ފެންވަރު ރަނގަޅު ޓޫލްސް އާއި ހާޑްވެއާ ވިއްކާ ވެލިގާ ހާޑްވެއާގެ އަހަރީ ޕްރޮމޯޝަން ބޮޑެތި ޑިސްކައުންޓްތަކާއެކު ކުރިއަށް އެބަދެ އެވެ.
ވެލިގާ އިން މައުލޫމާތު ދޭ ގޮތުގައި އިއްޔެ އިން ފެށިގެން މި މަހުގެ 12 އާ ހަމައަށް މި ޕްރޮމޯޝަން ކުރިއަށްދާނެ އެވެ. އެގޮތުން، ވެލިގާ.ކޮމް މެދުވެރިކޮށް ވިޔަފާރި ކުރާ މީހުންނަށް 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ވެލިގާ އިން ބުނެ އެވެ.
ވެލިގާ އަހަރީ ޕްރޮމޯޝަންގައި މިފަހަރު ބައިވެރިވެވޭނީ ހަމައެކަނި ވެލިގާގެ އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ ވެލިގާ.ކޮމް މެދުވެރިކޮށް އެއްޗެހި ގަންނަ މީހުންނަށެވެ.
ވެލިގާ.ކޮމް އިން 10،000 އަށް ވުރެ ގިނަ ހާޑްވެއާ އައިޓަމް އޮންލައިންކޮށް ގަނެވޭނެ އެވެ. މި ހުރިހާ އައިޓަމެއް ވެސް އެ ދުވަހު ނޫނީ ޖެހިގެން އަންނަ ދުވަހު މާލެ ސަރަހައްދުގައި ޑެލިވަރީކޮށްދޭނެ އެވެ. އަތޮޅުތެރޭގެ ކަސްޓަމަރުންގެ އައިޓަމްތައް ބޯޓާ ހަަމައަށް ޑެލިވަރީކޮށްދޭނެ އެވެ.
މި ވެބްސައިޓުގެ ހާއްސަ ފީޗާއެއްގެ ގޮތުގައި ފާހަގަކުރެވެނީ ހާޑްވެއާ އައިޓަމްތަކަށް ދިވެހިން ކިޔާ ނަން ލެޓިން (އިނގިރޭސީ) އަކުރުން ލިޔުނު ނަމަވެސް ސާޗު ކުރެވުމެވެ. މިސާލަކަށް "ނެއިލްސް" ގެ ބަދަލުގައި މޮހޮރު ޖެހުމުން ސާޗު ކުރެވޭނެ އެވެ. ނޫނީ "ހެމާ" ގެ ބަދަލުގައި މަރުތެޔޮ ޖެހިޔަސް ސާޗު ކުރެވޭނެ އެވެ.
ވެލިގާ އިން ބުނި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށް ދާނީ މިހާތަަނަށް ރާއްޖޭގައި ތަރައްގީ ކުރެވުނު އެންމެ ފުރިހަމަ ހާޑްވެއާ ސާމާނު ލިބޭ ވެބްސައިޓުގަ އެވެ.











