އާޒިމާގެ ވަކީލު ނިހާޔަތަށް ފުރުސަތު ދީ، އިސްތިއުނާފު ޝަރީއަތް ފަށައިފި

މިއަދު ކުރިއަށް ގެންދިޔަ އާޒިމާގެ އިސްތިއުނާފް އަޑުއެހުމުގެ ތެރެއިން. އޭނާގެ ވަކީލަކީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ނިހާޔަތު. --- ފޮޓޯ: ސްކްރީން ކެޕްޗާ

މިއަދު ކުރިއަށް ގެންދިޔަ އާޒިމާގެ އިސްތިއުނާފް އަޑުއެހުމުގެ ތެރެއިން. އޭނާގެ ވަކީލަކީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ނިހާޔަތު. --- ފޮޓޯ: ސްކްރީން ކެޕްޗާ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑާ ކުރަން މަގުފަހިކޮށްދިންކަމުގެ ތުހުމަތުގައި އޭރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްނުލުމުން ހައި ކޯޓުގައި އިސްތިއުނާފު ކުރި ޝަރީއަތުގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިޔާހަތަށް އާޒިމާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދީގެން އެ ޝަރީއަތް ފަށައިފި އެވެ.

ހައި ކޯޓުން ނިހާޔަތަށް ފުރުސަތު ދިން އިރު، މިއީ ކްރިމިނަލް ކޯޓުގައި ދައުލަތުން އިއުތިރާޒު ކުރުމުން ނިހާޔަތަށް ނުދިން ފުރުސަތެކެވެ. ނިހާޔަތުގެ ފަހުން އާޒިމާގެ ވަކީލަކަށް ދެން ހަމަޖެއްސެވީ ކުރީގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒުނާ އަހްމަދަށް ވެސް ނުހުރެވޭނެ ކަމަށް ބުނެ ދައުލަތުން އިއުތިރާޒު ކުރި އެވެ. ކްރިމިނަލް ކޯޓުން ފަޒުނާއަށް ވެސް ފުރުސަތު ދީފައެއް ނުވެ އެވެ.

ދައުލަތުގެ ނުކުތާއަކީ، ދައުވާ ކުރި މައްސަލާގައި ބައިވެރިވި އިދާރާގެ މުވައްޒަފަކަށްވާ ނަމަ މަސްލަހަތު ފުށު އަރާނެތީ، އެ މައްސަލާގައި ދައުވާ ރައްދުވާ ބައެއްގެ ވަކީލަކަށް އައްޔަން ނުކުރެވޭނެ ކަމެވެ.

އެ ނުކުތާ ދައުލަތުން ނެގީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް ރިއާޔަތްކޮށެވެ.

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްއަކަށް ހުންނެވިއިރު އާޒިމާގެ މައްސަލައިގައި އެއްވެސް ސިފައެއްގައި ބައިވެރިނުވާ ކަމަށް އެ ނުކުތާގެ ދިފާއުގައި ނިހާޔަތު ވިދާޅުވި އެވެ. އަދި، ދައުލަތަށް ވެސް އޭނާގެ ބައިވެރިވުން އޮތް ގޮތެއް ބުނެދެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. ނިހާޔަތަށް މީގެ ކުރިން ސުޕްރީމް ކޯޓުގައި ވެސް ފުރުސަތު ދީފައިވެ އެވެ.

ތިން ފަނޑިޔާރެއްގެ ބެންޗަކުން ހައި ކޯޓުގައި ބަލަމުންދާ މައްސަލާގައި، ރިޔާސަތުގައި އިންނެވި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވިދާޅުވީ، ތިން ފަނޑިޔާރުން މަޝްވަރާ ކުރެއްވުމަށް ފަހު އިއްތިފާގުން ބުރަވެވެނީ ނިހާޔަތު ތަނާޒުލް ވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެންވެ ޝަރީއަތް ފެށީ، އާޒިމާގެ ވަކީލެއްގެ ގޮތުގައި ނިހާޔަތަށް ފުރުސަތު ދިނުމަށް ފަހު އެވެ.

މައްސަލަ ބޭރުކޮށްލަން ދައުލަތުން ހުށަހެޅި ނުކުތާއަށް ބޮޑު ބަހުސެއް

ޝަރީއަތް ފެށުމާ އެކު، މި މައްސަލަ ހައި ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ ދައުލަތުގެ ވަކީލުންގެ ޓީމުގެ ފަރާތުން ވަނީ އިޖުރާއީ ނުކުތާއެއް ނަންގަވައިފަ އެވެ. ދައުލަތުން ގަބޫލުކުރާ ގޮތުގައި ކޯޓުގެ އަމުރެއް ނުވަތަ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާއި މެދު ނިންމާ ނިންމުމެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން އިސްތިއުނާފު ކުރެވޭނީ އެ މަރުހަލާއެއް ނިންމުމުގެ ކުރިއަށެވެ.

އޭގެ ރައްދުގައި އާޒިމާގެ ދިފާއީ ވަކީލު ނިހާޔަތު ވަނީ ގާނޫނުގައި ސީދާ ބަޔާންކޮށްފައި އޮތް ގޮތް ވިދާޅުވެފަ އެވެ. އެއީ، ކޯޓުގެ އަމުރުތަކާއި ނިންމުންތައް އިސްތިއުނާފް ކުރަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ކުރެވޭނެ ކަމެވެ. މީގެ ކުރިން ދައުލަތުން ވެސް އެފަދަ ނިންމުންތައް އިސްތިއުނާފު ކުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

މިސާލެއްގެ ގޮތުން ނިހާޔަތު ވަނީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ކޯޓުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅުމުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރި ކަން ފާހަގަކުރައްވައިފަ އެވެ. މަދަނީ މިންގަނޑުން ކުރިއަށް ގެންދަން ދަށު ކޯޓުން ނިންމައިފިނަމަ، ހަމަ އެ ފުރުސަތު ދިފާއަށް ވެސް ލިބިދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުލަތުން އެ މާނަ ކުރާ ގޮތަށް މާނަ ކުރަން ވެއްޖެ ނަމަ ޝަރީއަތް ދިގުލައިގެން ދަން ދެން މުއްތަހަމް މަޑުކުރަން ޖެހޭނެ، މި ޝަރުއީ މަރުހަލާގައި އަޅުގަނޑުގެ މުވައްކިލް [އާޒިމާ] ހިފަހައްޓާފައި ހުންނަތާ ވެސް ތިން އަހަރާއި ބައިވީ، މި ހާލަތުގައި ބޭއިންސާފު މާނަ ކުރުމަކަށް މި ވާނީ،" ނިހާޔަތު ވިދާޅުވި އެވެ.

ދިފާއުގެ ވާހަކަތަކާއި ގުޅިގެން ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތަށް ސުވާލުތަކެއް ވެސް އަމާޒުކޮށްފަ އެވެ. އަހްމަދު މަހްލޫފްގެ މައްސަލާގައި ދައުލަތަށް އިސްތިއުނާފު ކުރެވި، އެކަމަކު އާޒިމާގެ މައްސަލާގައި އާޒިމާއަށް އިސްތިއުނާފު ނުކުރެވޭނެ ކަމަށް ފާހަގަކުރައްވަނީ ކޮން ގާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށްތޯ ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި ދައުލަތުގެ ވަކީލު، ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ނައުފަލް ވިދާޅުވީ ދައުލަތުން އެއްވެސް އިރެއްގައި އެކި މީހުންގެ މައްސަލަތަކުގައި އެކި ސިޔާސަތު ގެންގުޅެ ތަފާތު ކުރުމުގެ އަމަލެއް ނުހިންގާ ކަމަށެވެ. މަހްލޫފްގެ މައްސަލައަކީ ވެސް އެ މަރުހަލާ ނިމި ޝަރީއަތުގެ ކުރިން ހުށަހަޅާ ހެށަހެޅުމުގެ މަރުހަލާގެ ކުރިިއަށް ހުށަހެޅި ހުށަހެޅުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ދެ ގަޑިއިރާގައި 30 މިނެޓަށް ދިގުދެމިގެން ދިޔަ އެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތުން ހުށަހެޅި އިޖުރާއީ ނުކުތާއާ މެދު ގޮތެއް ނިންމާނެ ކަމަށެވެ. ދެން އަޑުއެހުން އޮންނާނެ ދުވަހެއް ފަނޑިޔާރުންގެ ބެންޗުން އިއުލާނެއް ނުކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox