އާޒިމާގެ ވަކީލަކަށް ކުރީގެ ޑެޕިއުޓީ ޕީޖީ ނިހާޔަތު ހަމަޖެއްސުމުން އަނެއްކާ ވެސް ދައުލަތުން އިއުތިރާޒްކޮށްފި

އާޒިމާގެ ވަކީލަކަށް ކުރީގެ ޑެޕިއުޓީ ޕީޖީ ނިހާޔަތު ހަމަޖެއްސުމުން އަނެއްކާ ވެސް ދައުލަތުން އިއުތިރާޒްކޮށްފި

ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑާ ކުރަން މަގުފަހިކޮށްދިންކަމުގެ ތުހުމަތުގައި އޭރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހައި ކޯޓުގައި އިސްތިއުނާފް ކުރި ޝަރީއަތުގައި ވެސް އާޒިމާގެ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިޔާހަތަށް ވަކާލާތު ނުކުރެވޭ ކަމުގެ އިއުތިރާޒް ދައުލަތުން ހުށަހަޅައިފި އެވެ.

މިއީ ކްރިމިނަލް ކޯޓުގައި ވެސް މީގެ ކުރިން ދައުލަތުން ހުށަހެޅި އިއުތިރާޒެކެވެ. ނަމަވެސް އާޒިމާގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ނިހާޔަތު ކުރި މަސައްކަތެއް ދައުލަތަށް ބުނެދެވިފައިނުވާތީ ކްރިމިނަލް ކޯޓުން އެ އިއުތިރާޒް ބަލައިނުގަނެ ނިހާޔަތަށް ބައިވެރިވެވޭ ގޮތަށް މައްސަލަ ކުރިއަށް ގެންދިޔަ އެވެ.

ކްރިމިނަލް ކޯޓުން އާޒިމާގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމުމުން އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ވެސް ދައުލަތުން އަލުން ވަނީ އެ އިއުތިރާޒް ހުށަހަޅުއްވައިފަ އެވެ.

ދައުލަތުގެ ނުކުތާއަކީ، ދައުވާ ކުރި މައްސަލާގައި ބައިވެރިވި އިދާރާގެ މުވައްޒަފަކަށްވާ ނަމަ މަސްލަހަތު ފުށު އަރާނެތީ، އެ މައްސަލާގައި ދައުވާ ރައްދުވާ ބައެއްގެ ވަކީލަކަށް ނުހުރެވޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ މާއްދާ އެވެ.

ދައުލަތުގެ އެ ނުކުތާއަށް ރައްދު ދެއްވަމުން ނިހާޔަތު ވިދާޅުވީ، ދަށު ކޯޓާއި ހައި ކޯޓުގައި ވެސް ދައުލަތަކަށް އާޒިމާއަށް ދައުވާ އުފުލުމުގައި ނިހާޔަތުގެ ބައިވެރިވުމެއް އޮތް ގޮތެއް ކިޔައިދެވިފައި ނުވާ ކަމަށެވެ. ޕީޖީ އޮފީހުގައި ކިތަންމެ މަތީ މަގާމެއްގައި އޭރު ހުރި ނަމަވެސް އާޒިމާއަށް ދައުވާ ކުރަން ފޮނުވި މައްސަލައިގެ އެއްވެސް މައުލުމާތަކަށް އެކްސެސް ވުމުގެ ބާރެއް އޭނާއަށް ލިބިފައި ނެތް ކަމަށް ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރު ފާތިމަތު ފަރްހީޒާ ވަނީ ދައުލަތުގެ ނުކުތާއާއި ގުޅިގެން ގިނަ ސުވާލުތަކެއް އަމާޒު ކުރައްވައިފަ އެވެ. މި ގޮތުން ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ މަރުގެ މައްސަލައެއްގެ ހުކުމް ތަންފީޒު ކުރަމުންދާ ހ. ބައިކަނޑިގޭ, މަރިޔަމް ނަޒާހާގެ ވަކީލާކަށް ހުންނެވުމުން އެ ކޯޓުން ނިންމާފައިވާ ހުކުމާއި ގުޅޭ ގޮތުން ވެސް ފަނޑިޔާރު ސުވާލު ކުރެއްވި އެވެ.

ފަނޑިޔާރުގެ ސުވާލުގެ ޖަވާބުގައި ދައުލަތުގެ ވަކީލު، ޕަބްލިކް ޕްރޮސެކިއުޓަރު އައިޝަތު މުހައްމަދު ވިދާޅުވީ އާޒިމާގެ މައްސަލައާއި ނަޒާހާގެ މައްސަލައާ ވަރަށް ތަފާތު ކަމަށެވެ. ނަޒާހާގެ މައްސަލަ ސުޕްރީމް ކޯޓުގައި ފެށީ ވެސް މާ ފަހުގެ ތާރީޚެއްގައި ކަމަށް ދައުލަތުން ވިދާޅުވި އެވެ. ދައުލަތުން ގަބޫލު ކުރައްވާ ގޮތުގައި، މައްސަލައިގައި ސީދާ ބައިވެރިވުމެއް ނެތަސް ޕީޖީ އޮފީހުގައި އުޅުއްވާފައިވާތީ ފުށު އެރުން އޮންނާނެ އެވެ.

މިއަދުގެ އަޑުއެހުމުގައި މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދެއްކުނެވެ. ފަނޑިޔާރު ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އެންމެ ފުރަތަމަ ވެސް ދައުލަތުން ހުށަހެޅުއްވި އިއުތިރާޒާއި ގުޅޭ ގޮތުން ގޮތެއް ނިންމަވާނެ ކަމުގަ އެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި އާޒިމާއާއި އޭނާގެ ވަކީލުން ތިއްބެވި ތަނުން އިންޓަނެޓް ކަނެކްޓް ވުމުގައި މައްސަލަތަކެއް ދިމާވި އެވެ. އޭގެ ސަބަބުން ވެސް ޝަރީއަތުގެ ގިނަ ވަގުތުތަކެއް ގެއްލިގެން ދިޔަ ކަމަށާއި އެހެންވެ މާދަމާ ހާޒިރުވެގެން ކުރިއަށް ގެންދާ ގޮތަށް އަޑުއެހުމެއް ތާވަލު ކުރައްވާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox