ފްރާންސްގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް މެކްރޯން އިންތިހާބުވެއްޖެ

ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން. -- ފޮޓޯ: އޭއެފްޕީ

ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން. -- ފޮޓޯ: އޭއެފްޕީ

ފްރާންސްގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް އިމޭނުއެލް މެކްރޯން އިންތިހާބުވެފައިވާ ކަމަށް ދައްކައިފި އެވެ.

އާދީއްތަ ދުވަހުގެ ވޯޓުލުމަށް ފަހު އިޕްސޯސް ޕޯލިން އިންސްޓިޓިއުޓުން ބުނީ 58.2 ޕަސެންޓު ވޯޓު މެކްރޯންއަށް ލިބިވަޑައިގެންނެވި ކަމަށެވެ. އިދިކޮޅު ކެންޑިޑޭޓް، ކަނާއަތު ފިޔައިގެ މަރީން ލެ ޕެންއަށް ލިބިވަޑައިގެންނެވީ 41.8 ޕަސެންޓް ވޯޓެވެ.

މެކްރޯން ކުރި ހޯއްދަވާފައި ވަނީ ކުރިން ލަފާ ކުރި ވަރަށް ވުރެ ބޮޑު ތަފާތަކުންނެވެ. ނަމަވެސް މިއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު ކުޑަ ތަފާތެކެވެ. އެ ފަހަރު ވޯޓުގެ 66.1 ޕަސެންޓް މެކްރޯންއަށް ލިބިވަޑައިގެންނެވި އެވެ. އަދި ލެ ޕެންއަށް ލިބިވަޑައިގެންނެވީ 33.9 ޕަސެންޓް ވޯޓެވެ.

އިންތިހާބުގައި ވޯޓުލާފައި ވަނީ ޝަރުތު ހަމަވާ މީހުންގެ ތެރެއިން 63.2 ޕަސެންޓު މީހުން ކަމަށް ފްރާންސްގެ އިންޓީރިއާ މިނިސްޓްރީން ބުންޏެވެ.

ފްރާންސްގެ ރައީސް އާއި ބޮޑު ވަޒީރު ތަފާތު ދެ ޕާޓީއަކަށް ނިސްބަތްވާ ނަމަ، ފަހުގެ ތާރީހުގައި ރައްޔިތުން އަބަދުވެސް ނިންމަނީ ވޯޓުން ރައީސް ބަދަލު ކުރުމަށެވެ. އެހެންކަމުން މެކްރޯން ވެވަޑައިގަންނަވާނީ ފަހުގެ ތާރީހެއްގައި އެފަދަ ގޮތަކަށް ދެ ވަނަ ދައުރަކަށް އިންތިހާބުވި ފުރަތަމަ ރައީސް އަށެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި 12 ކެންޑިޑޭޓުން ވާދަކުރި ނަމަވެސް، 10 ޕަސެންޓަށް ވުރެ ގިނަ ވޯޓު ޔަގީންވީ ތިން ކެންޑިޑޭޓުންނަށެވެ. މެކްރޯންއަށް ލިބިވަޑައިގެންނެވީ 27.6 ޕަސެންޓް ވޯޓެވެ. އަދި ލެ ޕެންއަށް ލިބިވަޑައިގެންނެވީ 23.41 ޕަސެންޓެވެ. ތިން ވަނައަށް އެންމެ ތާއީދު ބޮޑު ކެންޑިޑޭޓް ޖޯން ލުކް މެލެންޗޯންއަށް ލިބިވަޑައިގެންނެވީ 21.95 ޕަސެންޓެވެ.

އިންތިހާބުގެ ވޯޓުލުމުގެ ދެ ވަނަ ބުރު އޮތީ އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުންގެ މެދުގަ އެވެ. ނަތީޖާ އިއުލާން ކުރުމާ އެކު ލެ ޕެން ބަލި ގަބޫލު ކުރެއްވުމަށް ފަހު ވިދާޅުވީ މިއީ އެކަމަނާގެ ޕާޓީއަށް ލިބުނު ކާމިޔާބެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox