ޒިޔާދު ބާގިރުގެ މައްސަލައިގެ އިސްތިއުނާފު މާދަމާ ހައި ކޯޓުގައި ފަށަނީ

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު: ކްރިމިނަލް ކޯޓުން ކަނޑައެޅީ ކުށް ސާބިތުނުވާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު: ކްރިމިނަލް ކޯޓުން ކަނޑައެޅީ ކުށް ސާބިތުނުވާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޒަމާނީ އިސްލާމިކް ސެންޓަރެއް އެޅުމުގެ ޕްރޮޖެކްޓު ހަވާލު ކުރުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ ކުރީގެ އިސްލާމިކް މިނިސްޓަރު. ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ކުރި ޖިނާއީ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ މާދަމާ ފަށަން ނިންމައިފި އެވެ.

ޒިޔާދުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ދަށު ކޯޓުގައި ސާބިތު ނުވުމުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލަ ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 9:45 އަށެވެ.

އޭނާގެ މައްޗަށް ދައުވާ ކުރީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސް.ޖޭ ކޮންސްޓްރަކްޝަން އިން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުންވާ ގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާ ކަމަށް ބުނެ އެވެ.

ޒިޔާދުގެ މައްޗަށް ދައުވާ ކުރީ ކީއްވެ؟

ޖުމްލަ އަގު 130 މިލިއަން ރުފިޔާއަށް އަރާ އެ ޕްރޮޖެކްޓު އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކުރީ އޯޕަން ބިޑިން މަރުހަލާއެއް ނެތި ސަރުކާރުން ޕްރޮޖެކްޓް އެވޯޑު ކުރާ ގޮތަށެވެ. ޖުމްލަ ތިން ބިޑުގެ ތެރެއިން އެސްޖޭއަށް މަސައްކަތް އެވޯޑް ކުރުމަށް ފެންނަ ކަމަށް ފިނޭންސް މިނިސްޓްރީން އޮތީ ބުނެފަ އެވެ. އަދި، އެ މިނިސްޓްރީގެ އެންގުމާ އެއްގޮތަށް ކުރިއަށް ދިޔުމަށް ރައީސް އޮފީހުން އޮތީ އިސްލާމިކް މިނިސްޓްރީއަށް އަންގައިފަ އެވެ.

އެ މަސައްކަތް އެވޯޑު ކުރުމުގައި ސަރުކާރުގެ ވިސްނުން ހުރީ އިމާރާތް ކުރާ ފަރާތަށް އިމާރާތުގެ ތިން ބުރި އަދި ސަރުކާރަށް ހަތް ބުރި ނެގުމަށެވެ. ނަމަވެސް، ޖުލައި 2018، ގައި ދެފަރާތުން އެއްބަސްވުމުގައި ސޮއިކުރިއިރު އޮތީ، އެސްޖޭއަށް އިމާރާތުން ހަތަރު ބުރި އަދި ސަރުކާރަށް ހަ ބުރި ލިބޭ ގޮތަށެވެ. އެއީ ޒިޔާދުގެ މައްޗަށް ދައުވާ އުފުލި މައިގަނޑު ސަބަބެވެ.

އޭގެ އިތުރުން، އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ އެސްޖޭއަށް އިސްލާމިކް މިނިސްޓްރީން ދިން ނަމަވެސް އިސްލާމިކް ސެންޓަރުގެ މަސައްކަތް ކުރިއަށް ގޮސްފައިނުވުމަކީ ވެސް ޒިޔާދުގެ މައްޗަށް ދައުވާ އުފުލި ސަބަބެކެވެ.

ޝަރީއަތުގެ އަޑުއެހުންތަކަށް ކަޅިއެއް

މި މައްސަލައިގައި ޒިޔާދުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ބުނެފައި ވަނީ އޭނާ އެއްބަސްވުމުގައި ސޮއިކުރިއިރު އެސްޖޭއަށް އިމާރާތުން ހަތަރު ބުރި އަދި ސަރުކާރަށް ހަ ބުރި ލިބޭ ގޮތަށް އެގްރިމެންޓުގައި ލިޔެފައި އޮތީ އޮޅުމަކުން ކަމަށެވެ. އަދި، އޮޅުން އިސްލާހު ކުރުމަށް މިނިސްޓްރީ މެދުވެރިކޮށް މަސައްކަތްކޮށްފައިވާނެ ކަމަށް ވެސް ޒިޔާދު ވިދާޅުވެފައިވެ އެވެ.

އެގްރިމެންޓުގައި އޮތް ކުށް އިސްލާހު ކުރުމަށްޓަކައި އެސްޖޭ ކޮންސްޓްރަކްޝަން އެ މިނިސްޓްރީއަށް ހާޒިރުވުމަށް އެންގި ކަމަށް ޑރ. ޒިޔާދު އޮތީ ޝަރީއަތުގައި ވިދާޅުވެފަ އެވެ. އަދި، އެ އީމެއިލް ފޮނުވި މުވައްޒަފު ވެސް ކޯޓަށް ހާޒިރުވެ އެ މައްސަލައިގައި ވަނީ ހެކިބަސް ދީފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެސްޖޭއަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދިން މައްސަލައިގައި ޒިޔާދުގެ ފަރާތުން ވިދާޅުވެފައި ވަނީ އެ ފައިސާ އިމާރާތް ކުރަން ހަވާލު ކުރި ކުންފުންޏަށް ދޫކުރީ އެގްރިމެންޓުގެ ދަށުން އެ ފައިސާ ދޫކުރަންޖެހޭތީ ކަމަށެވެ.

އެ ނުކުތާގައި ކޯޓުން ނިންމީ އެ 30 މިލިއަން ރުފިޔާއަކީ ޖާއިޒު ނޫން ގޮތެއްގައި ދިން ފައިސާއެއްކަން އެނގެން ނެތް ކަމަށެވެ. އަދި އެއީ އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ވެސް އޮތް ފައިސާއެއް ކަމަށާއި އެއީ އެންމެ ރަނގަޅު ޕްރޮޕޯސަލްކަން ފައިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށް ވެސް ގާޒީ ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox