ޖޮކޮވިޗްގެ އެނބުރި އައުން އުފާވެރި އެއް ނޫން

Apr 12, 2022, 6:59 PM
މޮންޓެ ކާލޯ މާސްޓާސްގެ ތެރެއިން ޖޮކޮވިޗް.

މޮންޓެ ކާލޯ މާސްޓާސްގެ ތެރެއިން ޖޮކޮވިޗް.

މޮނާކޯ، ފްރާންސް (އޭޕްރީލް 12) - މޮންޓެ ކާލޯ މާސްޓާސްގެ ދެ ވަނަ ބުރުން ކަޓައި، ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ސާބިއާގެ ނޮވަކް ޖޮކޮވިޗް އިތުރު ޕްރެޝަރަކަށް ވެއްޓިއްޖެ އެވެ.

މި އަހަރުގެ ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަން އަށް ދިޔައިރު، ކޮވިޑް-19 ވެކްސިން ނުޖަހައި ހުރި މައްސަލައިގައި ޖޮކޮވިޗަށް ކުރިމަތިވި ކަންތައްތައްތަކަށް ފަހު އޭނާ ވަނީ މުބާރާތުން ވަކިކޮށް، އޮސްޓްރޭލިއާ އިން ޑީޕޯޓްކޮށްލައިފަ އެވެ. އޭގެ ފަހުން ފެބްރުއަރީ މަހު ދުބާއީގައި ބޭއްވި މުބާރާތުގައި ވާދަކޮށް، ކުއާޓާ ފައިނަލުން ޖޮކޮވިޗް ކެޓީ އެވެ. ވެކްސިން މައްސަލައިގައި ޖޮކޮވިޗަށް ޖެހުނީ އެމެރިކާގައި ކުރިއަށްދިޔަ އިންޑިއަން ވެލްސް އާއި މިއާމީ އޯޕަން ވެސް ނުކުޅެ މަޑުކުރާށެވެ.

މިދިޔަ މަހު ކުރު މުއްދަތަކަށް ޖޮކޮވިޗް އަތުން ދުނިޔޭގެ ރޭންކިން އެއް ވަނަ ގެއްލުނު ނަމަވެސް އޭނާ އަށް ވަނީ އަލުން ކުރީގެ މަގާމު ލިބިފަ އެވެ. ޖޮކޮވިޗަށް އަލުން އެއް ވަނަ ލިބުނީ ރޭންކިން ކުރިއަށް އެރި ރަޝިއާގެ ޑަނީލް މެޑްވެޑޭވަށް މަގާމު ދިފާއުކުރުމުގައި ކާމިޔާބު ނުލިބުމުންނެވެ.

ޖޮކޮވިޗް، ރޭންކިން އެއް ވަނަ އަށް އަރައި، މަގާމު ދިފާއުކުރަން މޮންޓެ ކާލޯ މާސްޓާސް މުބާރާތަށް ނުކުމެ، މިއަދު މި ވަނީ ފުރަތަމަ މެޗުން ބަލިވެ، މުބާރާތުން ކަޓައިފަ އެވެ. ދެ މަސް ދުވަސް ފަހުން ވާދަވެރި ޓެނިސް މެޗަކަށް ނުކުމެ ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނީ އެވެ.

މޮންޓެ ކާލޯ މާސްޓާސްގެ ދެ ވަނަ ބުރުގައި ޖޮކޮވިޗް އަތުން މޮޅުވީ ދުނިޔޭގެ 46 ވަނައިގައި އޮތް ސްޕެއިނުގެ އަލެހަންދްރޯ ޑަވިޑޮވިޗް ފޯކީނާ، 22، އެވެ. ޖޮކޮވިޗް އަތުން ގިނަ ގޯސްތަކެއް ހެދުނު މި މެޗުގެ ސެޓުތައް ދިޔައީ 6-3 6-7 (5-7) 6-1 އިންނެވެ. މި ނާކާމިޔާބީއާ އެކު ޖޮކޮވިޗް މި ވަނީ ހަތަރު އަހަރަށް ފަހު މުބާރާތެއްގައި އޭނާ ކުޅުނު ފުރަތަމަ މެޗުން ބަލިވެފަ އެވެ. އެންމެ ފަހުން ޖޮކޮވިޗް މުބާރާތެއްގައި ކުޅުނު ފުރަތަމަ މެޗުން ބަލިވީ މީގެ ހަތަރު އަހަރު ކުރިން ބާސެލޯނާގަ އެވެ.

މީގެ ކުރިން އަލެހަންދްރޯއާ ދެކޮޅަށް ޖޮކޮވިޗް ނުކުތް ދެ ފަހަރު ވެސް ވަނީ ފަސޭހައިން މޮޅުވެފަ އެވެ. އެއީ މިދިޔަ އަހަރުގެ އޮލިމްޕިކްސް އާއި އިޓަލީގެ ރޯމް މުބާރާތުގަ އެވެ. އެކަމަކު، މި ފަހަރު ޖޮކޮވިޗަށް ގިނަ ގޯސްތަކެއް ހެދި އަހެންދްރޯ އަށް މެޗު ކާމިޔާބުކުރަން ފަސޭހަވީ އެވެ.

މި އަހަރު ފެށި ފަހުން ވާދަވެރި މުބާރާތްތަކުގައި ޖޮކޮވިޗް ކުޅެފައިވަނީ ޖުމްލަ ހަތަރު މެޗުގަ އެވެ. ޖޮކޮވިޗް ބުނީ މެޗުތަކުގައި ނުކުޅެ ހުންނަން ޖެހުމުން ހަމައެކަނި އަސަރުކުރަނީ މެޗު ފިޓްނަސް އަށް އެކަނި ނޫން ކަމަށާއި މެންޓަލީ ވެސް އުނދަގޫތަކެއް ތަހައްމަލުކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox