މާލެ ސިޓީ ކައުންސިލުން މާލޭގެ އެކި ސަރަހައްދުތަކުގައި މާތްވެގެންވާ އިސްލާމް ދީނުގެ ރިވެތި އުސޫލުތަކުގެ އިރުޝާދުތައް ލިޔެފައިވާ ބޯޑުތަކެއް ހަރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ފާސްކުރި މާލޭގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ އެ މަސައްކަތް އިއްޔެ ފެށިފައިވާ ކަމަށެވެ.
"ކުދި ބޯޑުތަކުގެ އިތުރުން ބޮޑެތި ބޯޑުތައް ވެސް، މީހުންނަށް ގިނައިން ފެންނާނެ ހިސާބުތަކުގައި ހަރުކުރެވޭނެ،" މުއިއްޒު ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައިވެ އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މިފަދަ ގިނަ މަަސައްކަކްތަކެއް ސިޓީ ކައުންސިލްގެ "ޗާލު މާލެ ސިޓީ" ޝިއާރުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ގޮތުން މަގުތަކުގެ ފަރުމާއަށް ގެންނަން ޖެހޭ ބަދަލުތަކާއި، މުޅި ރަށް ފެހި ކުރުމާއި، ކުނީގެ އުނދަގުލުން ސަލާމަތްކުރެވޭނެ ފަރުމާތަކަކަށް މަގުތައް ބަދަލު ކުރުމަކީ ސިޓީ ކައުންސިލްގެ އަމާޒެއް ކަމަށް ބުންޏެވެ.













