ފައިނޭންޝިއަލް ފެއާޕްލޭގެ އާ ގަވާއިދާ މެދު ހިޔާލު ދެކަފި

Apr 9, 2022, 6:19 AM
ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން.-- ފޮޓޯ: އޭއެފްޕީ

ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން.-- ފޮޓޯ: އޭއެފްޕީ

ނިޔޯން، ސްވިޒަލެންޑް (އޭޕްރީލް 8) - ފުޓްބޯޅަ ކްލަބްތަކުގެ ހަރަދުކުރުމުގެ ކަންކަން އުސޫލެއްގެ ތެރެއިން ކުރިއަށް ގެންދިއުމުގެ ބޭނުުމުގައި އަމަލުކުރަން ފެށި، ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) އަށް ގެންނަން ނިންމި ބަދަލުތަކާ މެދު ކްލަބްތަކުގެ ވިސްނުން ދެކަފިވެފައިވާކަން ހާމަވެއްޖެ އެވެ.

ޔުއެފާ އިން 2010 ވަނަ އަހަރު ގެނައި އެފްއެފްޕީ ގަވާއިދަށް އަމަލުކުރުމުގައި ގިނަ ކްލަބްތަކުން ވަނީ އެ ގަވާއިދުތަކުގައި ހުރި ދެކޮޅު ނުޖެހޭ ކަންކަން ބަދަލުކުރަން ޖެހޭ ކަމަށް ގޮވާލައިފަ އެވެ. މިހާތަނަށް އައިއިރު، އެ ކަމަށް އެކަށީގެންވާ ކުރިއެެރުމެއް ލިބިފައި ނެތް ކަމުގައި ވިޔަސް، ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި އެކަން ބަދަލުވެދާނެ ކަމުގެ ކޮޅުމަތި މިހާރު ވަނީ ފެންނަން ފަށައިފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ވަނީ އެފްއެފްޕީ އަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ބައެއް ކަންކަން މީޑިއާ އަށް ހިއްސާކޮށްފަ އެވެ.

އެ ގޮތުން މީގެ ކުރިން އެފްއެފްޕީގެ ގަވާއިދުގައިވާ ގޮތުން ކްލަބެއްގެ ސާފު ދަރަނި، ފާއިތުވި ތިން ސީޒަނަށް ބަލާއިރު، 32 މިލިއަން ޑޮލަރުގައި ހުރެފިނަމަ ވެސް ކުޅުންތެރިންނަށް ހަރަދުކުރެވޭނެ އެވެ. އާ ގަވާއިދުގައިވާ ގޮތުން ތިން ސީޒަނުގެ ދަރަނި 65.5 މިލިއަން ޑޮލަރުގައި ހުއްޓަސް ހަރަދުކުރެވޭނެ އެވެ. މީގެ އިތުރުން ކްލަބެއްގެ މާލީ ހާލަތު ރަނގަޅުނަމަ (އާމްދަނީ ގިނައިން ލިބޭނަމަ) 97 މިލިއަން ޑޮލަރުގެ ދަރަންޏަކާ އެކު ވެސް ހަރަދުކުރެވޭނެ އެވެ.

މިއީ، މަހުޖަނު ކްލަބްތައް ނޫނީ ކުޅުންތެރިން ގަންނަން ކޮންމެ އަހަރަކު ބޮޑު ހޭދައެއްކުރާ ކްލަބްތަކަށް ހުޅުވައިދިން "އާ ދޮރެއް" ކަަމަށް ޔޫރަޕްގެ ބައެއް ކްލަބްތަކުން ތުހުމަތުކުރެ އެވެ.

ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން ވިދާޅުވީ އެފްއެފްޕީ އަށް ގެނެވޭ ބަދަލުތަކާ އެކު ކަންކަން އޮންނަ އުސޫލަށް ފައްތަން ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ގިނަ ކްލަބްތަކުން ދަރަންޏާ އެކު ވެސް ޓީމު ރަނގަޅުކުރަން ބޭނުންވާނަމަ ކްލަބްގެ މާލީ ހާލަތު ޖުމްލަކޮށް ރަނގަޅުނަަމަ އެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ޗެފެރިން ގަބޫލުކުރައްވަ އެވެ.

އެފްއެފްޕީ އަށް ގެނައި ބަދަލުތަކުގެ ތެރެއިން ގިނަ ކްލަބްތަކަށް ކަމުދަނީ ހަރަދުކުރުމުގެ ވައްޓަފާޅި ބަދަލުކުރަން އިން މާންދާ އެވެ.

އެ ގޮތުން 2025/2026 ވަނަ ސީޒަނުން ފެށިގެން އެއްވެސް ކްލަބަކަށް ކްލަބްގެ އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ 70 ޕަސެންޓަށް ވުރެ އިތުރަށް ޓްރާންސްފާ ބާޒާރުގައި ހަރަދެއް ނުކުރެވޭނެ އެވެ. އޭގެ ކުރިން މި އުސޫލަށް ފަރިތަކުރުވުމުގެ ގޮތުން ވެސް ވަނީ ގައިޑްލައިނެއް ހަދައިފަ އެވެ. އެ ގޮތުން 2023/2024 ވަނަ ސީޒަނުގައި ކްލަބްތަކުގެ އާމްދަނީ އަށް ލިބޭ އަދަދުގެ 90 ޕަސެންޓަށް ވުރެ އިތުރަށް ޓްރާންސްފާ ބާޒާރުގައި ހަރަދެއް ނުކުރެވޭނެ އެވެ. އަދި ގަވާއިދުގައި ހިމެނޭ 70 ޕަސެންޓް އުސޫލާ އެއްގޮތަށް އަމަލުކުރަން ފަށާނީ 2025/2026 ވަނަ އަހަރު އެވެ. މިއީ ކުޅުންތެރިން ގަނެ ވިއްކުމުގެ ބާޒާރަށް ބޮޑު ބަދަލެއް އަތުވެދާނެ ފަދަ މާއްދާ އެކެވެ.

ޓްރާންސްފާގައި ބާޒާރުގައި މިހާރު ގިނަ ކުޅުންތެރިން ވިއްކާލަން ކިޔާ އަގު 100 މިލިއަން ޑޮލަރަށް ވުރެ މަތީގައި އުޅޭއިރު، އެފްއެފްޕީގެ މި އާ ގަވާއިދުގެ ސަަބަބުން އެ ގޮތަށް ކިޔާ ޓްރާންސްފާ ފީތައް ވެސް ޖުމްލަކޮށް ކުރިއަށް އޮތްތަނުގައި ކުޑަވާނެ އެވެ.

އެފްއެފްޕީއާ ހިލާފުވެއްޖެނަމަ މީގެ ކުރިން ދެމުން އަންނަ އަދަބުތަކުގެ ބަދަލުގައި އާ ކަންތައްތަކެއް ކުރަން ޔުއެފާ އިން ވަނީ ނިންމައިފަ އެވެ. އެ ގޮތުން މީގެކުރިން އެފްއެފްޕީއާ ހިލާފުވެއްޖެނަމަ ޓީމުތަކަށް ދެނީ ޓްރާންސްފާ ނުކުރެވޭ ގޮތަށް ސަސްޕެންޝަނެއްގެ އިތުރުން ޔޫރަޕްގެ މުބާރާތްތަކުގައި ރަޖިސްޓްރީ ކުރެވޭ ކުޅުންތެރިންގެ އަދަދު މަދުކުރަނީ އެވެ. މުބާރާތްތަކުން ވަކިކުރަން އުސޫލުގައި އޮތް ނަމަވެސް ފާހަގަކޮށްލެވޭ ވަރުގެ އެ ފަދަ ފިޔަވަޅެއް އަދި އަޅާފައެއް ނެތެވެ.

މި ފަހަރު މަޝްވަރާ ކުރަމުން އަންނަ އަދަބުތަކުގެ ތެރޭގައި، އެފްއެފްޕީއާ ހިލާފުވާ ކްލަބްތަކަށް ޑީމޯޝަނެއް ދިނުމުގެ ވިސްނުން އެބައޮތެވެ. މިސާލަކަށް ޗެމްޕިއަންސް ލީގުގައި އޮތް ޓީމެއް އެފްއެފްޕީ އުސޫލާ ހިލާފުވެއްޖެނަމަ އޮންނަ ރޫޓަކުން ޔޫރޮޕާ ލީގަށް ޑީމޯޓްކުރުމެވެ. ޔޫރޮޕާ ލީގުގައި އޮންނަ ޓީމެއް އެފްއެފްޕީއާ ހިލާފުވެއްޖެނަމަ ޔުއެފާ ކޮންފަރެންސް ލީގަށް އެ ޓީމެއް ޑީމޯޓްކުރުމެވެ. މި ގޮތަށް ހަދަން ޔުއެފާގެ ކޮމްޕެޓިޝަން ކޮމިޓީގެ ލަފަޔަކަށް ވަނީ އެދިފަ އެވެ.

ތަކުރާރުކޮށް އެފްއެފްޕީއާ ހިލާފުވާނަމަ އެ ކްލަބަކަށް ދޭ އަދަބު ބޮޑުވާނެ އެވެ.

ގިނަ ކްލަބްތަކުން ދެކޭގޮތުގައި އެފްއެފްޕީ ވުޖޫދުވިތާ 15 އަހަރު ފަހުން އެ ގަވާއިދު ގެނައި އަސްލު މާނައިގައި ކަންކަން ކުރެވޭ ގޮތަށް އުސޫލުތައް ބަދަލުވާ ގޮތް މެދުވެރިވުމަކީ ހިތްހަމަޖެހުމެކެވެ. އެކަމަކު، އާ ގަވާއިދުގައި ވެސް މަހުޖަނު ކްލަބްތައް ރުހޭގޮތަށް ބައެއް މާއްދާތަށް އޮތުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ދެކޭ ކްލަބްތައް ވެސް ގިނަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox