އުމުރުން އެންމެ ދުވަސްވީ މީހާ 119 އަހަރުގައި މަރުވެއްޖެ

ކާނޭ ޓަނަކާއަކީ ޖަޕާނު އަންހެނެއް. -- ފޮޓޯ: ރޮއިޓާޒް

ކާނޭ ޓަނަކާއަކީ ޖަޕާނު އަންހެނެއް. -- ފޮޓޯ: ރޮއިޓާޒް

ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާ 119 އަހަރުގައި މަރުވެއްޖެ އެވެ. މަރުވީ ކާނޭ ޓަނަކާ ނަމަކަށް ކިޔާ ޖަޕާނުގެ އަންހެނެކެވެ.

ޓަނަކާއަކީ ދުނިޔޭގެ ގަދަ ބާރެއްގެ ގޮތުގައި ޖަޕާނު ކުރިއަރަމުން އައި އިރު، 1903 ވަނަ އަހަރު އުފަންވި އަންހެނެކެވެ.

އޭނާ ކައިވެންޏެއް ކުރީ މީގެ 100 އަހަރު ކުރިންނެވެ. އެ ކައިވެންޏަށް ހަތަރު ދަރިން ލިބިފައިވެ އެވެ. އޭނާގެ އުމުރުގެ އެންމެ ފަހު ދުވަސްތައް ހޭދަ ކުރީ މުސްކުޅިންނަށް ހާއްސަ ގެޔެއްގަ އެވެ.

ޓަނަކާ ބުނެފައިވާ ގޮތުގައި އޭނާގެ ފިރިމީހާ ލޮލަށް ފެނުނީ ވެސް އުމުރުން 19 އަހަރުގައި ކައިވެނި ކުރި ދުވަހު އެވެ. އޭގެ ކުރިން އެ ދެ މީހުން ބައްދަލުވެފައެއް ނުވެ އެވެ.

ކައިވެނީގެ ފަހުން ގިނަ ވިޔަފާރިތަކެއް ހިންގުމުގައި ޓަނަކާ އުޅުނެވެ. އޭނާގެ ފިރިމީހާ ވަނީ 1937 ވަނަ އަހަރު ޗައިނާ އާއި ޖަޕާނާ ދެމެދު ކުރި ހަނގުރާމައިގައި ބައިވެރިވެފަ އެވެ.

ޓަނަކާގެ ފިރިހެން ދަރިފުޅު ވަނީ ދެ ވަނަ ބޮޑު ހަނގުރާމައިގައި ބައިވެރިވެފަ އެވެ. ރަޝިއާއިން ހައްޔަރު ކުރި ޖަޕާން ސިފައިންގެ ތެރޭގައި އޭނާގެ ފިރިހެން ދަރިފުޅު ހިމެނެ އެވެ.

ޓަނަކާގެ މަރާ އެކު މިހާރު ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާއަކީ 118 އަހަރުގެ ފްރާންސް މީހެކެވެ. ލުސީލް ރެންޑޮން ނަމަކަށް ކިޔާ އެ އަންހެން މީހާއަކީ ނަސާރާ ދީނުގެ ފައްޅިއެއްގައި އުޅޭ މީހެކެވެ.

ލުސީލް ރެންޑޯން.
ލުސީލް ރެންޑޯން.

ލުސީލް ރެންޑޯން.

ދުނިޔޭގެ އެންމެ މުސްކުޅިން ގިނަ ގައުމަކީ ޖަޕާނެވެ. އެ ގައުމުގެ އާބާދީގެ 25 ޕަސެންޓަށް ވުރެ ގިނައީ އުމުރުން 65 އަހަރުން މަތީގެ މީހުނެވެ.

ޖަޕާނު މީހުންގެ އުމުރު ދިގުވާ ސަބަބުތަކުގެ ތެރޭގައި ރަނގަޅު ކެއުމެއް ގެންގުޅުމާއި، ސިއްހީ ފަރުވާ އާއި މުސްކުޅިވުމުން ވެސް މަސައްކަތުގައި ދެމި ތިބުން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox