ސަސް އާއި ޔުނައިޓެޑް ވިކްޓްރީ މި ފަހަރު ވެސް އެއްވަރު

Apr 9, 2022, 6:53 PM
ސަސް އާއި ޔުނައިޓެޑް ވިކްޓްރީ މި ފަހަރު ވެސް އެއްވަރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ކުޅުނު މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.

ލީގުގެ ފުރަތަމަ ބުރުގައި ސަސް އާއި ޔުނައިޓެޑް ވިކްޓްރީގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މިރޭގެ މެޗު އެއްވަރުވުމުން ކިރިޔާ ވެސް ފަރުޖައްސާލެވޭނެ ޓީމަކީ ޔުނައިޓެޑް ވިކްޓްރީ އެވެ. އެ ޓީމަށް މޮޅުވެގެން ހަތަރު ވަނަ އަށް އެރުމުގެ ފުރުސަތު އޮތް ނަމަވެސް ބަލިނުވެ ސަލާމަތްވުމުން ވަނީ ފަސް ވަނަ މި ވަގުތަށް ދިފާއުކުރެވިފަ އެވެ.

ހަތަރެއްގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް އަށް މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި ޔުނައިޓެޑް ވިކްޓްރީ އޮތީ އަށް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ސަސް، ހަ ވަނައިގައި އޮތީ އަށް މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ.

ފުރަތަމަ އެގާރަ އަށް ބަލާއިރު، ޔުނައިޓެޑް ވިކްޓްރީން ވަނީ އަނިޔާ އަށް ފަހު އެނބުރި އައި އަލީ ޝަމާލް އަބްދުﷲ ހިމަނައިފަ އެވެ. އެކަމަކު، އަދިވެސް ޔުނައިޓެޑް ވިކްޓްރީގެ އެއް ވަނަ ކީޕަރު ނާޖިހު އަލީ (ނާޖީ) އަނިޔާގައި ހުރުުމުން، މި މެޗުގައި ވެސް އެ ޓީމުގެ ގޯލު ބެލެހެއްޓީ އަހުމަދު އަނަފް ޒަރިޔަންދު އެވެ. ސަސްގެ ފުރަތަމަ އެގާރައިގައި ވަނީ ފުރަތަމަ ބުުރުގެ ފަހު މެޗުތަކުގައި އަނިޔާގެ ސަބަބުން ނުފެނުނު، މުހައްމަދު އައްޒާމް ހިމަނައިފަ އެވެ.

މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ ޔުނައިޓެޑް ވިކްޓްރީންނެވެ. ތިން ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން އަލީ ހަމްދާން (އައްޔަ) އޭރިއާބޭރުން ޖެހި ބޯޅަ ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ.

ސަސް އަށް ލީޑުނަގައިދޭން މެޗުގެ 13 ވަނަ މިނިޓްގައި އަލީ ނަސޫހު ރަޝީދު (ޕިލާ) އަށް ހުސް ފުރުސަތެއް ލިބުނެވެ. ޔަސްފާދު ހަބީބު (މުލަކޭ) ހުސްކޮށްލާފައި ނެގި ބޯޅަ އޭރިއާތެރޭގައި ހުރެފައި ޕިލާ ވޮލީއަކުން ފޮނުވާލިއިރު، ދިޔައީ ހުރަސްދަނޑިމަތިންނެވެ. މެޗުގެ 25 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ ޑިފެންޑަރުން ހެދި ގޯހެއްގެ ފައިދާނަގައި ޕިލާ އަށް އޭރިއާތެެރެއިން ލިބުނު ބޯޅައެއް ގޯލަށް ފޮނުވާލުމުން ކީޕަރު އަނަފް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 37 ވަނަ މިނިޓްގައި ކައުންޓަ އެޓޭކުގައި ސަސްގެ މުހައްމަދު ސަހާއު (ބޭލް) ވެސް ރަނގަޅު ހަމަލާއެއް އުފެއްދި އެވެ. އޭރިއާތެރެއިން، ސަހާއު ގޯލުގެ ކައިރީ ކަނަށް ފޮނުވާލަން ޖެހި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑެށެވެ.

ސަސް އިން ވަނީ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 10 މިނިޓް ވެސް ނުވަނިސް އަޔާޒް އަހުމަދު (އަޔާ) ކުޅެން އަރުވައިފަ އެވެ. މިއީ ސަސް ޖޯޒީގައި ލީގުގައި އަޔާގެ ފުރަތަމަ މެޗެވެ.

މެޗުގެ 57 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ ބެލަރޫސް ފޯވާޑް، އިވާން ވެރާސް އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އޭރިއާތެެރެއަށް ހުރަސްވި ބޯޅައެއްގައި، ކީޕަރު ޝަފީއު އާއި ޔުނައިޓެޑް ވިކްޓްރީގެ ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް (ޓޯނީ) އެރި ބޯޅައެއްގައި ކީޕަރު ޝަފީއު އަތުގައި ޖެހިފައި ލިބުނީ އިވާން އަށެެވެ. އިވާން ޖެހި ބޯޅަ ކީޕަރު ޝަފީއު ވަނީ މަތަކޮށްފަ އެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި ހާފުގައި ދެ ކޮޅަށް ވެސް ގޯލު ޖަހަން ފުރުސަތުތައް ދިޔައީ ލިބެމުންނެވެ. މެޗުގެ 66 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ މޫސާ އަޒީމް ހަސަން ނެގި ހުރަހެއް ދިފާއުކުރަން ސަސްގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) ޖައްސާލި ބޯޅަ މިސްރާބު ބަދަލުވެ، ދިޔައީ އެ ޓީމުގެ ގޯލު ދަނޑިކައިރިން ކިރިޔާ ބޭރުންނެވެ.

މެޗުގެ 84 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ އޭރިއާ ރޮނގުކައިރިން ލިބުނު ހިލޭ ޖެހުމަކުން ބެންޖޯ ފޮނުވާލި ބޯޅަ އަމާޒުވީ ޔުނައިޓެޑް ވިކްޓްރީން އަތުރާލި ދިފާއީ ފާރަށެވެ. މެޗުގެ ފަހު ކޮޅުގައި ޔުނައިޓެޑް ވިކްޓްރީން ވަނީ މެޗުގެ ރެފްރީ ރައޫފް ރައީފްގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އިތުުރު ވަގުތަށް ތިން މިނިޓް ދެއްކުމަށް ފަހު މާ އަވަހަށް ނިންމާލުމުން ދެ ޓީމުގެ ބެންޗުން ވެސް ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް ބުރުން ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވެ ފޯމު ދަމަހައްޓައިފިއެވެ. މި މޮޅާއެކު ބުރު ލީގު ތާވަލުގެ ހަތްވަނައަށް ޖެހިލާފައިވާއިރު، މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ.

ޓާފް އާ ކުރުމަކީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ބޭނުންތެރިކަމެއް

މާފަންނު ޓާފް އެއް ނަމްބަރު ދަނޑުގެ ޕިޗު 12 އަހަރަށް ފަހު އާކޮށް ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވެއްޖެއެވެ. މި މަސައްކަތަކީ ދަނޑު ހަލާކުވުމުގެ ސަބަބުން ކުޅުންތެރިންނަށް ދިމާވާ އަނިޔާގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސްޕޯޓްސް މިނިސްޓްރީއާއި އެފްއޭއެމް ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މެންޗެސްޓާ ޔުނައިޓެޑް ރެލިގޭޝަން ޒޯނުން ގުޑައެއް ނުލި

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އަތުން 4-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 19 ވަނައިގައި އޮވެ ރެލިގޭޝަންގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިއްޖެ. މިއީ އާ ކޯޗު ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ތިންވަނަ މެޗު ނަމަވެސް، އަދިވެސް ޓީމަށް މޮޅެއް ނުލިބި ރެކޯޑް ދަށް ނަތީޖާތަކެއް ދަނީ ފެންނަމުން

ބިސް ބުރު އަތުން މޮޅުވެ ނިއު ރޭޑިއަންޓް ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް އަތުން 4-1 އިން މޮޅުވެ، ނިއު ރޭޑިއަންޓް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު ނިއު އާއި އޮޑި ސްޕޯޓްސް ކްލަބަށް 14 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު ވަނީ ފަސް ވަނަ އަށް ވެއްޓިފައި.

ޓާގެޓްތައް މެޗުން މެޗަށް، ބުރަށް ޓީސީގެ ކުރިމަތިލުން މުހިންމު

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބުން މެޗުން މެޗަށް ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން ކުރިއަށްދާއިރު، ކުރިއަށް އޮތް ޓީސީ މެޗަކީ ތިން ޕޮއިންޓް ހޯދަން ވަރަށް މުހިންމު މެޗެއް ކަމަށް އެ ޓީމުގެ ކޯޗު ބުނެފިއެވެ. އީގަލްސް އަތުން ލިބުނު މޮޅުގެ ރޫހުގައި، ކުޅުންތެރިންގެ ރިކަވަރީއަށް އިސްކަންދީގެން ޓީސީގެ ކުޅުމަށް ބަލައި ރަނގަޅު ބެލެންސެއް ހޯދުމަށް ބުރުން އަންނަނީ ތައްޔާރުވަމުންނެވެ.

ފޮރެސްޓް އަތްދަށުވެ ޗެލްސީގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 3-2 އިން ބަލިވެ، ޗެލްސީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި. މި މޮޅާއެކު ފޮރެސްޓް ތާވަލުގެ 14 ވަނައަށް ޖެހިލިއިރު، މިއީ 1997 ވަނަ އަހަރަށް ފަހު އަމިއްލަ ދަނޑުގައި ޗެލްސީގެ މައްޗަށް އެ ޓީމުން ކުރިހޯދި ފުރަތަމަ ފަހަރު.

ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ކެރޭނެ ކަމަށް ޕޮޗެޓީނޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު ބަދަލުކުރުމަށްޓަކައި ކޮންމެ ފިޔަވަޅެއް އަޅަންވެސް ތައްޔާރަށް ހުރި ކަމަށް އެ ޓީމުގެ އާ ކޯޗު ޕޮޗެޓީނޯ ބުނެފި. ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ދެ މެޗުން މޮޅެއް ނުލިބި ލީގުގެ 19 ވަނައިގައި ޔުނައިޓެޑް އޮތްއިރު، އޭނާ ގަބޫލުކުރާ ގޮތުގައި ޓީމުގެ ނަތީޖާތައް ރަނގަޅު ކުރެވޭނެ ވަރަށް މަސައްކަތް ކުރެވޭނެ

Newsletter

Get the latest news delivered straight to your inbox