ސިޓީ އަކީ ފޭވަރިޓުން، އެކަމަކު ސިމިއޯނީ އުންމީދުގައި

Apr 5, 2022, 10:23 AM
ސިޓީ އަކީ ފޭވަރިޓުން، އެކަމަކު ސިމިއޯނީ އުންމީދުގައި

ލަންޑަން (5 އޭޕްރީލް) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުންނައިރު، ސިޓީ އަކީ ފޭވަރިޓެވެ. މިކަމާ ދެބަސްވުމެއް ނެތެވެ. އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވެސް މިކަން ގަބޫލްކުރެ އެވެ. އެކަމަކު، ޗެމްޕިއަންސް ލީގުގެ މާޒީން، ފެންނަން އޮތީ ސިމިއޯނީގެ އުންމީދު އާވާ ފަދަ މަންޒަރުތަކެކެވެ. މޮޅެތި ކުޅުންތެރިން ތިބުމަކީ، މެޗަކުން މޮޅުވާނެކަމުގެ ޔަގީންކަމެއް ނޫން ކަމެވެ.

ސިޓީގެ ދަނޑުގައި މިރޭ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން، ސިމިއޯނީ ބުނީ ކުޅުންތެރިންނަށް ބަލާއިރު، ޗެމްޕިއަންސް ލީގުގެ "ފޭވަރިޓުންނަކީ ބަޔާނާއި ސިޓީ" ކަމަށެވެ. އެކަމަކު، އެތުލެޓިކޯ އޮތީ ވަރުގަދަ އުންމީދަކާ އެކު ކަމަށް ސިމިއޯނީ ބުނެފައިވެ އެވެ. އޭގެ އެއް ސަބަބަކީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ތަށި ޗެލްސީން ހޯދުމެވެ.

"އެއްވެސް މީހަކު ހިޔެއް ނުކުރޭ މިދިޔަ ސީޒަންގައި ޗެލްސީން ތަށި އުފުލާލާނެ ކަމަށް. އެކަމަކު، ޗެލްސީން މެޗަކަށް ފަހު މެޗެއް ކުޅުން ރަނގަޅުކޮށް. ޓީމެއްގެ ގޮތުގައި ކާމިޔާބު ހޯދީ،" ސިމިއޯނީ ބުންޏެވެ.

ސިމިއޯނީ ބުނީ ސިޓީގެ ފަރާތުން ފެންނަނީ ވަރަށް މޮޅު ފުޓްބޯޅައެއް ކަމަށެވެ. އެކަމަކު، އެ ޓީމުގެ ކާމިޔާބީގެ ފަހަތުގައި އޮތީ ކޮންމެ މެޗެއްގައި ވެސް ކުޅުންތެރިން ކުރާ މަސައްކަތް ކަމަށެވެ.

"ސިޓީގެ ކުޅުންތެރިންގެ ފަރާތުން ފެންނަ ވޯކް ރޭޓް ކޮންމެ ކޯޗެއް ވެސް ބޭނުންވާނެ އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެންނަން،" ސިމިއޯނީ ބުންޏެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އަބަދުވެސް ޗެމްޕިއަންސް ލީގުގެ މެޗުތަކަށް ކުރިމަތިލާން ޖެހެނީ އާންމު މެޗަކަށް ވުރެ ދެ ގުނަ ވިސްނުމަށް ފަހު ކަމަށެވެ. ސިޓީން އަބަދު އެއް ސްޓައިލެއްގެ ފުޓްބޯޅަ ކުޅޭތީ ގިނަ ޓީމުތަކަށް ސިޓީއާ ކުޅެން ފަސޭހަވާތީ ކުރިއަށް ހުރި މެޗުތަކުގައި ސިޓީ ކުޅޭ ގޮތް ބަދަލުކުރަން ބޭނުންވާ ކަމަށް ގާޑިއޯލާ ބުންޏެވެ.

ސިޓީ ދަނޑުގައި މިރޭ އެތުލެޓިކޯއާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox