ހުލާސާކޮށް އިއްޔެ: ގެއްލުނު ފައިސާ ހޯދަން އިސްކަންދީ އޭސީސީގެ "އާ ބާބެއް" އިފްތިތާހުކުރުން

އިއްޔެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. އޭސީސީން ވަނީ ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާ އަބުރާ ހޯދުމަށް މި ދައުރުގައި ވަރަށް ބޮޑަށް އަމާޒުކުރާނޭ ކަމަށް ވިދާޅުވެފައި --- ފޮޓޯ: އޭސީސީ

އިއްޔެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. އޭސީސީން ވަނީ ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާ އަބުރާ ހޯދުމަށް މި ދައުރުގައި ވަރަށް ބޮޑަށް އަމާޒުކުރާނޭ ކަމަށް ވިދާޅުވެފައި --- ފޮޓޯ: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެ މުއައްސަސާގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ހަ ކަމަކަށް އަމާޒުކޮށްގެން ތައްޔާރުކުރި ކުރު ރާސްތާ ޕްލޭނެއް އެ ކޮމިޝަނުން އިފްތިތާހު ކުރީ އިއްޔެ އެވެ.

އޭސީސީ އަށް އަލަށް މެމްބަރުން އައްޔަނުކުރި ފަހުން ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި އެ ކޮމިޝަނުގައި ހުރި މައްސަލަތައް އެ މެމްބަރުންނަށް ހޯދިފައިވާ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވި އެވެ.

"އެކަންކަމުން އަރައިގަތުމަށް އަޅުގަނޑުމެން ވާނީ ކުރު ރާސްތާ އޮޕަރޭޝަނަލް ޕްލޭނިންއެއް ހަދާފަ މިހާރު،" ޝާމިލް އިއްޔެ ވިދާޅުވި އެވެ.

ކޮމިޝަނުގައި ހުރި މައްސަލަތަކަށް އަމާޒުކޮށް އެކަންކަން ހައްލުކުރުމަށް އިއްޔެ އިފްތިތާހުކުރި އެ ޕްލޭނަށް ދީފައިވާ ނަމަކީ "އާ ބާބެއް" މި ނަމެވެ. އެ ޕްލޭނުގައި އަމާޒުކުރާ ދާއިރާތަކަކީ އާރުލާ ތަހުގީގު، އިދާރީ ފަހިކަން، ބާރުވެރި މުވައްޒަފުން، ޒަމާނީ ސުމޭކުކަން، ވަށައިޖެހޭ ވިޔަނުދިނުން އަދި މަސްލަހަތުވެރިންގެ އިތުބާރު ހިފެހެއްޓުމެވެ.

އެ ޕްލޭނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކޮމިޝަނުގެ ރައީސް ޝާމިލް އިއްޔެ ވިދާޅުވީ އެ ހަ ދާއިރާއަކީ ތަހުގީގަށް އަބަދުވެސް ކުރިމަތިވާ ގޮންޖެހުންތަކާއި ތަހުގީގުގެ ހަރުދަނާ ކަމާއި އަވަސްކަން ގެނައުމަށްޓަކައި ރާވާފައިވާ ކަންކަން ކަމަށެވެ.

"ހަމަ އެއާއެކީގަ މުވައްޒަފުންގެ ތެރޭގައި ހުރި ކަންބޮޑުވުންތަކާއި މުވައްޒަފުންގެ ކިބައިގައި ހުރި ފަންނުވެރިކަން އިތުރަށް ކުރިއަށް ގެންދިޔުމަށް އޮތް މަގުތައް ދެނެގަތުމާއި އަދި އަޅުގަނޑުމެންގެ މަސައްކަތް އެއްކޮށް ޑިޖިޓަލައިޒް ކުރުމަށްޓަކައި މުޅިން އާ މިސްރާބަކަށް އޭސީސީގެ މަސައްކަތް ބައްޓަންކުރުން،" ޝާމިލް އިއްޔެ ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް އެ ޕްލޭނުގައި އިދާރީ ގޮތުން ކޮމިޝަން ހިންގުމަށް އޮތް އެންމެ ރަނގަޅު ގޮތްތަކާއި ކޮރަޕްޝަން ޕްރިވެންޝަނާއި ގުޅޭގޮތުން ކުރެވެން ހުރި މަސައްކަތްތައް ހިމެނިފައިވާނޭ ކަމަށް ޝާމިލް ވިދާޅުވި އެވެ.

ކޮމިޝަނުގެ ރައީސް ޝާމިލް ވަނީ އޭސީސީގައި ހުރި މައްސަލަތަކުގެ އަދަދަށް ބަލައި މައްސަލަތަކަށް އިސްކަން ދިނުމުގައި ގެންގުޅޭ އުސޫލާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. އަދި، ވަކި މީހެއްގެ މަގާމަށް ބަލައި މައްސަލަ ބެލުމަށްވުރެ، މިހާރު ކޮމިޝަނުގެ އަމާޒަކީ ދައުލަތަށް ގެއްލޭ ފައިސާގެ އަދަދަށް ބަލައި މައްސަލަތައް ޕްރިއޯރަޓައިޒް ކުރުން ކަމަށް ޝާމިލް އިއްޔެ ވިދާޅުވި އެވެ.

"ޕްރިއޯރަޓައިޒް މިކުރެވޭ ގޮތަކީ، އެމީހެއްގެ މަގާމެއް ނޫން. ޕްރިއޯރަޓައިޒް މިކުރެވޭ ގޮތަކީ އެ ކުށެއް ކުރިއިރުގަ އެކުށަކުން ދައުލަތަށް ގެއްލިގެންދިޔަ މިންވަރަކާ އޭގެ މާލީ ކަންކަމުގަ މައްޗަށް، އެއް އެސްޕެކްޓަކީ. އަނެއް ކަމަކީ އެކަމެއް ސަބަބުން ދައުލަތަށް އިއާދަނުކުރަނިވި ގެއްލުމެއް ލިބިގެން ހިނގައިދާނެފަދަ ބައެއް ކަންކަން އެބަ ހުރޭ،" އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝާމިލް ވިދާޅުވި އެވެ.

އޭސީސީގައި މިވަގުތު ތިބީ 45 އިންވެސްޓިގޭޓަރުންކަން ފާހަގަކުރައްވަމުން ކޮމިޝަނުގެ ރައީސް ޝާމިލް ވަނީ އޭގެ ތެރެއިން 12 އިންވެސްޓިގޭޓަރުންގެ ޓީމެއް އެމްއެމްޕީއާރުސީގެ މައްސަލައަށް ހާއްސަކޮށްފައިވާ ކަމަށް އިއްޔެ ވިދާޅުވެފަ އެވެ.

އަދި، އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމުން އެ ކޮމިޝަނުގައި ހުރި އެ މައްސަލައިގެ ހެކިތައް އޭސީސީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ޝާމިލް އިއްޔެ ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ހުޅުމާލޭގައި 2019 ވަނަ އަހަރުގެ ފަހުކޮޅު ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ގާސިމް ހަސަން, 59, މަރާލި ކަމުގެ ދައުވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށް ސާބިތު ކުރަން ވެގެން ދައުލަތުން ހުށަހެޅި މުހިންމު ހެއްކެއް ރާއްޖޭން ބޭރުގައި ހުރިކަން އެނގުނީ އިއްޔެ އެވެ.
  • ގަވާއިދާ ހިލާފަށް ހުއްދަ ނުނަގައި ހއ. ކެލާއިން ރުއްގަސް ކަނޑައި، އެރަށުން ބޭރުކުރާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް އެރަށު ކައުންސިލުން ދޮގުކުރީ އިއްޔެ އެވެ.
  • ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ޕާފޮމަންސް އޮޑިޓެއް ތައްޔާރު ކޮށްދޭން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ސަރުކާރުން މާބޮޑަށް ވިޔަފާރީގެ ތެރެއަށް ވަންނަ ކަމަށް ތުހުމަތު ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިއްޔެ ވިދާޅުވީ:

"އެމްޑީޕީގެ ވިސްނުމެއް ނޫން، ފިކުރެއް ނޫން ވިޔަފާރީގެ ތެރެއަށް ވަނުމަކީ. އެހެން ނަމަވެސް ވަރަށް ބޮޑަށް، ވަރަށް ބޮޑަށް ދައުލަތުން ސަރުކާރުން، އަޅުގަނޑުމެންގެ ހިއްސާ އޮތް ސަރުކާރެއް [މިއީ]. ސަރުކާރުން ކުންފުނިތަކުގެ ތެރެއަށް ވަރަށް ބޮޑު ނުފޫޒެއް، ހާއްސަކޮށް ވިޔަފާރިތަކުގެ ތެރެއަށް ފޯރުވަމުންދާތީ ވިޔަފާރިވެރިން ކަންބޮޑުވޭ،"

ދުވަހުގެ ފޮޓޯ

ގއ. ކޮލަމާފުށި ބީޗުގެ ތުނޑީ ސަރަހައްދު. އެ އަތޮޅުގެ އެހެން ރަށްތަކާ ވަކިން މާ ދުރުގައި އޮންނަ ކޮލަމާފުއްޓަކީ ރީތި ހިތްގައިމު ރަށެއް. މިއީ ހުވަދޫ އަތޮޅުގައި ހަތް ވަނަ އަށް އެންމެ ބިން ބޮޑު ރަށް -- ފޮޓޯ: އަބްދުﷲ އަބީދު
ގއ. ކޮލަމާފުށި ބީޗުގެ ތުނޑީ ސަރަހައްދު. އެ އަތޮޅުގެ އެހެން ރަށްތަކާ ވަކިން މާ ދުރުގައި އޮންނަ ކޮލަމާފުއްޓަކީ ރީތި ހިތްގައިމު ރަށެއް. މިއީ ހުވަދޫ އަތޮޅުގައި ހަތް ވަނަ އަށް އެންމެ ބިން ބޮޑު ރަށް -- ފޮޓޯ: އަބްދުﷲ އަބީދު

ގއ. ކޮލަމާފުށި ބީޗުގެ ތުނޑީ ސަރަހައްދު. އެ އަތޮޅުގެ އެހެން ރަށްތަކާ ވަކިން މާ ދުރުގައި އޮންނަ ކޮލަމާފުއްޓަކީ ރީތި ހިތްގައިމު ރަށެއް. މިއީ ހުވަދޫ އަތޮޅުގައި ހަތް ވަނަ އަށް އެންމެ ބިން ބޮޑު ރަށް -- ފޮޓޯ: އަބްދުﷲ އަބީދު

ދިރާސާތަކުން ކިޔާލުމަށް

"ފައިނޭންޝިއަލް އިންކްލޫޝަން އިން ދަ މޯލްޑިވްސް"

މިއީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި ބޭންކިން ހިދުމަތް ހޯދުމަށް މޯބައިލް އެޕްލިކޭޝަނާއި އިންޓަނެޓު ބޭނުންކުރާ މިންވަރު ދެނެގަތުމަށް 2019 ވަނަ އަހަރު ވޯލްޑް ބޭންކުން ކުރިއަށް ގެންގޮސްފައިވާ ދިރާސާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox