ވާގޮތް: ސައިބުއިމުގެ އާދަކާދަ ފެށުނު ގޮތް!

ވާގޮތް: ސައިބުއިމުގެ އާދަކާދަ ފެށުނު ގޮތް!

އިންސާނުން ކަރު ހިއްކުން ފިލުވާލައި ނިދިލުއިކޮށް، ސިކުނޑި ތާޒާ ކޮށްލަން ކުރާ އެއް ކަމަކީ ހިތްގައިމު ރަހައެއްލާ ބުއިމެއް ބޮއިލުމެވެ. ސަޔަކީ މިބޭނުންތަކަށް ބޯންފެށިތާ އެންމެ ދުވަސްވީ އެއް ބުއިމެވެ.

ފަތެއް ހިއްކައި ކުދިކޮށް، ހޫނު ފެނަށް އަޅައިގެން އުފައްދާ މި ބުއިމުގެ ރަހައަކީ އެންމެ ގިނަ ބަޔަކު އެއިން ތާޒާކަން ހޯދާ އެއް ބުއިމެވެ. ސަޔަށް ކިރާއި، އިގުރާއި ޒާތްޒާތުގެ އެތައް އެއްޗެއް އެއްކޮށްގެން މިހާރު ދުނިޔޭގައި ހާހެއްހާ ބާވަތުގެ ސައި ބޮއި އުޅެ އެވެ. އެކަމަކު އަދިވެސް އެންމެ އާންމު ދެ ބާވަތަކީ ހަމަ ޚާލިސް ކަޅުސަޔާއި އެއަށް ކިރު އަޅައިގެން ހަދާކިރު ސައެވެ. މިއީ ދިގު ތާރީޚެއް އޮތް ކަމެކެވެ.

ސައި ބުއިމުގެ އާދަ ފެށުނީ ކޮންތާކުން؟ ކިހިނެއް؟

ސައިފަތުގެ ޝައުގުވެރި މައުޟޫއަށް ދިރާސާކޮށް ފޮތެއް ލިޔުއްވި ވިލިއަމް އެއުރެޗްސް ވިދާޅުވެފައިވާ ގޮތުން އޭނާއާއި މި މައުޟޫއު ދިރާސާ ކުރި ގިނަ އެހެން ފަރާތްތަކަށް ވެސް ބުރަވެނީ ސައި ބުއިމުގެ އާދަކާދަ ފެށުނީ މިހާރު ވެސް ސައިގެ އެންމެ ބޮޑު އެކްސްޕޯޓަރެއްގެ ގޮތުގައި އޮތް ޗައިނާ ގައި ކަމަށެވެ.

އެއީ އެންމެ އާބާދީ ބޮޑު، އަދި ދިގު ތާރީޚެއް އޮތް ގައުމެވެ. ހަކުރު ވެސް ނާޅައި ކަޅު ސައި ބުއިމަކީ ޗައިނާގައި މިހާރު ވެސް އޮންނަ ކަމެކެވެ. ވިލިއަމް ލިއުއްްވާފައިވާ ގޮތުގައި މީގެ ޒަމާންތަކެއް ކުރިން ވެސް ޗައިނާގައި އޮތީ އެ އާދަކާދަ އޮތެވެ. ސައިފަތުގެ ގަސް "ކަމީލިއަން ސިނަންސިސް" އިން ފަތް ނަގައި ފުނޑައިގެން ހޫނު ފެނަށް އަޅައިގެން ބުއިމެވެ.

ވިލިއަމްގެ ފޮތް "އޯލް އެބައުޓް ޓީ" ގައި އޭނާ ލިއުއްވާފައިވާ ގޮތުގައި ޗައިނާގައި ސައި ބުއިމުގެ އާދަކާދަ ދެމިފައިވާ ތާރީޚު ދިގު ކަމުން ސަޔަށް ކިޔާ ނަން ވެސް އެކިފަހަރު މަތިން ބަދަލުވެފައި ވެ އެވެ. އެ ގޮތުން "ޗާ" ، "ޓޫ" ، "ޝުއާ" ، "ޝާ" ، "މިންގް" ފަދަ ނަންނަން ކިޔާފައި އޮތް ކަން އެނގެން އޮވެ އެވެ.

މި އާދަކާދަ ފެށުނީ ޗައިނާއިން ކަމަށް ބުނާ ބުނުމަށް އެންމެ ބޮޑު ބާރެއް ލިބެނީ ހާން ދަރިފަސްކޮޅުގެ ވެރިކަމުގައި ލިޔެފައި އޮތް ލިޔުމަކުންނެވެ.

އެއީ ޗައިނާގެ ސީޗުއާން ޕްރޮވިންސްގެ ވެރިރަށް ޝެންގްޑޫއަށް ޝުޗްވަން ޕްރޮވިންސްގެ ވޫ ޔާން ނަމަކަށް ކިޔާ ޓައުނަކުން ސައިފަތް ގެނައުމުގެ މަސައްކަތަށް މީހަކު ހަމަޖެއްސުމާ ބެހޭ ކޮންޓްރެކްޓް އެކެވެ. އޭގައި އޮންނަ ގޮތުން ވު ޔާން ޓައުނަކީ އޭރު ޗައިނާގެ ސައިފަތުގެ ބާޒާރުގެ މަރުކަޒީ އަވަށެވެ. ސައިފަތް މިހާރު ވެސް އެންމެ ގިނައިން ފެންނަން އޮތް އަވަށަކީ އެއީ އެވެ.

ސައިފަތް ފުރަތަމަ ބޭނުންކުރީ ކުރިން ފަރުވާއެއްގެ ގޮތުގަ އެވެ. ސައިފަތުން ކަޅު ސައި ހެދުމުގެ ވިސްނުމުގެ ގިނަ ލިޔުންތަކެއް ފެންނަނީ ޔޫ ނަމަކަށް ކިޔާ މީހަކު ލިޔެފައި އޮތް ލިޔުންތަތަކުންނެވެ.

އޭނާ ލިޔެފައިވާ ގޮތުގައި އެއީ ޗައިނާގެ ރަސްކަލެއްކަމަށްވާ ޝެނޯން ފެށްޓެވި ކަމެކެވެ. އެކި އެކި ގަސްތަކުގެ ފަތްތަކުން ކުރާ އަސަރު އޭނާ އޭރު ދިރާސާ ކުރަައްވަމުން ގެންދެވި އެވެ.

ސައިފަތުގެ ރަހަ ވެސް އޭނާއަށް އެނގުނީ އެފަދަ ގޮތަކަށް ކަމަށް ވެ އެވެ. އެއް ދުވަހަކު، ރޯގާ ޖެހިގެން ފެން ހޫނު ކުރެއްވީ އެވެ. ފެން ހޫނު ކޮށްގެން ބުއިމަކީ ރޯގާއަށް ރަނގަޅު ފަރުވާއެއް ކަން ޗައިނާގައި އޭރު އުޅުނު ބޭސްވެރިންނަށް ވެސް އެނގިފައިވެ އެވެ. އެކަމުގައި އުޅުއްވަނިކޮށް ކައިރީ ހުރި ސައިފަތްތައް ފެން އެއްޗަށް އެޅުނީ އެވެ. އެއީ ހެޔޮ ރަހުމަތެއް ކަމުގައި ބައްލަވައި ޝެނޯން އެ ފެން ހިއްޕެވީ އެވެ.

ޝެނޯންގެ ޗައިނާގެ އަހުލުވެރިންނަށް ވިސްނައިދެއްވީ އެ ގޮތަށް ކަޅު ސައި ހަދައިގެން ބުއިމުން ސިކުނޑިގެ ތާޒާވާ ކަމާއި، ނިންޖަށް ލުއިކަމެއް ލިބޭ ކަމާއި، ބެލުންތައް ވެސް ސާފުކޮށް ފެންނަން ފަށާ ކަމަށެވެ. އެއާ އެކު ޗައިނާގެ އެކި އަވަށްތަކުގައި މި އާދަ ފެށުނީ އެވެ.

ސަޔަށް ކިރު އަޅައިގެން ބޯން ފެށީ ކޮން ބަޔެއް؟ ކިހިނެއް؟

ކަޅު ސައި ބުއިމުގެ އާދަ ފެށުނީ ޗައިނާ އިން ކަމަށް އެ ތާރީހު ދިރާސާ ކުރި ގިނަ ބަޔަކަށް ބުރަ ވެވުނު ނަމަވެސް ސަޔަށް ކިރު އަޅައިގެން ބޯން ފެށި ބަޔަކާއި ފެށުނު ގޮތަކާ މެދު ހިޔާލު ތަފާތުވުން ވަރަށް ބޮޑެވެ.

ހާލިން ހޯއާއި ވިކްޓަ މެއާގެ "ދަ ޓްރޫ ހިސްޓްރީ އޮފް ޓީ" ނަމަކަށް ކިޔާ ފޮތުގައިވާ ގޮތުން ސަޔަށް ކިރުއަޅައިގެން އެންމެ ފުރަތަމަ ބޯން ފެށީ ޗައިނާއާ އިންވެގެން އޮންނަ މޮންގޯލިއާ މީހުންނެވެ.

އެ ފޮތުގައި އޮތް ގޮތުން ވެސް މޮންގޯލިއާއަށް ކަޅު ސައި ތައާރަފްވީ ޗައިނާ އިންނެވެ. މޮންގޯލިއާ މީހުންނަކީ ކިރުގެ ބުއިންތަކަށް ޝައުގު ހުންނަ ބައެކެވެ. ބުނެވޭ ގޮތުގައި ކިރުސައި އެންމެ ފުރަތަމަ ގިރުއްވީ މޮންގޯލިއާގެ ޑޮކްޓަރެއް ކަމަށްވާ ޔިން ޝަން އެވެ. އެއީ އެނާ ކަޅުސައި ގިރަން އުޅުމުގެ ތެރޭގައި އާ ހިޔާލަކުން ކުރެއްވި ކަމެކެވެ. އެއީ 13 ވަނަ ގަރުނުގެ ތެރޭގަ އެވެ. ގެރީގެ ކިރާއި، ފުށާއި، މޮންގޯލިއާގެ ބަޓަރު އަޅައިގެން ވެސް ސައި ގިރަން ފެށީ އެވެ.

މިހާރު ވެސް އެކި ޒާތުގެ ކިރާއި ބަޓަރު އަޅައިގެން ގިރާ ސައިގެ ވައްތަރުތައް ހުރެ އެވެ. ސައި މިހާރު ވެފައި ވަނީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ މީހުން ގަނެ ބޭނުން ކުރާ ބުއިމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް ކޮންޕެޓިޝަނަށް ރާއްޖެ

2026 ވަނަ އަހަރު ކޮރެއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސްކޫލްތަކުގެ 10 ދަރިވަރުންގެ ޓީމެއް ދަނީ ތައްޔާރުވަމުންނެވެ. ވުމަން އިން ޓެކް އާއި ފޯރލޫޕް އެކަޑަމީގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ހަރަކާތަށް އެމް.ޑަބްލިއު.އެސް.ސީ އާއި އިތުރު ކުންފުނިތަކުން ވަނީ ސްޕޮންސަރާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޗައިނާގެ އޭއައި އިން ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާ ގޮތް ބުނެދީފި

ޗައިނާގެ މޫންޝޮޓް ކުންފުނީގެ "ކިމީ" އޭއައި މޮޑެލްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފޫއަޅުވާލައި، ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާނެ ގޮތުގެ މައުލޫމާތު ހޯދޭކަން ދިރާސާއަކުން ވަނީ ހާމަވެފައެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނިން މިހާރު ތަހުގީގު ފަށާފައިވާއިރު، މިއީ އޭއައި ނިޒާމުތަކުގެ ރައްކާތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަން ގޫގުލްގެ ސެޓެލައިޓް

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ ދިރާސާއަކަށް ގޫގުލްގެ "ޕްރޮޖެކްޓް ސަންކެޗާ" ގެ ދަށުން ޕްރޮޓޯޓައިޕް ސެޓެލައިޓެއް އަންނަ ހަފުތާގައި ޖައްވަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ. މި މިޝަންގެ މައިގަނޑު ބޭނުމަކީ ޖައްވުގެ ރޭޑިއޭޝަނާއި ގަދަ ހޫނުގައި ގޫގުލްގެ އޭއައި ޗިޕްތައް މަސައްކަތްކުރާ މިންވަރު ބަލައި، އިރުގެ ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ޑޭޓާ ސެންޓަރުތައް ހިންގިދާނެތޯ ދެނެގަތުމެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox