ޓެނިސް ތަރި އެމާ އަނެއްކާ ވެސް ކޯޗު ބަދަލުކުރަނީތަ؟

Apr 17, 2022, 8:53 AM
ޓެނިސް ޓްރެއިނިން ސެޝަނެއްގެ ތެރެއިން އެމާ: އަނެއްކާ ވެސް ކޯޗު ބަދަލުކުރަން އެމާ އަންނަނީ މަޝްވަރާތަކެއް ކުރަމުން ކަމަށް ރިޕޯޓްތައް ބުނޭ.

ޓެނިސް ޓްރެއިނިން ސެޝަނެއްގެ ތެރެއިން އެމާ: އަނެއްކާ ވެސް ކޯޗު ބަދަލުކުރަން އެމާ އަންނަނީ މަޝްވަރާތަކެއް ކުރަމުން ކަމަށް ރިޕޯޓްތައް ބުނޭ.

ލަންޑަން (އޭޕްރީލް 17) - މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ބަޔެއްގެ ސަމާލުކަން ލިބުނު އިނގިރޭސި ޓެނިސް ތަރި އެމާ ރަޑުކާނޫ އަނެއްކާ ވެސް ކޯޗު ބަދަލުކުރަން އުޅޭ ކަމަށް މީޑިއާގައި އަޑުފެތުރިއްޖެ އެވެ.

ތަފާތު އެކި ސަބަބުތަކާ ހުރެ، އިނގިރޭސި މީޑިއާގެ ފަލަސުރުހީތަކަށް އެމާގެ ވާހަކަ މިދިޔަ އަހަރެއްހާ ދުވަހު ވަނީ ތަކުރާރުކޮށް އައިސްފަ އެވެ.

Advertisement

އެމާ، 19، މި ވަގުތު އަންނަނީ އިނގިރޭސި ޓީމުގައި ހިމެނިގެން، ޗެކް ރިޕަބްލިކްގެ ޕްރާގުގައި ކުރިއަށްދާ ބިލީ ޖީން ކަޕްގައި ކުޅެމުންނެވެ. ފާއިތުވި ހަފްތާއެއްހާ ދުވަހު އެންމެ ގަދަ އަށް ދެކެވުނީ އަންނަ މަހު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތަށް ތައްޔާރުވާން ވެގެން، އެމާ، މަޝްހޫރު ކޯޗު ރިކާޑޯ ޕިއާޓީއާ އެކު ޓްރެއިނިން ގެންދަން ފެށި ވާހަކަ އެވެ.

ޕިއާޓީ ވަނީ މީގެ ކުރިން ދުނިޔޭގެ މަޝްހޫރު ޓެނިސް ތަރިން ޓްރެއިން ކޮށްފަ އެވެ. އޭގެ ތެރޭގައި މި ވަގުތު ދުނިޔޭގެ ފިރިހެން އެއް ވަނަ ކުޅުންތެރިޔާ، ނޮވަކް ޖޮކޮވިޗާއި ރަޝިއާގެ ކުރީގެ މަޝްހޫރު އަންހެން ތަރި، މާރިއާ ޝަރަޕޯވާގެ އިތުރުން އިޓަލީގެ އަރަމުން އަންނަ ތަރި ޔަނިން ސިނާ ހިމެނެ އެވެ.

ޕިއާޓީއާ އެކު އެމާގެ ޓްރެއިނިންތައް ކުރިއަށްގެންދިޔައިރު، އެމާގެ ކޯޗުކަން ކުރަމުން އައި ޓޯބެން ބެލްޓްޒް ނެތެވެ. އެހެންވެ، އެމާ ކޯޗު ބަދަލުކުރަން އުޅޭ ވާހަކަ އަށް ބާރުލިބެ އެވެ. އެމާ ވަނީ މިދިޔަ އަހަރެއްހާ ދުވަހު އަވަސް އަވަހަށް ކޯޗުން ބަދަލުކޮށްފަ އެވެ.

ޓެނިސް ޓްރެއިނިން ސެޝަނެއްގެ ތެރެއިން އެމާ ބޯޅަ ފޮނުވާލަނީ.

އެ ގޮތުން މިދިޔަ އަހަރުގެ ވިމްބަލްޑަން މުބާރާތުގެ ތެރެއިން އޭރު އެމާގެ ކޯޗަކަށް ހުރި ނައިޖެލް ސިއާސް ބަދަލުކުރި އެވެ. އަދި ޔޫއެސް އޯޕަން ކާމިޔާބުކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭރު އޭނާ އަށް ކޯޗުކޮށްދެމުން އައި، އެންޑްރޫ ރިޗާޑްސަންއާ ވަކިވި އެވެ.

ދާދި ފަހުން ދިން އިންޓަވިއުގައި އެމާ ބުނީ ފްރެންޗް އޯޕަން އަކީ ކްލޭ ކޯޓު މުބާރާތަކަށް ވާތީ، އެ ކޯޓަށް ހޭނުމުގެ ގޮތުން ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ޕިއާޓީގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ.

އަނެއްކާ ވެސް ކޯޗު ބަދަލުކުރަނީތޯ ނޫސްވެރިއަކު ކުރި ސުވާލަށް އެމާ ބުނީ ވަކި ގޮތަކަށް ނިންމާފައިނުވާ ކަމަށެވެ.

އެމާގެ ކޯޗަކަށް ހުރި ޓޯބެން މި ވަގުތު އަންނަނީ ޗެކް ރިޕަބްލިކްގައި އެމާއާ އެކު މަސައްކަތް ކުރަމުންނެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފްރެންޗް އޯޕަންގެ ކުރިން އެމާގެ ކޯޗަކަށް ޕިއާޓީ ހަމަޖައްސަން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެކަމަކު، ޕިއާޓީއާ އެކު ރަސްމީކޮށް އެއްބަސްވުމަކަށް ނާދެވެނިސް އެމާގެ ވިސްނުމަކީ ޓޯބެންއާ އެކު ކުރިއަށް ދިއުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެމާ މި ފަހަރު ކޯޗު ބަދަލުކުރަނީ ކެރިއަރު އަލުން ހަމަމަގަށް އެޅުވުމުގެ މަސައްކަތުގެ ތެރެއިންނެވެ. މި އަހަރު ފެށި ފަހުން އެމާ އަށް އޭނާގެ އަސްލު ކުޅުން އަދި ނުދެއްކެ އެވެ.

މިދިޔަ އަހަރުގެ ޔޫއެސް އޯޕަންގެ ކާމިޔާބީ އަށް ފަހު ކުޅުނު ސިންގަލްސް 12 މެޗުގެ ތެރެއިން އަށް މެޗުން އެމާ ވަނީ ބަލިވެފަ އެވެ. އެ ނަތީޖާތަކަށް ފަހު ދުނިޔޭގެ ރޭންކިންގެ ގަދަ 10 އިން އެމާ އަށް ޖާގަ ގެއްލުނުއިރު، މި ވަގުތު އޮތީ 12 ވަނައިގަ އެވެ. ރޭންކިން ގަދަ 10 އަކަށް ވަންނަން އެމާ އަށް ލިބޭ އެންމެ ބޮޑު ފުރުސަތަކީ އަންނަ މަހު 22 އިން ޖޫން 5 އަށް ކުރިއަށްދާ ފްރެންޗް އޯޕަން އެވެ. މިއީ، މި މުބާރާތުގައި އެމާ ވާދަކުރާނެ ފުރަތަަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox