައިވާކަން އެނގުނީ މިއަދު ހެނދުނު މުވައްޒަފުން އޮފީހަށް ނުކުތުމުން ކަމަށެވެ. އަދި އެހިސާބުން އެކަން ފުލުހަށް ރިޕޯޓުކޮށްފައިވާނެ ކަމަށް އެމްއެމްސީން ބުންޏެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެ ނެގި ފައިސާ ނޫން އިތުރު އެއްވެސް އެއްޗެއް ގެއްލިފައި ނުވާ ކަމަށް ކައުންސިލުން ބުންޏެވެ.












