މިއީ ރާއްޖޭގައި ބައެއްފަހަރު ހިނގާ ހާދިސާއެކެވެ. ދެބަސްވުމެއްގެ ނަތީޖާގެ ގޮތުން ނުވަތަ ބިރު ދެއްކުމުގެ އަމަލެއް ހިންގާލުމަށްޓަކައި އެކަކު ގޮސް އަނެކެއްގެ ސައިކަލު ނުވަތަ ކާރުގައި ހުޅުޖަހާ ރޯކޮށްލަ އެވެ. މިއީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެކަމަކު ހަގީގަތަކީ މިއީ މަދުން ނަމަވެސް، ހިނގާ ކަމެކެވެ. ނޫސްތަކުގެ ސުރުހީތަކަށް އަރާ ހަބަރެކެވެ.
ސައިކަލު ނުވަތަ އެހެން ވެސް ވެހިކަލްތަކަކީ އަގުބޮޑެތި މުދަލެވެ. ބޮޑެތި ހަރަދުކޮށްގެން ގަންނަ ތަކެއްޗެވެ. އަދި އެއްފަހަރާ ފައިސާ ދައްކައިގެން ގަނެވެން ނެތަތީ، ގިނަ މީހުން އިންސްޓޯލްމަންޓަށް ނަގައި، ބޭނުން ކުރަމުން އެއަށް ފައިސާ ދައްކާ ހަލާސްކުރާ ތަކެއްޗެވެ. އެހެންވެ، ދުއްވާ އުޅަނދަކަށް ލިބިދާނެ ނުވަތަ މީހަކު ދީފާނެ ގެއްލުމަކީ މާލީ ގޮތުން ކުޑަ ގެއްލުމަކަށް ނުވާނެ އެވެ.
ރާއްޖޭގައި އިންޖީނު އެޅި އެއްގަމު އުޅަނދު ފަހަރުގައި ތާޑް ޕާޓީ މޮޓޯ ޕްލޭނެއް އޮތުމަކީ ގާނޫނުން ލާޒިމު ކުރާ ކަމެއް ނަމަވެސް މިފަދަ ހާދިސާއަކުން ވެހިކަލަށް ލިބޭ ގެއްލުމެއްގެ ބަދަލު ތާޑް ޕާޓީ މޮޓޯ ޕްލޭނަކުން ފޯރުކޮށެއް ނުދެ އެވެ. އަލިފާނުގެ ހާދިސާތަކާއި ގުދުރަތީ ކަންކަމާ ގުޅިގެން ހިނގާ ހާދިސާތަކުން ސައިކަލު ނުވަތަ ތިމާ ގެންގުޅޭ ވެހިކަލަށް ލިބިދާނެ ގެއްލުމަކަށް މާލީ ގޮތުން ބަދަލު ލިބޭ ޕްލޭނަކީ ކޮމްޕްރިހެންސިވް މޮޓޯ ޕްލޭނެވެ. ތިމާގެ އުޅަނދާއި، އުޅަނދާ ގުޅުން ހުރި ހާދިސާއެއްގައި ތިމާގެ ޖިސްމަށް ލިބިދާނެ ގެއްލުމަކަށް ވެސް ކޮމްޕްރެހެންސިވް މޮޓޯ ޕްލޭނުން ރައްކާތެރިކަން ފޯރުކޮށްދެއެވެ.
އެލައިޑް އިންޝުއަރަންސުން މި ރަމަޟާން މަހާ ދިމާކޮށް، ކޮމްޕްރެހެންސިވް މޮޓޯ ޕްލޭންސްގެ އަގުން ގާތްގަނޑަކަށް 20-25 ޕަސަންޓުގެ ޑިސްކައުންޓެއް ވަނީ ތައާރަފުކޮށްފަ އެވެ. ކުރިއަށް އޮތް މޭ މަހުގެ 22 ގެ ނިޔަލަށް ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންސް ގަންނަން ލިބޭނީ މި ހެޔޮ އަގުތަކުގަ އެވެ.
އެލައިޑުން ތައާރަފުކުރި "މޮޓޯ ކެމްޕޭން"ގެ ހާއްސަ ކަމަކީ، ވެހިކަލަށް ނަގާ ކޮންމެ ކޮމްޕްރިހެންސިވް ޕްލޭނަކާއެކު އަގުހުރި ހަދިޔާއެއް ވެސް ލިބުމެވެ. އެއީ ގޭތެރޭގައި ގެންގުޅޭ މުދަލަށް ލިބިދާނެ ގެއްލުމަކަށް 150,000 ރުފިޔާއާ ހަމައަށް ބަދަލު ލިއްބައިދޭ "ހޯމް ކޮންޓެންޓް" ޕްލޭނެކެވެ. މޮޓޯ ޕްލޭންސްއާއިއެކު ހިލޭ ލިބޭ މި ޕްލޭން އެހެން މީހަކަށް ހަދިޔާކުރުމުގެ އިހުތިޔާރު ވެސް ލިބޭނެ އެވެ.
ހޯމް ކޮންޓެންޓް ޕްލޭނަކީ ގޭތެރޭގައި ހުންނަ އޭސީ އާއި ފަރުނީޗަރު އަދި އަގުބޮޑު އިލެކްޓްރޯނިކްސް އަށް ލިބިދާނެ ގެއްލުމަކަށް މާލީ ބަދަލު ފޯރުކޮށްދޭ ޕްލޭނެކެވެ. އެއްޗެއް ގޮވުން، ދުން އެރުން، ވިއްސާރުމާއި ފެންބޮޑުވުން، ނުވަތަ އިމާރާތުގައި ފެން ހޮޅިއެއް ފަޅައިގެން ދިއުން ފަދަ ކަމެއް މެދުވެރިވެގެން ގޭތެރޭގެ މުދަލަށް ގެއްލުމެއް ލިބިއްޖެނަމަ އެ ކަންކަމަށް 150,000 ރުފިޔާއާ ހަމައަށް ގެއްލުމުގެ ބަދަލު މި "ހަދިޔާ"ގެ ބޭނުންކޮށްގެން ހޯދޭނެ އެވެ.









