ތާރީހީ ކާމިޔާބަށް ފަހު އާ ޗެލެންޖަކަށް އެމާ ކޯޗު ބަދަލުކުރަނީ

Sep 25, 2021, 4:07 AM
ޔޫއެސް އޯޕަން މެޗަކަށް ފަހު އެމާ އިންޓަވިއު ދެނީ.-- ފޮޓޯ: އޭއެފްޕީ

ޔޫއެސް އޯޕަން މެޗަކަށް ފަހު އެމާ އިންޓަވިއު ދެނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ސެޕްޓެމްބަރު 25) - ސާޅީސް ހަތަރު އަހަރަށް ފަހު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ތަށި އުފުލާލި އިނގިރޭސި ފުރަތަމަ އަންހެން ކުޅުންތެރިޔާގެ ޝަރަފް ހޯދި އުމުރުން 18 އަހަރުގެ އެމާ ރަޑުކާނޫ އޭނާގެ ކޯޗު ބަދަލުކުރަން ނިންމައިފި އެވެ.

އެމާގެ ކޯޗު އެންޑްރޫ ރިޗާޑްސަން ނެގީ މި ފަހަރުގެ ޔޫއެސް އޯޕަންއާ ދިމާކޮށެވެ. ރިޗާޑްސަންގެ އިރުޝާދާ އެކު އެމާ ވަނީ ކޮލިފައިން ބުރުގައި ވާދަކުރަމުން ގޮސް ޔޫއެސް އޯޕަން ކާމިޔާބު ކޮށްފަ އެވެ. އެމާ އަކީ ޓެނިސްގެ އޯޕަން އިރާ ފެށުނު ފަހުން ކޮލިފައިން ބުރުން ފެށިގެން ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.

މި ތާރީހީ ކާމިޔާބީތަކަށް ފަހު ކޯޗު ބަދަލުކުރަން ނިންމި ސަބަބު އެމާ ވަނީ މީޑިއާ އަށް ކިޔައިދީފަ އެވެ.

"އަހަރެންގެ ކެރިއަރުގެ މިހާ ހިސާބުގައި އަހަރެން ބޭނުމީ ގްރޭންޑް ސްލޭމް މުބާރާތްތަކާއި ޑަބްލިއުޓީއޭގެ ތަޖުރިބާކޮށްފައި ހުރި ކޯޗެއްގެ ދަށުން ޓްރެއިން ވާން. ދެން ކުރިމަތިލާން ޖެހޭ ޗެލެންޖްތަކަށް ހޭނެން ފަސޭހަވާނީ އެ ގޮތަށް،" އެމާ ބުންޏެވެ.

"ކޯޗު އެންޑްރޫ (ރިޗާޑްސަން) އާ އެކު އެ ވަރުގެ ބޮޑު ކާމިޔާބެއް ހޯދުމަށް ފަހު އޭނަ ދޫކޮށްލަން ޖެހޭތީ ވެސް އެހާ ފަސޭހަނޫން އިހުސާސްތަކެއް ކުރެވެނީ. އެކަމަކު ކެރިއަރަށްޓަކައި މިކަހަލަ ނިންމުން އަންނަން ޖެހޭ ފަހަރު އަންނާނެ،"

އެމާގެ ކޯޗު ރިޗާޑްސަން: ޔޫއެސް އޯޕަންގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ރިޗާޑްސަންގެ އިރުޝާދުގެ ދަށުން ވާދަކޮށް އެމާ ވަނީ ދުނިޔޭގެ ރޭންކިންގެ އެތައް ދަރަޖައެއް ކުރިއަށް ޖެހިލައިފަ އެވެ. ޔޫއެސް އޯޕަން އަށް ނުކުތްއިރު އެމާ އޮތީ ދުނިޔޭގެ 150 ވަނައިގަ އެވެ. ޔޫއެސް އޯޕަންގެ ކާމިޔާބީ އަށް ފަހު އެމާ ވަނީ ދުނިޔޭގެ ރޭންކިންގައި ހީވެސް ނުކުރާފަދަ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.

"އަހަރެން ދުވަަަހަކު ވެސް ހިއެއް ނުކުރަން އަހަންނަށް މިހާ އަވަހަށް ޔޫއެސް އޯޕަން ފަދަ ބޮޑު ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބު ކުރެވޭނެ ކަމަށް. އަދި އަހަރެން މި ވަގުތު މި އޮތީ ދުނިޔޭގެ 22 ވަނައިގައި. މިއީ އަދިވެސް އަހަންނަށް ގަބޫލުކުރަން އުނދަގޫވެފައި ހުރި ކަމެއް،" އެމާ ބުންޏެވެ.

ރަސްމީކޮށް ވަކި ކޯޗަކާ އެކު މަސައްކަތް ކުރުމުގެ ކުރިން ގިނަ ކަންތައްތަކަކަށް ބަލާނެ ކަމަށް އެމާ ވަނީ ބުނެފަ އެވެ. އެމާއާ އެކު މަސައްކަތް ކުރަން އަންހެން ޓެނިހުގެ މަޝްހޫރު ކޯޗުން ވަނީ ހުށަހަޅައިފަ އެވެ.

ކުރިއަށް އޮތް އިންޑިއަން ވެލްސް މުބާރާތުގައި ވާދަކުރުމާ މެދު ވަރަށް އަވަހަށް އެމާ ގޮތެއް ނިންމާނެ އެވެ. އެމާ ވަނީ މޮސްކޯގައި ކުރިއަށްދާ ކްރެމްލިން ކަޕްގައި ކުޅެން ނިންމައިފަ އެވެ.

އެމާގެ ޓާގެޓަކީ ނޮވެމްބަރު މަހު އޮންނަ ޑަބްލިއުޓީއޭ ފައިނަލްސްގައި ކުޅުމެވެ. ޑަބްލިއުޓީއޭ ފައިނަލްސްގެ މި ވަގުތު ރޭންކިން އަށް ބަލާއިރު އެމާ އޮތީ 14 ވަނައިގަ އެވެ. ޑަބްލިއުޓީއޭ ފައިނަލްސްގައި ވާދަކުރެވޭނީ ގަދަ އަށެއްގައި ހިމެނޭ ކުޅުންތެރިންނަށެވެ. ސީޒަނުގައި ބާކީ ހުރި މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެގެން އެމާ އަށް ގަދަ އަށެއްގެ ތެރެއަށް ވަދެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox