އިލެކްޓްރޯނިކް މުއާމަލާތުގެ ބިލުގައި ބޭންކިން މުއާމަލާތްތައް ހިމަނާ ގޮތަށް އިސްލާހުކޮށްފި

ބެންކު އޮފް މޯލްޑިވްސްގެ އޭޓީއޭމެއް ބޭނުންކުރުމަށްފަހު މީހަކު ނުކުންނަނީ. ބޭންކިން ދާއިރާއަކީ އެންމެ ގިނަ އިލެކްޓްރޯނިކް މުއާމަލާތް ކުރާ އެއް ދާއިރާ --- ފޮޓޯ: އަދަދު ފައިލް

ބެންކު އޮފް މޯލްޑިވްސްގެ އޭޓީއޭމެއް ބޭނުންކުރުމަށްފަހު މީހަކު ނުކުންނަނީ. ބޭންކިން ދާއިރާއަކީ އެންމެ ގިނަ އިލެކްޓްރޯނިކް މުއާމަލާތް ކުރާ އެއް ދާއިރާ --- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ބިލުގައި ބޭންކިން މުއާމަލާތްތައް އިސްތިސްނާ ކޮށްފައި އޮންނަ މާއްދާ އުނިކޮށް އެ މުއާމަލާތްތަކަށް ވެސް ގާނޫނު ހިނގަން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ފާސްކޮށްފި އެވެ.

އިލެކްޓްރޯނިކް މުއާމަލާތާ ބެހޭ ބިލުގެ އެއްވަނަ ބާބުގެ ހަތަރު ވަނަ މާއްދާގައި ބުނަނީ ބޭންކުތަކުން ހިންގާ އިލެކްޓްރޯނިކް އަދި ޑިޖިޓަލް މުއާމަލާތްތަކާއި، ބަދަލުކުރާ ލިޔެކިޔުންތަކުގެ މައްޗަށް އެ ގާނޫނު ނުހިނގާނެ ކަމަށެވެ.

ކޮމިޓީން ބިލު ދިރާސާކޮށް އެކުލަވާލި ރިޕޯޓްގައިވާ ގޮތުން، އެ މާއްދާ އުނި ކުރި ސަބަބަކީ މާލީ އަދި ބޭންކިން ދާއިރާއަކީ އިލެކްޓްރޯނިކް މުއާމަލާތްތައް އެންމެ ބޮޑަށް ބޭނުން ކުރާ އެއް ދާއިރާ ކަމަށް ވާތީ އެވެ. ބޭންކިން މުއާމަލާތްތައް އިސްތިސްނާ ކޮށްފި ނަމަ ބިލުގެ މަގްސަދު ހާސިލު ނުވެދާނެ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

ބިލުގައި އިސްތިސްނާކުރެވިފައިވާ މުއާމަލާތްތަކުގެ ތެރޭގައި ހިމެނެނީ މަރުކަޒީ ބޭންކު އެމްއެމްއޭ އާއި ހިއްސާގެ ބާޒާރު ބަލަހައްޓާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ގަވާއިދުތަކުގެ ތެރެއިން ގާނޫނު ހިނގާ މުއާމަލާތްތަކެވެ. މި މާއްދާ ވަނީ ކޮމިޓީން އުނިކޮށްފަ އެވެ.

މަޖިލީހުގެ ކޮމިޓީން މި މާއްދާ އުނިކުރިއިރު، ބިލު ދިރާސާ ކުރުމުގެ މަރުހަލާގެ ތެރެއިން އެ ކޮމިޓީއަށް ބޭންކުތަކުގެ މެނޭޖަރުން ހާޒިރުކޮށްފައިވެ އެވެ. ބޭންކުތަކުން އެދިފައި ވަނީ ބިލު ކުރިން ވެސް އޮތް ގޮތަށް ބޭންކިން މުއާމަލާތްތަކުގެ މައްޗަށް އެ ގާނޫނު ނުހިނގާ ގޮތަށް ބޭއްވުމަށެވެ.

ބިލުގައި ދެން ހިމެނޭ މުހިންމު ބައިތައް

ޑޭޓާ މެސެޖު ހެކީގެ ގޮތުގައި ބަލައިގަތުން

އެ ބިލު ފަރުމާކޮށްފައިވަނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ޑޭޓާ މެސެޖުތައް ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ގޮތަށެވެ.

އެގޮތުން، ހެކީގެ ގޮތުގައި ބަލާނީ ޑޭޓާ މެސެޖެއްގައިވާ މައުލޫމާތަކީ ފަހުން ބޭނުންކުރުމަށް ވާސިލުވެވޭ މައުލޫމާތެއް ކަމަށްވާނަމަ އެވެ.

ޑޭޓާ މެސެޖެއް ބެހެއްޓިފައިވަނީ އެ މެސެޖު ޖެނެރޭޓުކުރެވުނު، ފޮނުވުނު ނުވަތަ ލިބުނުއިރު އޭގައިވާ މައުލޫމާތު ލިބުނުގޮތަކަށް ޔަގީންކަމާއެކު ދައްކުވައިދޭނެ ފޯމެޓެއްގައި ކަމަށްވާންޖެހޭނެ އެވެ.

titledesc

އޭގެ އިތުރުން ޑޭޓާ މެސެޖުގައި ހިމެނޭ މައުލޫމާތު ބެހެއްޓިފައިވަނީ، އެ މެސެޖު ޖެނެރޭޓުކުރެވުނު ތަނާއި ރައްދުވި ތަން އަދި އެ ޑޭޓާ މެސެޖު ފޮނުވުނު ނުވަތަ ރައްދުވި ތާރީހާއި ވަގުތު ދެނަގަނެވޭނެފަދަ ގޮތަކަށް ކަމަށްވާ ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.

އިލެކްޓްރޯނިކް އެއްބަސްވުންތަކާއި ޓްރަސްޓުގެ ހިދުމަތް

އެ ބިލުގައި ބުނާ ގޮތުން ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން ފުރިހަމަވާންޖެހޭ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެ ފަރާތުން އެއްބަސްވާ ނަމަ، އިލެކްޓްރޯނިކް މުއާސަލާތުގެ ޒަރިއްޔާއިން އެއްބަސްވުންތައް އެކުލަވާލެވިދާނެ އެވެ.

އެފަދަ އެއްބަސްވުންތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް ސޮއި ބަލައިގަނެވޭނެ ހާލަތްތަކާއި އުސޫލުތައް ވެސް އެ ބިލުގައި ކަނޑައަޅާފައި ވެ އެވެ.

އެގޮތުން ސޮއިގެ ކްރިއޭޝަން ޑޭޓާއަކީ ހަމައެކަނި އެ ސޮއިކުރި ފަރާތާ ގުޅުވައިދޭ ޑޭޓާއަކަށް ވާންޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.

އޭގެ އިތުރުން އިލެކްޓްރޯނިކް ސޮޔާ ގުޅޭ ސެޓްފިކެޓް ދޫކޮށް އަދި ބެލެހެއްޓުމަށް ޓްރަސްޓުގެ ހިދުމަތެއް ބޭނުންކުރެވޭނެ އެވެ.

އެ ގޮތުން ރާއްޖޭން ބޭރުގެ އެފަދަ ހިދުމަތްދޭ ފަރާތްތައް ވެސް ބޭނުންކުރެވޭއިރު، ރާއްޖޭގައި އެ ހިދުމަތްތައްދޭ ފަރާތްތައް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އެކްރެޑިޓްކޮށް އާންމުކުރަންޖެހޭނެ ކަމަށް ވެސް އެ ބިލުގައި ލާޒިމުކޮށްފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox