ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލްގެ ކުރެހުންތައް ވަރަށް ނަލަ

ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލްގެ ރެންޑާއެއް: މި ޓާމިނަލްގެ މަސައްކަތް ނިމުމުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ. -- ފޮޓޯ: އެމްއޭސީއެލް

ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލްގެ ރެންޑާއެއް: މި ޓާމިނަލްގެ މަސައްކަތް ނިމުމުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ. -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އެއާޕޯޓު (ވީއައިއޭ) ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން އަޅަން ނިންމާފައިވާ އާ ޕެސެންޖާ ޓާމިނަލްގެ ކުރެހުންތަކެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އާންމުކޮށްފި އެވެ.

ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެއްޓެވި ވެލޭނާ އެއާޕޯޓުގެ އެކްސްޕޭންޝަން ޕްރޮޖެކްޓުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.

ޕެސެންޖާ ޓާމިނަލް ހިމެނޭގޮތަށް މިހާރު ކުރިޔަށްދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓް އެއްކޮށް ނިމުމުން، އެއާޕޯޓުގެ ކެޕޭސިޓީ ދެ ގުނައަށް ވުރެ އިތުރުވެ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ވަސީލަތްތައް ތަރައްގީ ވެގެން ދާނެ އެވެ.

އެމްއޭސީއެލް އިން އާންމުކޮށްފައިވާ ކުރެހުންތަކަށް ބަލާއިރު، އާ ޓާމިނަލްގެ ބޭރު ވެސް ފަރުމާކޮށްފައި ވަނީ މި ޕްރޮޖެކްޓުގެ ދަށުން މިހާރު ތަރައްގީކޮށް ނިމިފައިވާ ވީއައިޕީ/ސީއައިޕީ ޓާމިނަލާއި ވިޔަފާރި އައުޓްލެޓްތައް ހުންނަ އިމާރާތުގެ ބޭރުގައި ހުންނަ ގޮތަށް ހުދުކުލައިގެ ސްޓްރަކްޗާތަކެއް ބޭނުންކޮށްގެންނެވެ. ދުރުން ބަލާއިރު މިތަންތަން ސިފަވަނީ ރާޅު ބާނިތަކެއް ގޮތަށެވެ.

ދެ ފަންގިފިލާއަށް ހުންނަ މި ޒަމާނީ ފެންވަރުގެ މި ޓާމިނަލްގައި 78،000 އަކަމީޓަރުގެ ޖާގަ ހުންނާނެ އެވެ. މިއާއެކީ މިހާރުގެ ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލު ވެގެން ދާނެ އެވެ. އޭގެ އިތުރުން އެއިރޯ ބޯޑިން ބްރިޖުތަކާއި "ސްޓޭޓް-އޮފް-ދި-އާޓް" ބެޖޭޖް ހޭންޑްލިން ސިސްޓަމްތަކާއި، އެފްއެންބީ އައުޓްލެޓްތަކުގެ އިިތުރުން ލޯންޖުތަކާއި އެހެނިހެން ހިދުމަތްތައް ހުންނާނެ އެވެ.

ލަސްވެފައިވާ މަޝްރޫއެއް، އެކަމަކު މި އަހަރުގެ ނިޔަލަށް ނިމޭނެ

ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގާ ވީއައިއޭ އެކްސްޕޭންޝަންގެ ތެރޭގައި އާ ޓާމިނަލްގެ އިތުރުން ހިމެނެނީ އާ ރަންވޭއަކާއި، ކާގޯ ކޮމްޕްލެކްސްއަކާއި، ސީޕްލޭން ޓާމިނަލެއްގެ އިތުރުން ވީއައިޕީ/ސީއައިޕީ ޓާމިނަލަކާއި ފިއުލް ފާމެއް ހިމެނެ އެވެ.

މީގެ ތެރެއިން މިހާތަނަށް އެއްކޮށް ނިމުނީ އާ ރަންވޭ އާއި ސީޕްލޭން ޓާމިނަލާއި ވީއައިޕީ ޓާމިނަލުގެ އެވެ. ބާކީ ތަންތަނުުގެ އިމާރާތްކުރުުމުގެ މަސައްކަތް ކުރިޔަށް ދިޔަ ނަމަވެސް އަދި ނުނިމެ އެވެ. އެންމެ މަސައްކަތް ނުހިނގާ ތަނަކަށް ފާހަގަވީ ޕަސިންޖާ ޓާމިނަލެވެ.

އެ މަސައްކަތް ހަވާލުކުރި ސައުދީ ބިން ލާދިން ގްރޫޕުން ޓާމިނަލްގެ ބައެއް މަސައްކަތްތައް ކުރުމަށް ފަހު، މަސައްކަތް ހުއްޓާލީ 2018 ގަ އެވެ. ސީދާ ސަބަބެއް މިހާތަނަށް ސާފެއް ނުވެ އެވެ. އެކަމަކު ފަންޑިންއާ ގުޅޭ މައްސަލަތަކެއް ދިމާވި ކަމަށް އަޑުފެތުރުނެވެ.

ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު (5 ބިިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ލަފާކުރެވޭ މި ޕްރޮޖެކްޓަށް ފަންޑުކުރަނީ ސައުދީ އާއި ކުވެއިތު ފަންޑުންނެވެ. ފަހުން މި ސަރުކާރުން ވަނީ މި ގައުމުތަކުގެ ސަރުކާރުތަކާ ވާހަކަދެއްކުމަށް ފަހު ފަންޑިން މައްސަލަ ހައްލުކޮށް، ސަރުކާރުން ބޭނުންވާ ބައެއް ބަދަލުތަކާއެކީ މަޝްރޫއު ފެށޭނެ މަގުފަހިކޮށްފަ އެވެ.

މިހާރު އެމްއޭސީއެލް އިން ބުނަނީ މި އަހަރުގެ ފަހު ކޮޅު އާ ޓާމިނަލް އިމާރާތްކުރުމުގެ މަސައްކަތްތައް ނިމި، އަންނަ އަހަރުގެ ތެރޭގައި ފަސިންޖަރުންނަށް ހިދުމަތް ދޭން ފެށޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox