ހުލާސާކޮށް އިއްޔެ: އެމްޕްލޯއިމަންޓު އެޖެންސީތަކުގެ ގަވާއިދު މުރާޖާކޮށް ބޮޑެތި ބަދަލުތަކެއް ގެނައުން

ހުޅުމާލޭ ފޭސް 2 ގައި ބިދޭސީ މަސައްކަތްތެރިން ހަރަކާތްތެރިވަނީ: އެމްޕްލޯއިމަންޓް އެޖެންސީތަކުން ގިނައިން ގެންނަނީ މޭންޕަވާ ހިދުމަތަށް ގެންނަ ނަން-ޕްރޮފެޝަނަލް މީހުން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހުޅުމާލޭ ފޭސް 2 ގައި ބިދޭސީ މަސައްކަތްތެރިން ހަރަކާތްތެރިވަނީ: އެމްޕްލޯއިމަންޓް އެޖެންސީތަކުން ގިނައިން ގެންނަނީ މޭންޕަވާ ހިދުމަތަށް ގެންނަ ނަން-ޕްރޮފެޝަނަލް މީހުން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވަޒީފާ ހަމަޖައްސައިދޭ އެމްޕްލޯއިމަންޓް އެޖެންސީތަކުގެ ގަވާއިދު މުރާޖާކުރުމުގެ މަސައްކަތް ނިންމުމަށް ފަހު "ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާ ބެހޭ ގަވާއިދު" އިކޮނޮމިކް މިނިސްޓްރީން ގެޒެޓުކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.

އެ ގަވާއިދަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުން މުވައްޒަފުން ހޯދައިދިނުމަށާއި ވަޒީފާ ހޯދަން ފަހިކޮށްދިނުމުގައި އެމްޕްލޯއިމަންޓް އެޖެންސީތަކުގެ ދައުރު ކަނޑައަޅައި، ލައިސަންސް ދިނުމާއި ހިފެހެއްޓުމާއި ބާތިލުކުރެވޭނެ ހާލަތްތައް ކަނޑައެޅުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ގަވާއިދެކެވެ.

އެގޮތުން ދެން އެމްޕްލޯއިމަންޓް އެޖެންސީތަކަށް ދެވޭނީ ތިން ހިދުމަތެކެވެ. އެއީ ރެކްރޫޓްމަންޓުގެ ހިދުމަތާއި، ވާކް ޕާމިޓް މެނޭޖްމަންޓުގެ ހިދުމަތާއި، މޭންޕަވާ ސަޕްލައިކުރުމުގެ ހިދުމަތެވެ. އެ ހުރިހާ ހިދުމަތެއް ވެސް ދެވޭނީ އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ހިދުމަތުގެ ލައިސެންސް ހޯދުމަށް ފަހުގަ އެވެ.

Advertisement

ގަވާއިދު ބުނާ ގޮތުން މި ލައިސަންސުގެ ދަށުން އެޖެންސީތަކަށް ދެވޭނެ ހިދުމަތްތަކާއި ހިދުމަތުގެ މިންގަނޑުތައް ކަނޑައަޅާނީ ރަޖިސްޓްރީ ކުރާ ކެޓެގަރީއަކަށް ބަލައިގެންނެވެ. ލައިސަންސްގެ މުއްދަތާއި ޑިޕޮސިޓް ދައްކަން ޖެހޭ ވަރު ކަނޑައަޅަނީ ވެސް މި ކެޓެގަރީތަކަށް ބަލައިގެންނެވެ. އެ ކެޓެގަރީތަކަކީ:

ކެޓެގަރީ – (A) ރެކްރޫޓްމަންޓް ހިދުމަތާއި ވާކް ޕާމިޓް ހިދުމަތްދޭ އެޖެންސީތައް، ލައިސެންސް ދެނީ ތިން އަހަރު ދުވަހަށް، ޑިޕޮސިޓް 300،000ރ.

ކެޓެގަރީ – (B) ވާކް ޕާމިޓް ހިދުމަތްދޭ އެޖެންސީތައް، ލައިސެންސް ދެނީ ދެ އަހަރު ދުވަހަށް، ޑިޕޮސިޓް 50،000ރ.

ކެޓެގަރީ – (C) މޭންޕަވާ ސަޕްލައި ކުރުމުގެ ހިދުމަތްދޭ އެޖެންސީތައް، ލައިސެންސް ދެނީ ތިން އަހަރު ދުވަހަށް، ޑިޕޮސިޓް ތިން މިލިއަން ރުފިޔާ

ކޮންމެ އެޖެންސީއަކަށް ވެސް ލައިސަންސް ދޫކުރެވޭނީ މިއިން ކޮންމެވެސް އެއް ކެޓެގަރީއަކަށެވެ. މިހެންކަމުން އެއްވެސް އެޖެންސީއަކަށް މި ހުރިހާ ހިދުމަތެއް ނުދެވޭނެ އެވެ. މިސާލަކަށް ވާކް ޕާމިޓް ހިދުމަތްދޭ އެޖެންސީއަކަށް މޭންޕަވާ ސަޕްލައި ކުރުމުގެ ހިދުމަތެއް ނުދެވޭނެ އެވެ.

މޭންޕަވާ ހިދުމަތްދޭ ކުންފުންޏަކުން އެހެން ކެޓެގަރީއަކަށް ބަދަލުވާން ބޭނުންވާ ހާލަތުގައި އެ ހިދުމަތުގެ ދަށުން ގެނެސްފައިވާ ހުރިހާ ބިދޭސީންގެ ވާކް ޕާމިޓް ކެންސަލް ކުރުމުން މެނުވީ އެހެން ކެޓެގަރީއަކަށް ރަޖިސްޓްރީ ވެސް ނުވެވެ އެވެ.

ޖޫރިމަނާ ކުރުމާއި، ޑީ މެރިޓް ޕޮއިންޓް ސިސްޓަމެއް

ގަވާއިދުގެ ދަށުން ލައިސަންސް ނުހޯދާ އެމްޕްލޯއިމަންޓް އެޖެންސީތަކުން ނޫނީ އަމިއްލަ ފަރުދަކު ވިޔަސް މިއިން އެއްވެސް ހިދުމަތެއް ދިނުން ގަވާއިދު މަނާކުރެ އެވެ. އަދި ގަވާއިދާ ހިލާފުވާ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާށާއި ލައިސަންސްތައް ހިފެހެއްޓުމަށާއި ވަކި މުއްދަތަކަށް ލައިސަންސް ދިނުން މަނާކުރަން ގަވާއިދު ތަންދެ އެވެ.

އެންމެ ބޮޑު އަދަބެއް ލިބެނީ ގަވާއިދާ ހިލާފަށް ރެކްރޫޓްމަންޓް ހިދުމަތްދިނުމާއި މޭން ޕަވާ ސަޕްލައިގެ ހިދުމަތް ދީފި ނަމަ އެވެ. މި ލައިސަންސްތައް ނުނަގާ މީހުންނަށް އަންނަ ޖޫރިމަނާގެ އިތުރުން، ގަވާއިދާ ހިލާފަށް ރެކްރޫޓު ކުރި ކޮންމެ މީހަކަށް ނޫނީ ގަވާއިދާ ހިލާފަށް ހިދުމަތް ދިނުމުގައި ބޭނުންކުރި ކޮންމެ މީހަކަށް 5،000ރ. ގެ ޖޫރިމަނާއެއް އާދެ އެވެ.

އޭގެ އިތުރުން، ޑީ މެރިޓް ޕޮއިންޓް އުސޫލެއްގެ ތެރެއިން ގަވާއިދާ ހިލާފުވާ ކަންކަމުގެ ކުޑަ ބޮޑު މިނަށް ބަލައި އެޖެންސީތަކާއި ގަވާއިދުގައި ބުނާ އެހެން މީހުންގެ ޕޮއިންޓު ކަނޑައިގެން ވެސް ފިޔަވަޅު އެޅެ އެވެ.

މިއީ ކޮންމެ ފަރާތަކަށް ވެސް ލައިސަންސާ އެކީ ލިބޭ 100 ޕޮއިންޓުން އުނިވާ ގޮތަށް އޮންނަ އުސޫލެކެވެ. ފިޔަވަޅު އަޅަނީ ޕޮއިންޓު ކެނޑޭ ވަރަކުންނެވެ. އެގޮތުން 85 ޕޮއިންޓަށް ވުރެ ދަށްވުމުން ޖޫރިމަނާ ކޮށް، ސުން ޕޮއިންޓަށް ވެއްޓޭ ހާލަތުގައި ލައިސަންސް ބާތިލުވެ އެވެ.

ޕޮއިންޓު އުނިކުރެވޭނެ ގޮތްތައް ވަނީ ގަވާއިދާއެކީ ގެޒެޓުކޮށްފައި އެވެ.

އެމްޕްލޯއިމަންޓް އެޖެންސީތައް ހިންގާ އިންތިޒާމުތަކަށް ވެސް ބަދަލުތަކެއް

އެމްޕްލޯއިމަންޓް އެޖެންސީތަކުގެ ގަވާއިދުގައި ލައިސަންސް ދޫކުރާ ޝަރުތުތަކުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކަނޑައަޅާފައިވާއިރު، މިފަދަ އެޖެންސީތައް ހިންގުމުގެ އިންތިޒާމުތައް ވެސް ބަޔާނާކޮށްފައިވެ އެވެ.

މި އިންތިޒާމުތަކުގެ ތެރޭގައި އެމްޕްލޯއިމަންޓް އެޖެންސީތަކުން ކީ އެޕޮއިންޓްމަންޓް ހޯލްޑަރާއި އެޖެންސީ ރެޕްރެޒެންޓޭޓިވުން އައްޔަނުކުރުން ހިމެނެ އެވެ.

ކީ އެޕޮއިންޓްމަންޓް ހޯލްޑަރަކީ އެމްޕްލޯއިމަންޓް އެޖެންސީ ހިންގުމުގައްޔާއި ހިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންކަން ހިންގައި ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރާ މީހާ އެވެ.

އެ މީހާ ވާން ޖެހެނީ އެ ވިޔަފާރިއެއްގެ ޑިރެކްޓަރެއް ނުވަތަ މަސްއޫލުވެރިޔާ ނުވަތަ ޕާޓްނަރަކަށެވެ. އަދި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ބެހޭ ގަވާއިދުގެ ދަށުން އެމްޕޯލޯއިމަންޓް އިންޓަމީޑިއަރީ ލައިސަންސް ލިބިފައިވާ މީހަކަށެވެ.

އެޖެންސީ ރެޕްރެޒެންޓޭޓިވުންނަކީ އެމްޕްލޯއިމަންޓް ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ އެޖެންސީތަކުގެ މުވައްޒަފުންނެވެ. މި ރެޕްރެޒެންޓޭޓިވުންގެ އަތުގައި ވެސް އެމްޕޯލޯއިމަންޓް އިންޓަމީޑިއަރީ ލައިސަންސް އޮންނަން ޖެހެ އެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ކުރިޔަށް އޮތް އަހަރު ދުވަހުގެ ތެރޭގައި އެމްޕްލޯއިމަންޓް ހިދުމަތް ފޯރުކޮށްދޭ އެންމެންގެ އަތުގައި މި ލައިސަންސް އޮންނަން ޖެހޭނެ އެވެ. މި ލައިސަންސް ހޯދަނީ "ސެޓްފިކެޓް އޮފް އެމްޕްލޯއިމަންޓް އިންޓަމީޑިއަރީސް" ކޯސް ފުރިހަމަކުރީމަ އެވެ.

ކީ އެޕޮއިންޓްމަންޓް ހޯލްޑަރާއި ރެޕްރެޒެންޓޭޓިވުން ނެތި އެއްވެސް ހިދުމަތެއް ދީފި ނަމަ ޖޫރިމަނާކޮށް، ހުއްދަތައް ހިފެހެއްޓޭނެ ހާލަތްތައް ވެސް ބަޔާންކޮށްފައި ވެ އެވެ.

ހިދުމަތުގެ ފީއަށް ނެގޭނީ ގިނަވެގެން ނެގޭނީ މަސް ދުވަހުގެ މުސާރަ

މީގެ ކުރިން އެމްޕްލޯއިމަންޓް ހިދުމަތް ދިނުމުގައި ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ހިދުމަތުގެ ފީތަކުން ނަގާ އަގު ބޮޑު ވުމެވެ. މިގޮތަށް ބިދޭސީންގެ އަތުން ގިނަ ފައިސާތަކެއް އަތުލާކަމަށް އަބަދުވެސް ތުހުމަތުކުރެވެ އެވެ.

މިކަމަށް ރިއާޔަތަކޮށް އާ ގަވާއިދުގައި ވަނީ އެމްޕްލޯއިމަންޓް އެޖެންސީތައް މެދުވެރިކޮށް ވިޔަފާރި އުސޫލުން ފީއެއް ނެގި ނަމަވެސް، އެގޮތަށް އެންމެ ގިނަވެގެން ނެގޭނީ މަސް ދުވަހުގެ މުސާރަ ކަމަށް ބަޔާންކޮށްފައި ވެ އެވެ. މި ފައިސާ ނެގޭނީ ވަޒީފާދޭފަރާތުގެ އަތުންނެވެ.

ވަޒީފާއަށް އެދޭ ނުވަތަ ވަޒީފާ ހޯދާ ފަރާތުގެ އަތުން ނުވަތަ ނަން-ޕްރޮފެޝަލަން ވަޒީފާތައް ހިމެނޭ މޭންޕަވާ ސަޕްލައިކުރުމުގެ ހިދުމަތުގައި ބޭނުންކުރާ މުވައްޒަފުން އަތުން އެއްވެސް ފީއެއް ނެގުން މި ގަވާއިދު މަނާކުރެ އެވެ. އަދި، ވަޒީފާ ހަމަޖައްސައިދޭން ހިނގި ހަރަދު ނުވަތަ އެ ހަރަދުން ބައެއް ނެގުން ވެސް މަނަލެވެ.

އާ ގަވާއިދަށް އަމަލުކުރަން ފެށުމާއެކީ މި ދޭތެރެއިން އެމްޕްލޯއިމަންޓް އެޖެންސީތަކަށް ހުއްދި ދިނުން ހުއްޓާލަފައި އޮތުން ނިމުނީ އެވެ. އެކަމަކު ކުރިން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް ވެސް ހުއްދަ އާކުރެވޭނީ އާ ގަވާއިދުގެ ދަށުންނެވެ.

ބައެއް މުހިންމު ހަބަރުތައް

މީރާއަށް ލިބެންޖެހޭ 22 ބިލިއަން ރުފިޔާގެ ތެރޭގައި ގިނައީ ރިސޯޓުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ކަމަށް އޮޑިޓް އޮފީހުން އާން މުކޮށްފައިވާ މީރާގެ އޮޑިޓް ރިޕޯޓުން ދެއްކިކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ޗެއާޕަސަން އިންތިހާބުގެ ވަރުގަދަ ވާދަވެރިކަމުގެ ތެރެއިން ޕާޓީގެ ތެރޭގައި ދެ ފެކްޝަން އުފެދި މެމްބަރުން ޒާތީވެ، ޒުވާބު ނުކުރުމަށް އެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިލްތިމާސް ކުރައްވީ އިއްޔެ އެވެ.

މި އަހަރުގެ ފެބްރުއަރީ މަހު، ޔޫރަޕުގެ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ އެފްބީއައިއާ ގުޅިގެން ދިވެހި ފުލުހުން ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު (އައިސިސް ހޫދު) ގެ މައްޗަށް ފަސް ދައުވާއެއް އުފުލަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ސުޕާ މެޖޯރިޓީ ބޭނުންކޮށްގެން ތަޅުމުގައި އިދިކޮޅުގެ އަޑުކަނޑުވާލައި، ރަނގަޅަށް ބަހުސްކުރަން ޖާގަ ނުދޭ ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ:

"މައިނޯރިޓީގެ ހައެއްކަ މީހުން ތިބޭއިރު، އެ މީހުން ވާހަކަ ދައްކަން ފަށާއިރަށް 65 މީހުން ނުކުމެ ނިޒާމީ ނުކުތާ ނަގައިގެން ވާހަކަ ހުއްޓުވުމަކީ ވަރަށް ނިކަމެތި ކަމެއް،"

ދުވަހުގެ ފޮޓޯ

ވެލާނާ އެއާޕޯޓު (ވީއައިއޭ) ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން އަޅަން ނިންމާފައިވާ އާ ޕެސެންޖާ ޓާމިނަލްގެ ކުރެހުމެއް. ދެ ފަންގިފިލާއަށް ހުންނަ މި ޒަމާނީ ފެންވަރުގެ މި ޓާމިނަލްގައި 78،000 އަކަމީޓަރުގެ ޖާގަ ހުންނާނެ. އަދި، ޕްރޮޖެކްޓް ނިމުމުން އެއިރޯ ބޯޑިން ބްރިޖުތަކާއި "ސްޓޭޓް-އޮފް-ދި-އާޓް" ބެޖޭޖް ހޭންޑްލިން ސިސްޓަމްތަކާއި، އެފްއެންބީ އައުޓްލެޓްތަކުގެ އިިތުރުން ލޯންޖުތަކާއި އެހެނިހެން ހިދުމަތްތައް ހުންނާނެ --- ފޮޓޯ: އެމްއޭސީއެލް
ވެލާނާ އެއާޕޯޓު (ވީއައިއޭ) ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން އަޅަން ނިންމާފައިވާ އާ ޕެސެންޖާ ޓާމިނަލްގެ ކުރެހުމެއް. ދެ ފަންގިފިލާއަށް ހުންނަ މި ޒަމާނީ ފެންވަރުގެ މި ޓާމިނަލްގައި 78،000 އަކަމީޓަރުގެ ޖާގަ ހުންނާނެ. އަދި، ޕްރޮޖެކްޓް ނިމުމުން އެއިރޯ ބޯޑިން ބްރިޖުތަކާއި "ސްޓޭޓް-އޮފް-ދި-އާޓް" ބެޖޭޖް ހޭންޑްލިން ސިސްޓަމްތަކާއި، އެފްއެންބީ އައުޓްލެޓްތަކުގެ އިިތުރުން ލޯންޖުތަކާއި އެހެނިހެން ހިދުމަތްތައް ހުންނާނެ --- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އެއާޕޯޓު (ވީއައިއޭ) ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން އަޅަން ނިންމާފައިވާ އާ ޕެސެންޖާ ޓާމިނަލްގެ ކުރެހުމެއް. ދެ ފަންގިފިލާއަށް ހުންނަ މި ޒަމާނީ ފެންވަރުގެ މި ޓާމިނަލްގައި 78،000 އަކަމީޓަރުގެ ޖާގަ ހުންނާނެ. އަދި، ޕްރޮޖެކްޓް ނިމުމުން އެއިރޯ ބޯޑިން ބްރިޖުތަކާއި "ސްޓޭޓް-އޮފް-ދި-އާޓް" ބެޖޭޖް ހޭންޑްލިން ސިސްޓަމްތަކާއި، އެފްއެންބީ އައުޓްލެޓްތަކުގެ އިިތުރުން ލޯންޖުތަކާއި އެހެނިހެން ހިދުމަތްތައް ހުންނާނެ --- ފޮޓޯ: އެމްއޭސީއެލް

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox