ހެކި ނެތުމުން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރާ އަންހެން މީހާ ބަންދުން ދޫކޮށްލައިފި

ފުލުހުންގެ ވެހިކަލެއް. އައްޑޫ ސިޓީން ޖިންްސީ ގޯނާގައި ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލުމަށްފަހު މިހާރު ދަނީ ގެޔަށް ބަދަލުކުރަން މަސައްކަތް ކުރަމުން.

ފުލުހުންގެ ވެހިކަލެއް. އައްޑޫ ސިޓީން ޖިންްސީ ގޯނާގައި ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލުމަށްފަހު މިހާރު ދަނީ ގެޔަށް ބަދަލުކުރަން މަސައްކަތް ކުރަމުން.

އައްޑު ސިޓީގައި އުމުރުން ހަ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށް ހައްޔަރުކުރި އުމުރުން 59 އަހަރުގެ ސ. ހިތަދޫއަށް ނިސްބަތްވާ އަންހެން މީހާ ބަންދުން ދޫކޮށްލައިފި އެވެ.

އޭނާ ބަންދުން ދޫކޮށްލީ އެ މައްސަލައިގައި ފުލުހުން ކުރި ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެކަށީގެންވާ މިންވަރަށް ހެކި ނެތް ކަމަށް މިއަދު އެ އޮފީހުން ނިންމުމުން ކަމަށް ފުލުހުން އެކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެ އެވެ. އޭނާ ބަންދުން ދޫކޮށްލުމަށްފަހު މިހާރު ގެޔަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރާނޭ މިންވަރަށް ހެކި ލިބިފައިނުވާ ކަމަށް ޕީޖީ އޮފީހުން މިއަދު ނިންމަވާފައިވާ ކަމަށެވެ. އަދި، އެ މައްސަލަ ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކާއި ސުވާލުކޮށް، ހެއްކާއި ގަރީނާ ހޯދައި މައްސަލައާ ގުޅުންހުރި ހުރިހާ ލިޔެކިޔުމެއް ފުލުހުން ހޯދައި ޕީޖީ އޮފީހަށް ފޮނުވިކަމަށް ވެސް ފުލުހުން ބުނެ އެވެ.

"މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާ ވަޒަންކުރުމަށްފަހު، ޖިނާއީ ދައުވާއެއް ކޮށްގެން ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާކަމަށް ބަޔާންކުރައްވައި އޭޕްރިލް 21، 2022 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލަ ވަނީ އަނބުރާ ފޮނުއްވާފަ އެވެ،" ފުލުހުން ނެރުނު ބަޔާނުގައި ބުނެ އެވެ.

ހަ އަހަރުގެ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ، އެ މައްސަލައިގައި އޭނާ ހައްޔަރު ކުރި ނަމަވެސް، އައްޑޫގެ ގިނަ އާންމުންގެ ބަޔަކު ޖިންސީ ގޯނާގެ ތުހުމަތު ކުރަނީ ހަ އަހަރުގެ ކުއްޖާގެ ކާފައަށެވެ.

އަދި، ހައްޔަރު ކުރީ ކަމާނުބެހޭ މީހެއް ކަމަށް ބުނެ އައްޑޫ ސިޓީގައި ވަނީ ސިލްސިލާ މުޒާހަރާތަކެއްކޮށް ޕެޓިޝަނެއް ވެސް ހަދައިފަ އެވެ. އެހެން ވިޔަސް ފުލުހުން ވަނީ ހައްޔަރު ކުރި މީހާގެ އިތުރުން އެހެން މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭނެ ހެކިި މިހާތަނަށް ނެތް ކަމަށް މީގެ ކުރިން ބުނެފަ އެވެ. އަދި، މިއަދު ފުލުހުން ނެރުނު ބަޔާނުގައި ވެސް ވަނީ ހަމަ އެހެން ބުނެފަ އެވެ.

އައިމިނަދިޔެ ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމިއިރު، އެ މައްސަލައިގައި ހައި ކޯޓުން ވެސް ވަނީ އޭނާ ބަންދްުކުރީ ރަނގަޅަށްކަމަށް ނިންމައިފަ އެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ އެ މައްސަލަ ބަލަމުންދާކަމަށް މީގެ ކުރިން ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox