ފަލަސްތީނުމީހުންނަށް ދޭ އަނިޔާއާ މެދު މަޖިލީހުގެ ކަންބޮޑުވުން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފަލަސްތީނު ރައްޔިތުންނަށް ދޭ އަނިޔާއާ މެދު މަޖިލީހުން ކަންބޮޑުވާކަމަށް ރިޔާސަތުން މިއަދު ވިދާޅުވި.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފަލަސްތީނު ރައްޔިތުންނަށް ދޭ އަނިޔާއާ މެދު މަޖިލީހުން ކަންބޮޑުވާކަމަށް ރިޔާސަތުން މިއަދު ވިދާޅުވި.

ފަލަސްތީނު މީހުންނާ ދެކޮޅަަށް މި ރޯދަމަހު އިޒްރޭލުން ދެމުންދާ އަނިޔާތަކާ މެދު ރާއްޖޭގެ ރައްޔިތުންގެ އޮތް ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުން ވެސް ހިއްސާކުރާ ކަމަށް އެ މަޖިލީހުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށި ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ އަލް ގުދުސްގައި ފަލަސްތީނުމީހުންނާ ދެކޮޅަށް އިޒްރޭލުން ދެމުން ގެންދާ އަނިޔާއަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަލީމްގެ ވާހަކައަށް ފަހު ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފަލަސްތީނު ރައްޔިތުންނަށް ލިބޭ އަނިޔާ އާއި އަގުނުކުރެވޭ ވަރުގެ ގެއްލުމަކީ މި ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

Advertisement

"އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި މި މަޖިލީހުގެ ހުރިހާ މެމްބަރުންގެ ނަމުގައި މިކަންބޮޑުވުން އަޅުގަނޑުމެން ހިއްސާކުރާކަން ފާހަގަކުރަން،" ނަޝީދު ވިދާޅުވި އެވެ.

ފަލަސްތީނު މީހުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ އުދުވާން ކުށްވެރިކޮށް ސަރުކާރުން ވެސް މީގެ ކުރިން ބަޔާނެއް ނެރުނެވެ.

ހޮނިހިރު ދުވަހުގެ ރޭ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މާތްވެގެންވާ ރަމަޟާން މަހު އިޒްރޭލު ސިފައިން އަޤުސާ މިސްކިތަށް ވަދެ، ހަތިޔާރެއް ނެތް ފަލަސްތީނުމީހުންނަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ. އަގުސާ މިސްކިތާއި ހިފާފައިވާ ފަލަސްތީނުގެ އެހެން ތަންތަނުގައި އިޒްރޭލުން ހިންގަމުންދާ އަމަލުތަކަކީ ބައިނަލް އަގުވާމީ ހުރިހާ ގާނޫނަކާއި އދ.ގެ ގަރާރުތަކާ ހިލާފުކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"އެފަދަ އަމަލުތަކަކީ ސަރަހައްދަށް ސުލްހަ ގެންނަން ކުރާ ހުރިހާ މަސައްކަތަކަށް ހުރަސް އަޅާ ކަންތައްތަކެކެވެ. ފަލަސްތީނު ރައްޔިތުންނަށް އަދި މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމްކުރަން އެމީހުން ކުރާ ހައްގު ޖިިހާދަށް ދިވެހިރާއްޖޭން ކުރާ ދެގޮތެއް ނުވާ ތާއީދު ތަކުރާރު ކުރަމެވެ،" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

މެދުއިރުމައްޗަށް ދާއިމީ ސުލްހައެެއް އަންނަނީ 1967 ވަނަ އަހަރު އޮތް ސަރަހައްދީ ރޮނގާ އެއްގޮތަށް ދެދައުލަތް އޮންނާނެހެން، ފަލަސްތީނުމީހުންނަށް މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމްކޮށްދީގެން ކަމަށް ވެސް ސަރުކާރުގެ ބަޔާނުގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox