ޔުނައިޓެޑްގެ ކޯޗަކަށް ޓެން ހާގް ހަމަޖައްސަނީ

Apr 6, 2022, 7:23 PM
ޔުނައިޓެޑްގެ ކޯޗަކަށް ގެންނަން މަސައްކަތް ކުރަމުން އަންނަ ޓެން ހާގް.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ ކޯޗަކަށް ގެންނަން މަސައްކަތް ކުރަމުން އަންނަ ޓެން ހާގް.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (އޭޕްރީލް 6) - މި ސީޒަނަށް ފަހު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާން ނެދަލެންޑްސްގެ ގަދަބާރު އަޔަކްސްގައި ހުރި ކޯޗު އެރިކް ޓެން ހާގް އެއްބަސްވުމާ ގާތުގައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ނޮވެމްބަރު މަހު ޔުނައިޓެޑްގެ ކޯޗުކަމުން އޮލެ ގުނަ ސޯލްޝެއާ ވަކިކޮށް، އެ މަގާމަށް ޖަރުމަނުގެ ރަލްފް ރަންގްނިކް ގެނައީ ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. ރަންގްނިކް، މި ސީޒަން ނިމުމުން ޔުނައިޓެޑްގެ އެޑްވައިޒަރީ ރޯލަކަށް ބަދަލުވާއިރު، ޓީމާ ހަވާލުވާނެ ކޯޗެއް ކަނޑައެޅުމުގެ މަޝްވަރާތަކުގައި އޭނާ ވެސް ބައިވެރިވެ އެވެ.

ފާއިތުވި ހަފްތާ ތެރޭގައި ޔުނައިޓެޑުން ޓެން ހާގް، 52، އާ މަޝްވަރާތައް ފެށިއިރު، އޭނާ ޔުނައިޓެޑަށް އަންނަން ބޭނުންވާ ޝަރުތުތައް ޔުނައިޓެޑުން އޮޅުންފިލުވި އެވެ.

ޔުނައިޓެޑުން ދެން ވާހަކަ ދެއްކި ކޯޗުންގެ ތެރޭގައި ޕީއެސްޖީގައި ހުރި ކުރިން ޓޮޓެންހަމަށް އިރުޝާދުދިން ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި ސެވިއްޔާ ގޮވައިގެން ސްޕެނިޝް ލީގުގެ ތިން ވަނައިގައި މި ވަގުތު އޮތް ހުލެން ލޮޕެޓެގީ އަދި ސްޕެއިން ގައުމީ ޓީމުގެ ކޯޗަކަށް ހުރި ލުއިސް އެންރީކޭ ހިމެނެ އެވެ. މި ތިން ކޯޗުންގެ ތެރެއިން ޔުނައިޓެޑުން އެންމެ ގަޔާވާ ކޯޗަކަށްވީ ޓެން ހާގް އެވެ.

2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ތެެރެއިން ޓެން ހާގް (ކ) އާއި ޕޮޗެޓީނޯ.-- ފޮޓޯ: އޭއެފްޕީ

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޓެން ހާގާ ޔުނައިޓެޑް ކޯޗުކަން ހަވާލުކުރަން ޔުނައިޓެޑްގެ ސީނިއާ މެނޭޖްމަންޓްގެ މެޖޯރިޓީގެ ރުހުން ވަނީ ލިބިފަ އެވެ. އަދި ޓެން ހާގް ވެސް ހުރީ ޔުނައިޓެޑްގެ ހުށަހެޅުން ގަބޫލުކުރާގޮތަށެވެ.

ނެދަލެންޑްސްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓެން ހާގް، އަޔަކްސްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމާ މެދު މަޝްވަރާތައް ފަށަން އަޔަކްސްގެ ޗީފް އެގްޒެކްޓިވް، ޔުނައިޓެޑްގެ ކުރީގެ ގޯލްކީޕަރު އެޑްވިން ވެން ޑަ ސާ ވަނީ ނިންމައިފަ އެެވެ.

ޔުނައިޓެޑުން މީގެ ދެ އަހަރު ކުރިން އަޔަކްސްގެ މިޑްފީލްޑަރު ޑޯނީ ވެން ޑަ ބީކް ސޮއިކުރިއިރު، ވެސް ވެން ޑަ ސާ އިސް ރޯލެއް ކުޅުނެވެ. އެހެންކަމުން، ޓެން ހާގް ޔުނައިޓެޑަށް ދާން ނިންމައިފިނަމަ، ވެން ޑަ ސާގެ ރުހުން ލިބޭނެ ކަމަށް ބެލެވެ އެވެ.

ޓެން ހާގް ޔުނައިޓެޑާ ނުގުޅެން ވެސް ބައެއް ފަރާތްތަކުން ވަނީ ލަފާ ދީފަ އެވެ. އޭގެ ތެރޭގައި އެންމެ ފާޅުކަން ބޮޑުގޮތެއްގައި ވާހަކަ ދެއްކީ ކުރިން ޔުނައިޓެޑަށް ކޯޗުކޮށްދިން، އަދި މިހާރު ނެދަލެންޑްސް ގައުމީ ޓީމާ ހަވާލުވެހުރި ލުއީ ވެން ހާލް އެވެ.

ވެން ހާލް ބުނީ ޔުނައިޓެޑަކީ ފުޓްބޯޅަ ކްލަބަކަށް ވުރެ ބޮޑަށް ވިޔަފާރި އުސޫލުން ހިންގާ ކްލަބެއް ކަމަށެވެ. އަދި ޓެން ހާގް ފަދަ ފުޓްބޯޅައިގެ ވިސްނުމުގައި މަސައްކަތްކުރާ ކޯޗަކަށް ޔުނައިޓެޑަކީ ރަނގަޅު ކްލަބަކަށް ނުވާނެ ކަމަށް ވެން ހާލް ވަނީ ބުނެފަ އެވެ.

ޓެން ހާގް އަކީ ކާކު؟

ނެދަލެންޑްސްގެ ގޯ އަހެޑް އީގަލްސް ޓީމުން 2012 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ޓެން ހާގް، އެއް އަހަރު އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރުމަށް ފަހު ދެން ދިޔައީ ބަޔާން މިއުނިކްގެ ދެ ވަނަ ޓީމަށް ކޯޗުކޮށްދޭށެެވެ.

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ، ބަޔާން މިއުނިކާ ހަވާލުވެހުރިއިރު، 2013-2015 އަށް ޓެން ހާގް ހުރީ ބަޔާންގެ ދެ ވަނަ ޓީމުގެ ކޯޗަކަށެވެ. ބަޔާންގެ ޔޫތު ޓީމުގައި ހޭދަކުރި ދެ އަހަރަށް ފަހު ޓީމެއްގެ ހެޑް ކޯޗެއްގެ މަގާމުގައި ހުންނަން ބޭނުންވާތީ، ޓެން ހާގް ވަނީ އަލުން ނެދަލެންޑްސް ލީގަށް ބަދަލުވެފަ އެވެ.

އެ ގޮތުން 2013 ވަނަ އަހަރު ނެދަލެންޑްސްގެ ޔޫޓްރެކްޓްގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމާއި ހެޑް ކޯޗުގެ ޒިންމާ އެކު އެކީގައި ނަގައި، ޓެން ހާގް ވަނީ އެ ޓީމަށް އެކަށީގެންވާ ކުރިއެރުމެއް ހޯދައިދީފަ އެވެ. ފުރަތަމަ ސީޒަނުގައި ލީގުގެ ފަސް ވަނައިގައި ނިންމިއިރު، ދެ ވަނަ ސީޒަނުގައި ގަދަ ހަތަރަކަށް އަރައި، ޔޫޓްރެކްޓަށް ޔޫރޮޕާ ލީގު ކޮލިފައިން އިން ފުރުސަތު ހޯދައިދިނެވެ.

ޓެން ހާގް، މިހާރު ކޯޗުކޮށްދެމުން އަންނަ އަޔަކްސްއާ ހަވާލުވީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. އެ ޓީމު ގޮވައިގެން އަހަރުން އަހަރަށް ޓީމެއް އެކުލަވާލައި ކުރި ރަނގަޅު މަސައްކަތުން ޓެން ހާގް ވަނީ 2019 ވަނަ އަހަރު އަޔަކްސް އަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިދީފަ އެވެ. ޗެމްޕިިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު އެ ފަހަރު ސެމީން ފުރުސަތު ހޯދި، އަޔަކްސް އަށް ފައިނަލުން ފުރުސަތު ނުލިބުނީ ސެމީގެ ދެ ވަނަ ލެގުގެ ފަހު ވަގުތު ޓޮޓެންހަމުން ލަނޑު ޖެހުމުންނެވެ. އެ ފަހަރު އަޔަކްސް އިން ޗެމްޕިއަންސް ލީގުގެ ސެމީ އަށް ދަތުރުކުރުމަކީ 1997 ވަނަ އަހަރަށް ފަހު އެ ޓީމަށް ޗެމްޕިއަންސް ލީގުގައި އެންމެ ރަނގަޅު ނަތީޖާ އެވެ.

އަޔަކްސް ގޮވައިގެން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ހަ މެޗުން މޮޅުވި ނަމަވެސް ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ހަނި ގޮތަކަށް ބެންފީކާ އަތުން ކެޓީ އެވެ. ޓެން ހާގް ވަނީ އަޔަކްސްއާ އެކު ނެދަލެންޑްސްގެ ލީގާއި ކަޕް ދެ ފަހަރު ހޯދައިފަ އެވެ.

ޓެން ހާގަކީ ޔޫތު ކުޅުންތެރިން ޑިވެލޮޕްކޮށްގެން ގެނެސް ސީިނިއާ ފުޓްބޯޅަ އަށް ނެރެދިނުމުގައި ނަތީޖާ ނެރެފައިވާ ކޯޗެކެވެ. އެ ގޮތުން ޓެން ހާގް އަޔަކްސްގައި ކޮށްފައިވާ މަސައްކަތުގެ ތެރެއިން ސީނިއާ ފުޓްބޯޅަ އަށް ނެރުނު ދެ ކުޅުންތެރިއަކީ ފްރެންކީ ޑި ޔޯން އާއި މަތައިސް ޑި ލިޓް އެވެ.

ޔުނައިޓެޑުން ޓެން ހާގަށް އެންމެ ބޮޑަށް ޝައުގުވެރިވާ ސަބަބަކީ ވެސް ޓީމެއް ޑޮވެލޮޕްކުރުމުގައި އޭނާގެ ވިސްނުން ރަނގަޅުވުމުންނެވެ. އަދި ޓީމެއް ރަނގަޅު މިސްރާބަކަށް ގެންދަން ބޭނުންވާ ކުޅުންތެރިން ހޯދުމުގައި ޓެން ހާގްގެ ރަނގަޅު ސްކައުޓިން ނެޓްވޯކެއް އޮތުމަކީ ވެސް ޔުނައިޓެޑަށް އޮތް ހިތްހަމަ ޖެހުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދީ އާއި އެމެެރިކާގެ އޮފާތައް ދޫކޮށް އަލަބާ އިޓާލިއަން ލީގަށް

ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން، ސައުދީ އަރަބިއްޔާ އާއި އެމެރިކާގެ ކްލަބްތަކުން ލިބުނު ބޮޑެތި ހުށަހެޅުންތައް ދޫކޮށްލުމަށްފަހު އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާ އިޓަލީގެ އުދިނޭޒީއަށް ބަދަލުވާން ނިންމައިފި. އަލަބާ އެ ޓީމާ ގުޅެނީ އެއް އަހަރުގެ ކޮންޓްރެކްޓެއްގައި.

ދޮޅު އަހަރަށް ފަހު ރޭސިން އެސޯސިއޭޝަންގެ ކާމިޔާބު އިވެންޓެއް

އެއް އަހަރާއި އަށް މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު، ރޭސިން އެސޯސިއޭޝަނުން ބާއްވާ "ރާސް ޗެންޕިއަންޝިޕް" ލ. ގަމުގައި ކާމިޔާބުކަމާއެކު ބާއްވައިފި. މިއީ ލާމު އަތޮޅުގައި ބޭއްވި ފުރަތަމަ މޮޓޯސްޕޯޓްސް އިވެންޓް ކަމަށްވާއިރު، ރާއްޖޭގެ އެކި ސިޓީތަކުން 45 އެތުލީޓުން މި މުބާރާތުގައި ބައިވެރިވެފައިވެފައި

އޭޝިއަން ގޭމްސްގެ ސިންގަލްސް އިވެންޓުގައި ރަފާ އަށް މޮޅެއް

އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ސިންގަލްސްގައި ރަފާ ވަނީ ބަނގްލަދޭޝްގެ ކުޅުންތެރިއަކު ބަލިކޮށް މޮޅެއް ހޯދާފައި. އަދި މިކްސް ޑަބަލްސްގައި ރަފާ އާއި މުންސިފްގެ ޕެއާ އިން މޮންގޯލިއާގެ ޕެއާ އެއް ބަލިކޮށް ގަދަ 16 އަށް ދަތުރުކުރިއިރު، ދީމާ އާއި ފިރިހެން ޑަބަލްސް ޓީމު ވަނީ މެޗުތަކުން ބަލިވެފައި

އޭޝިއަން ގޭމްސްގައި ރާއްޖޭގެ މެރާލް ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ މެރާލް އައިން ލަތީފް 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުން އާ ގައުމީ ރެކޯޑެއް ގާއިމުކޮށްފި. މެރާލް މި ރެކޯޑް އާކުރީ 01:22.06 އިން ރޭސް ފުރިހަމަކޮށްގެން ކަމަށްވާއިރު، މީގެ ކުރިން މި ރެކޯޑް އޮތީ ހަމްނާ އަހުމަދު އަތުގައި

ރެފްރީން ބަދުނާމު ކުރަން ރެއާލުން އުޅެނީ އަމިއްލަ ދުނިޔެ އެއްގައި

ސްޕެނިޝް ލީގުގެ ރެފްރީންނަށް ފާޑުކިޔައި ބަދުނާމުކުރުމުގައި ރެއާލް މެޑްރިޑުން އަމިއްލަ ދުނިޔެއެއްގައި އުޅޭ ކަމަށް ބުނެ ލަލީގާގެ ރައީސް ހަވިއޭ ޓެބާސް އެ ކްލަބަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ.

ވަރުގަދަ ޓީމުތަކާ ކުޅެގެން ރާއްޖެ އަށް ފައިދާކުރާނެ: ސަމުއްޓެ

ރާއްޖެއަށްވުރެ ރޭންކިން މަތީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން މެޗުގަކުގައި މިސްޓޭކް ރަނގަޅުކުރަން ލިބޭ ފުރުސަތެއް ކަމަށް ގައުމީ ކެޕްޓަން ސަމޫހު (ސަމުއްޓެ) ބުނެފި. މި މެޗުތަކަކީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކެއް

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

Newsletter

Get the latest news delivered straight to your inbox