ސެމީ ފައިނަލް ކުޅެން ގަލަގާ އަށް ޗެލްސީން ހުއްދަ ނުދިން

Apr 17, 2022, 6:37 AM
ޗެލްސީގެ ލޯން އެއްބަސްވުމެއް ދަށުން ކްރިސްޓަލް ޕެލަސް އަށް ކުޅެމުން އަންނަ ގަލަގާ: މިރޭ އެފްއޭ ކަޕް ސެމީގައި ޗެލްސީއާ ދެކޮޅަށް ކުޅެން ހުއްދަ ނުލިބުނު.

ޗެލްސީގެ ލޯން އެއްބަސްވުމެއް ދަށުން ކްރިސްޓަލް ޕެލަސް އަށް ކުޅެމުން އަންނަ ގަލަގާ: މިރޭ އެފްއޭ ކަޕް ސެމީގައި ޗެލްސީއާ ދެކޮޅަށް ކުޅެން ހުއްދަ ނުލިބުނު.

ލަންޑަން (އޭޕްރީލް 17) - ލޯން އެއްބަސްވުމެއްގެ ދަށުން ކްރިސްޓަލް ޕެލަސްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މިޑްފީލްޑަރު ކޮނާ ގަލަގާ އަށް، މިރޭ އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ކްރިސްޓަލް ޕެލަސް އިން ނުކުންނަ މެޗު ކުޅެން ހުއްދަ ނުދޭން ނިންމައިފި އެވެ.

މިދިޔަ ސީޒަނުގައި ގަލަގާ ވަނީ ޗެލްސީގެ ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓް ބްރޮމްވިޗް އަލްބިއަން އަށް ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ފަހަރު ގަލަގާ، ލޯން އެއްބަސްވުމެއްގެ ދަށުން ގުޅުނީ ކްރިސްޓަލް ޕެލަސްއާ އެވެ. އެ ޓީމުން އެފްއޭ ކަޕް ސެމީ ފައިނަލުން ފުރުސަތު ހޯދިއިރު، ގަލަގާ ވަނީ މޮޅަށް ކުޅެފަ އެވެ. ސީޒަނުގެ ހުރިހާ މުބާރާތެއްގައި ގަލަގާ ވަނީ ކްރިސްޓަލް ޕެލަސް އަށް ޖުމްލަ އަށް ގޯލު ޖަހައިދީފަ އެވެ.

ލޯން އެއްބަސްވުމެއްގެ ދަށުން ޓީމުތަކަށް ކުޅުންތެރިން ދޫކުރާއިރު، ދާއިމީ ކޮންޓްރެކްޓް އޮތް ކްލަބާ ދެކޮޅަށް ނުކުޅެވޭ ގޮތަށް ގަވާއިދު ހަދަ އެވެ. އެ ގޮތުން ކްރިސްޓަލް ޕެލަސް އަށް ގަލަގާ ލޯނަކަށް ދިނީ ވެސް ޗެލްސީއާ ދެކޮޅަށް ނުކުޅެވޭ ގޮތަށެވެ. އެކަމަކު، އެފްއޭ ކަޕް ސެމީ ފައިނަލަކީ ހާއްސަ މެޗަކަށްވާތީ ކްރިސްޓަލް ޕެލަސް އިން ވަނީ ގަލަގާ އަށް ކުޅެވޭތޯ ހުއްދަ އަކަށް ޗެލްސީ ކައިރިން އެދިފަ އެވެ. އެކަމަކު، ޗެލްސީން ވަނީ އެ ހުށަހެޅުން ވަގުތުން އަނބުރާ ފޮނުވާލައިފަ އެވެ.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ގަލަގާ ހުރީ ހިތްހަމަނުޖެހިފައި ކަން އެނގޭ ކަމަށާއި އެކަމަކު، މުޅި ޗެލްސީގެ މަސްލަަހަތަށް ވިސްނުމަށް ފަހު މިއީ އަޅަން ޖެހޭ ފިޔަވަޅެއް ކަމަށެވެ. އަދި މި ވަރުގެ މެޗެއް ނުކުޅެ ގަލަގާ ހުންނަން ޖެހޭތީ އެކަމާ އޭނާ ކިބައިން މައާފަށް އެދޭ ކަމަށް ވެސް ޓުޗެލް ވަނީ ބުނެފަ އެވެ.

"އަހަރެމެން މި ކުޅެނީ މެޗުން މޮޅުވާން. ގަވާއިދުތަކާ ހުރިހާ ކަމެއް ސާފުކޮށް ފެންނަން އޮންނާނެ އަހަރެމެން މި ކޮންޓްރެކްޓް ހެދިއިރު ވެސް. ގަލަގާ ދެރަވާނެކަން ވެސް އެނގޭ. އެކަމަކު، މި ގޮތަށް ގަވާއިދު އޮއްވައި، އަހަރެމެން ބޭނުމެއް ނޫން ވަކި ހުއްދައެއް ދީގެން މީގެ ގެއްލުމެއް އަހަރެމެންނަށް ލިބެން،" ޓުޗެލް ބުންޏެވެ.

އުމުރުން 22 އަހަރުގެ ގަލަގާ ދައްކަމުން އަންނަ ރަނގަޅު ކުޅުމުގެ ސަބަބުން މިދިޔަ ނޮވެމްބަރު މަހު އިންގްލެންޑްގެ ސީނިއާ ޓީމުން ވެސް އޭނާ އަށް ފުރުސަތު ލިބުނެވެ.

ކްރިސްޓަލް ޕެލަސްގެ ކޯޗު ޕެޓްރިކް ވިއޭރާ ބުނީ ގަލަގާ އަށް ނުކުޅެވޭތީ ޓީމު އޮތީ އޭނާ އަށް ޓަކައި، އަދި ހާއްސަކޮށް މުބާރާތުގެ ޝަރަފަށްޓަކައި މޮޅެއް ހޯދުމަށް ކަމަށެވެ.

ވިއެރާ ވަނީ އާސެނަލަށް ކުޅެމުން ހަތަރު ފަހަރު އަދި މެންޗެސްޓާ ސިޓީގައި ހުރެ އެއް ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. އޭނާ އަމާޒުހިފައިގެން ހުރީ ކްރިސްޓަލް ޕެލަސް އަށް ވެސް ކާމިޔާބު ހޯދައިދިނުމަށެވެ.

އެފްއޭ ކަޕްގެ ދެ ވަނަ ސެމީ ފައިނަލުގައި ޗެލްސީ އާއި ކްރިސްޓަލް ޕެލަސް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 20:30 ގަ އެވެ. މި މެޗުން މޮޅުވާ ޓީމެއް އަންނަ މަހު 14 ވަަނަ ދުވަހު ކުޅޭ ފައިނަލުގައި ބައްދަލުކުރާނީ ލިވަޕޫލާ އެވެ. ލިވަޕޫލުން ރޭ ވަނީ ފުރަތަމަ ސެމީ ފައިނަލުގައި 3-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފަ އެވެެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox