ލިވަޕޫލާއި މެންޗެސްޓާ ސިޓީ ޗެމްޕިއަންސް ލީގުގެ ސެމީ އަށް

Apr 13, 2022, 9:03 PM
ބެންފީކާ ކޮޅަށް ގޯލު ޖެހުމަށް ފަހު ލިވަޕޫލްގެ ފިރްމީނޯ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ބެންފީކާ ކޮޅަށް ގޯލު ޖެހުމަށް ފަހު ލިވަޕޫލްގެ ފިރްމީނޯ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް (އޭޕްރީލް 14) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގުގައި މިރޭ ކުޅުނު މެޗުތަކަށް ފަހު ލިވަޕޫލާއި މެންޗެސްޓާ ސިޓީން ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ހޯދައިފި އެވެ.

ލިވަޕޫލުން މިރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބެންފީކާއާ 3-3 އިން އެއްވަރުވިއިރު، އެގްރިގޭޓަށް ބަލާއިރު، ކުރިހޯދީ 6-4 އިންނެވެ. ސިޓީން ވަނީ މިރޭ އެތުލެޓިކޯ މެޑްރިޑް ދަނޑުގައި 0-0 އިން އެއްވަރުކޮށްފަ އެވެ. މިދިޔަ ހަފްތާގައި ސިޓީ ދަނޑުގައި 1-0 އިން މޮޅުވެފައި އޮތުމުން އެ ޓީމަށް އެގްރިގޭޓަށް ބަލާއިރު، ކުރި ލިބުނީ 1-0 އިންނެވެ.

ސެމީ ފައިނަލުގައި ލިވަޕޫލް ކުޅެން ޖެހޭނީ ބަޔާން މިއުނިކް ކަޓުވާލި ސްޕެއިނުގެ ވިޔަރެއާލާ ދެކޮޅަށެވެ. މެންޗެސްޓާ ސިޓީ ކުޅެން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ކަޓުވާލި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑާ އެވެ. މެޗުތައް އޮންނާނީ މި މަހު 26/27 އާއި އަންނަ މަހު 3/4 ގަ އެވެ.

މިދިޔަ ހަފްތާގައި ބެންފިކާ ދަނޑުގައި 3-1 އިން މޮޅުވެފައި އޮތުމުން ލިވަޕޫލުން މިރޭގެ ދެ ވަނަ ލެގަށް އަމިއްލަ ދަނޑުގައި ނުކުތީ ފުރަތަމަ އެގާރަ އަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެކަމަކު، މެޗުގައި ފުރަތަމަ ގޯލު ޖެހީ ލިވަޕޫލުންނެވެ. މެޗުގެ 21 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިދިނީ ފްރާންސްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އެވެ. އޭނާ މި ގޯލު ޖެހީ ކޮސްޓާސް ސިމިކާސް ނެގި ކޯނަރަކުން ބޮލުންނެވެ. މިދިޔަ ހަފްތާގައި ބެންފީކާ ދަނޑުގައި ވެސް ލިވަޕޫލްގެ ފުރަތަމަ ގޯލު ޖެހީ ކޮނާޓޭ އެވެ.

ލިވަޕޫލްގެ ކޮނާޓޭ (ކ) ކައިރިން ބެންފީކާގެ ނޫނޭޒް ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އޭއެފްޕީ

ލިވަޕޫލުން ލީޑުނެގިތާ މާގިނައިރެއްނުވެ، ބެންފީކާގެ އުރުގުއޭ ފޯވާޑް ޑާވިން ނޫނޭޒް ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ އޮފްސައިޑް ކަމަށެވެ. ބެންފީކާ އިން އެއްވަރުކުރި ގޯލު ޖެހީ 32 ވަނަ މިނިޓްގައި ގޮންކާލޯ ރާމޯސް އެވެ. ވީއޭއާރް އިން ބަލާފައި މި ގޯލު ބަލައިގަންނަން ނިންމީ ރާމޯސް އަށް އެ ބޯޅަ ލިބުނީ ލިވަޕޫލްގެ ޖޭމްސް މިލްނާ ފައިގައި ޖެހިފައި ކަމަށްވާތީ އެވެ.

ދެ ވަަނަ ހާފްގެ ކުޅުން ފަށައިގެން 10 މިނިޓް ތެރޭ ލިވަޕޫލުން ވަނީ އަލުން ލީޑުނަގައިފަ އެވެ. ބެންފީކާގެ ކީޕަރު އޮޑީސިއަސް ވްލަޝޯޑިމޯސް ހެދި ގޯހެއްގެ ފައިދާނަގައި، ލިވަޕޫލްގެ މި ގޯލު ޖެހީ ޑިއޯގޯ ޖޮޓާ ފޮނުވާލި ބޯޅައަކުން ރޮބާޓޯ ފިރްމީނޯ އެވެ. މެޗުގެ 65 ވަނަ މިނިޓްގައި ލިވަޕޫލްގެ ތިން ވަނަ ގޯލު ވެސް ޖެހީ ފިރްމީނޯ އެވެ. މިއީ ސިމިކާސް ހިލޭ ޖެހުމަކުން ނެގި ބޯޅައަކުން ފިރްމީނޯ ޖެހި ގޯލެކެވެ.

ލިވަޕޫލުން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް ބެންފީކާ އިން ވަނީ ހިތްވަރު އެލުވާނުލައި ރަނގަޅަށް ކުޅެފަ އެވެ. މެޗުގެ 72 ވަނަ މިނިޓްގައި ބެންފީކާ އިން ވަނީ ދެ ވަަނަ ގޯލެއް ޖެހި އެވެ. މި ގޯލު ޖެހީ ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ރޯމަން ޔަރެމްޗުކް އެވެ. އޭނާ މި ގޯލު ޖެހީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ކައިރިން ނައްޓައިފައި ގޮހެވެ. މި ގޯލު ބަލައިގަންނަން ނިންމީ ވީއޭއާރް އިން ބަލައިފަ އެވެ. އޭގެ 10 މިނިޓް ފަހުން، މެޗުގެ 82 ވަނަ މިނިޓްގައި ބެންފީކާގެ ނޫނޭޒް ވަނީ ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މިއީ އޮފްސައިޑް ގޯލެއް ކަމަށް ބަލައިގެން ލިވަޕޫލުން ހުރި ނަމަވެސް، ވީއޭއާރް އިން މި ފަހަރު ވެސް ނިންމީ ގޯލެއް ކަމަށެވެ. އޭގެ މިނިޓެއް ފަހުން ބެންފީކާ އަށް ލީޑުނަގައިދޭން ނޫނޭޒް ވޮލީއަކުން ޖެހި ބޯޅަ ކީޕަރު އެލިސަން ވަނީ މަތަކޮށްފަ އެވެ.

ސިޓީގެ ފެނާންޑީނިއޯ (ކ) އެތުލެޓިކޯގެ ކޮރެއާ އަތުން ބޯޅަ ހޯދަން ޓެކަލް ކުރަނީ.--- ފޮޓޯ: އޭއެފްޕީ

އެތުލެޓިކޯގެ ދަނޑު ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުގެ ފަރާތުން ފެނުނީ ވަރަށް ބޮޑަށް ފިޒިކަލް ކުޅުމެކެވެ. ފުރަތަމަ ހާފުގައި ސިޓީން ވަނީ ގޯލެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. އެ ގޮތުން 30 ވަނަ މިނިޓްގައި އޭރިއާތެެރެއިން ސިޓީގެ ފިލް ފޯޑެން ދިން ބޯޅަ އެ ޓީމުގެ އިލްކާއި ގުންޑޮގާން ފޮނުވާލި ނަމަވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ދެ ވަނަ ހާފްގައި އެތުލެޓިކޯ އިން ބަދަލުތަކެއް ގެނެސްގެން އެޓޭކްތަކެއް ކުރެވޭތޯ މަސައްކަތްކުރި އެވެ. އެ ގޮތުން ބަދަލަކަށް ކުޅެން އެރި އެ ޓީމުގެ ރޮޑްރީގޯ ޑެ ޕޯލް ފޮނުވާލި ދެ ބޯޅައެއް ދިޔައީ ގޯޯލާ ސީދާނުވެ އެވެ.

އެތުލެޓިކޯގެ ލުއިސް ސުއަރޭޒާއި މަޓެއުސް ކޫންޏާ ވެސް ބަދަލަކަށް ކުޅެން އަރައި، ގޯލެއް ޖެހޭތޯ އެޓޭކްތަކެއް ކުރި އެވެ. ސިޓީގެ ކީޕަރު އެޑަސަން މޮރާއޭސް ވަނީ އެތުލެޓިކޯގެ އެޓޭޓްތައް ހުއްޓުވުމުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި އެތުލެޓިކޯ އާއި ސިޓީގެ ކުޅުންތެރިން މެދުގައި ހަމަނުޖެހުންތަކެއް ހިނގިއިރު، އެތުލެޓިކޯގެ ޑިފެންޑަރު ފިލިޕޭ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

އެތުލެޓިކޯގެ ކުޅުންތެރިއަކު މަދުވި ފަހުން ސިޓީން ކުރި އެޓޭކެއްގައި އެ ޓީމުގެ ރަހީމް ސްޓާލިން ފޮނުވާލި ބޯޅައެއް އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ. އިތުރު ވަގުުތަށް ނުވަ މިނިޓް ދެއްކިއިރު، މެޗުގެ ފަހު ވަގުތު ކޮޅުގައި އެތުލެޓިކޯގެ އެންހެލް ކޮރޭއާ ޖެހި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން ވަނީ މަތަކޮށްފަ އެވެ.

ސިޓީ ސެމީ ފައިނަލުން ފުރުސަތު ހޯދުމާ އެކު އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ޗެމްޕިއަންސް ލީގުގައި ރެކޯޑެއް ގާއިމްކޮށްފަ އެެވެ. އެއީ ނުވަ ފަހަރު ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް ދަތުރުކޮށްގެންނެވެ. ބާސެލޯނާއާ އެކު 2009، 2010، 2011 އަދި 2012 ވަނަ އަހަރު ސެމީ ފައިނަލް ކުޅުނެވެ. ބަޔާން މިއުނިކް ގޮވައިގެން 2014، 2015 އަދި 2016 ވަަނަ އަހަރު ސެމީ އަށް ދިޔައިރު، ސިޓީއާ އެކު މި ވަނީ 2021 އާއި 2022 ވަނަ އަހަރު ސެމީން ޖާގަ ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox