ހުޅުމާލޭގައި އެކްސިޑެންޓެއްގައި ހިނގައި, ބިދޭސީއަކަށް އަނިޔާވެއްޖެ އެވެ.
މިރޭ 9:20 ހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ޕޮލިސް ފްލެޓް ސަރަހައްދުފައި ޓެކްސީއަކާއި ބެޓަރީ ބައިސިކަލެއް ޖެހިގެންނެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި, އެކްސިޑެންޓްގައި ބައިސިކަލްގައި ދުއްވަން އިން ބިދޭސީ ފިރިހެނަކަށް އަނިޔާވި އެވެ. އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.
އެކްސިޑެންޓްވި ޓެކްސީގައި ތިބި 18 އަހަރުން ދަށުގެ ދެ ކުއްޖަކާއި އުމުރުން ދުވަސްވީ އަންހެނަކަށް ވެސް އަނިޔާވި އެވެ. އެމީހުންނަށް ވެސް އަންނަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ގެންދަނީ ތަހުގީގު ހިންގަމުންނެވެ.













