ނަބާ، ނަބީ، ޒަޔާން އޭޝިއާގެ ބޮޑު މުބާރާތެއްގައި ވާދަކުރަނީ

Apr 18, 2022, 7:20 AM
ބެޑްމިންޓަން ކުޅުންތެރިން ކަމަށްވާ ޒަޔާން އާއި ނަބީ އަދި ނަބާ.--

ބެޑްމިންޓަން ކުޅުންތެރިން ކަމަށްވާ ޒަޔާން އާއި ނަބީ އަދި ނަބާ.--

އޭޝިއާގެ މަތީ ފަންތީ މުބާރާތެއް ކަމަށްވާ، ސްމާޓް ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕް 2022 ގައި ރާއްޖޭގެ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ އަދި ޒަޔާން ޒަކީ ވާދަކުރަން ނިންމައިފި އެވެ.

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ގްރޭޑް ޓޫ، މުބާރާތެއް ކަމަށްވާ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕް ކުރިއަށްދަނީ ފިލިޕީންސްގައި މި މަހު 26 އިން އަންނަ މަހު އެއް ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ޖާގަތަށް ދީފައިވާ ގޮތަށް ބަލާއިރު، ކޮންމެ އިވެންޓެއްގެ މެއިން ޑްރޯގައި ހިމެނެނީ 28 ކުޅުންތެރިން ނޫނީ ޕެއާ އެވެ. ކޮލިފައިން ބުރުގައި 12 ކުޅުންތެރިން ނޫނީ ޕެއާ ވާދަކޮށްގެން މެއިން ޑްރޯ އަށް އާދެވޭނީ ހަތަރު ކުޅުންތެރިން ނޫނީ ޕެއާ އަށެވެ.

މުބާރާތަށް ކުޅުންތެރިން ހޮވާއިރު، ބަލާ ކްރައިޓީރިއާގެ ތެރެއިން ބީޑަބްލިއުއެފް ރޭންކިން އަށް ބަލާނެ އެވެ. ރޭންކިން ރަނގަޅުނަމަ މެއިން ޑްރޯ އިން ފުރުސަތު ލިބޭއިރު، އެ ވަރުގެ ރޭންކިން އެއް ނެތްނަމަ ދެން ފުރުސަތެއް އޮންނާނީ ކޮލިފައިން ބުރުންނެވެ. އެއީ ވެސް ހާއްސަ މިންގަނޑަކަށް ބަލައިފަ އެވެ.

ރާއްޖޭން ވާދަކުރަނީ، ފިރިހެން ސިންގަލްސްގެ ކޮލިފައިންގައި ޒަޔާން އާއި އަންހެން ސިންގަލްސްގެ ކޮލިފައިންގައި ނަބާހާ އެވެ. ނަބާހާ ކޮލިފައިންގައި ހިމެނެނީ ފިލިޕީންސްގެ ޖަނެލް އޭން އަންދްރެސް އާއި އިންޑޮނީޝިއާގެ ސްޓެފަނީ ވިޑްޔާޔާ އެކު ކޮލިފައިން ގްރޫޕް ބީގަ އެވެ. ޒަޔާން ހިމެނެނީ ޗައިނާގެ ވެން ހޮން ޔަން އާއި މިޔަންމާގެ ފޯން ޕަޔެ ނިއާންއާ އެކު ކޮލިފައިން ގްރޫޕް ބީގަ އެވެ.

މެއިން ޑްރޯގައި ރާއްޖޭން ވާދަކުރަނީ އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސްގަ އެވެ. އެ ގޮތުން އަންހެން ޑަބަލްސްގައި ނަބާހާ އާއި ނަބީހާގެ ޕެއާ ކުޅެން ޖެހިފައިވަނީ ދެ ވަނަ އަށް ސީޑްކޮށްފައިވާ ދެކުނު ކޮރެއާގެ ލީ ސޮހީ އާއި ޝިން ސުއެންޝަންގެ ޕެއާއާ އެވެ. މިކްސް ޑަބަލްސް ބައިގައި ޒަޔާން އާއި ނަބާހާގެ ޕެއާ ނުކުންނާނީ ޖަޕާނުގެ ހިރޯކީ މިޑޮރިކާވާ އާއި ނަޓްސޫ ސައިޓޯގެ ޕެއާއާ އެވެ.

ސްމާޓް ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގައި ވާދަކޮށްލުުމުގެ ފުރުސަތަކީ ދިވެހި ކުޅުންތެރިން ރޭންކިން މައްޗަށް ޖައްސާލަން ބޭނުންހިފޭނެ ފުރުސަތެކެވެ. މި މުބާރާތުގައި އޭޝިއާ ބައްރުގެ އެކި ގައުމުތަކަށް ނިސްބަތްވާ ފެންވަރު ރަނގަޅު ކުޅުންތެރިން ވާދަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox