އުރުދުގާން އިޒްރޭލުގެ ރައީސަށް ގުޅުއްވައި އަގްސާ މިސްކިތުގެ މައްސަލައިގައި އިންޒާރު ދެއްވައިފި

ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ރޯދަ މަހުގައި އަލް އަގްސާ މިސްކިތުގެ ގޯތިތެރެ އާއި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުން މަރައި، ޒަހަމްކުރަމުން ދިޔުމަކީ "ވަރަށް ހިތްހަމަނުޖެހޭ" ކަމެއް ކަމަށް ވިދާޅުވެ ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން، އިޒްރޭލުގެ ރައީސް އިސްހާގް ހެރްޒޮގްއަށް ފޯނުން ގުޅުއްވައި އިންޒާރު ދެއްވައިފި އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން އަލް އަގްސާ މިސްކިތުގެ ގޯތި ތެރޭގައި ދަނީ ހަމަނުޖެހުން ހިނގަމުންނެވެ. މިދިޔަ އަހަރުގެ ރޯދަ މަހު ވެސް އެ ތަނުގައި އުފެދުނު ހަމަނުޖެހުން ގޯސްވެ، އިޒްރޭލާއި ފަލަސްތީނުގެ ގާޒާގައި ވެރިކަން ކުރާ ހަމާސްއާ ދެމެދު 11 ދުވަހުގެ ހަނގުރާމައެއް ކުރި އެވެ.

ހުކުރު ދުވަހު އިޒްރޭލް ފުލުހުން މިސްކިތުގެ ގޯތި ތެރެއަށް ވަދެ ހިންގި ހަމަނުޖެހުމުގައި ފަލަސްތީނުގެ 152 މީހުންނަށް އަނިޔާވި އެވެ.

އުރުދުގާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޒްރޭލުގެ ރައީސަށް ގުޅުއްވައި "އިޒްރޭލުގެ ބައެއް ހަރުކަށި ގްރޫޕުތަކާއި ސަލާމަތީ ފައުޖުން" ހިންގާ ހަމަނުޖެހުމާ ގުޅޭ މަޝްވަރާ ކުރެއްވި ކަމަށެވެ. ހަމަނުޖެހުން ގާޒާއާ ހަމައަށް ފޯރުމާ މެދު "ވަރަށް ހިތްހަމަނުޖެހޭ" ކަމަށް އުރުދުގާން، ހެރްޒޮގްއަށް ވިދާޅުވި އެވެ.

އޭގެ އިތުރުން އަލް އަގްސާ މިސްކިތުގެ ޒަމާންވީ ހާލަތާއި އުސޫލުތަކަށް ބަދަލު އަންނަ ފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދިނުމަށް އިޒްރޭލަށް ގޮވާލެއްވި އެވެ. މި ދުވަސްވަރު އިޒްރޭލުން ދަނީ ޔަހޫދީންނަށް އަގްސާ މިސްކިތުގެ ގޯތި ތެރެއަށް ވަނުމުގެ ހުއްދަ ދޫކުރަމުންނެވެ.

ޔަހޫދީންނަށް މިސްކިތުގެ ގޯތި ތެރެއަށް ވަދެވުނު ނަމަވެސް، އަޅުކަން ކުރުން މަނަ އެވެ. ނަމަވެސް ނަސާރާއިންގެ އެންމެ ބޮޑު ފާދިރީ ޕޯޕް ފްރޭންސިސް ދާދި ފަހުން ވަނީ އެކަން ނިމުމަކަށް ގެނެސް، އަޅުކަން ކުރުމުގެ ހުއްދަ ދޭން ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox