ކެލާއިން ރުއްގަސް ބޭރުކުރަނީ ހުއްދަތައް ނަގައިގެން: އީޕީއޭ

ހއ. ކެލާއިން ގަވާއިދާ ހިލާފަށް ބޭރުކުރާކަމަށް ބުނާ ރުއްގަސްތަކެއް. އެރަށު ކައުންސިލުން ވަނީ އެ ރުއްގަސްތައް ބޭރުކުރަނީ ހުއްދަ ނަގައިގެންކަމަށް އަދި އޭގެ ބަދަލުގައި އެހެން ސަރަހައްދުތަކުގައި ގަސް އިންދާނެކަމަށް. ފޮޓޯ: ބްލޫޕީސް

ހއ. ކެލާއިން ގަވާއިދާ ހިލާފަށް ބޭރުކުރާކަމަށް ބުނާ ރުއްގަސްތަކެއް. އެރަށު ކައުންސިލުން ވަނީ އެ ރުއްގަސްތައް ބޭރުކުރަނީ ހުއްދަ ނަގައިގެންކަމަށް އަދި އޭގެ ބަދަލުގައި އެހެން ސަރަހައްދުތަކުގައި ގަސް އިންދާނެކަމަށް. ފޮޓޯ: ބްލޫޕީސް

ގަވާއިދާ ހިލާފަށް ހުއްދަ ނުނަގައި ހއ. ކެލާއިން ރުއްގަސް ކަނޑައި، އެރަށުން ބޭރުކުރާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް އެރަށު ކައުންސިލުން ދޮގުކޮށްފި އެވެ،

ކެލާއިން ރުއްގަސްތަކެއް ކަނޑައި، ރަށުން ބޭރުކުރަމުންދާތަން ދައްކުވައިދޭ ފޮޓޯތަކެއް ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ބްލޫޕީސް ޖަމިއްޔާއިން ވަނީ މިދިޔަ އާދިއްތަ ދުވަހު ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. ބްލޫޕީސް ޖަމިއްޔާއިން ބުނީ އެ ރުއްގަސްތަކަކީ ރިސޯޓު ތަރައްގީކުރަމުންދާ ރަށްރަށުގައި އިންދުމަށް ކެލާއިން ނަގާ ރުއްގަސްތަކެއް ކަމަށެވެ. އެ މައްސަލަ މިހާރު އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދަނީ ބަލަމުންނެވެ.

އެ މައްސަލަ މިހާރު އީޕީއޭގެ ސަމާލުކަމަށް އައިސްފައިވާއިރު، ކެލާ ކައުންސިލުން ވަނީ އެރަށުން ރުއްގަސްތަކެއް ކަނޑައި ބޭރުކުރަމުންދަނީ އެރަށުގައި ހިންގާ އެކި މަޝްރޫއުތަކަށްޓަކައި ބިން ސާފުކުރުމުގެ ގޮތުން ނަގަން ޖެހެ ހުއްދަތަކާއެކުގައި ކަމަށް ބުނެފަ އެވެ.

ކެލާ ކައުންސިލް ރައީސް އަބްދުﷲ އިންފާޒް މި ނޫހަށް ވިދާޅުވީ އެރަށުން ބޭރުކުރަމުންދާ ކަމަށް ބުނާ ރުއްގަސްތަކަކީ ރަށުގެ ދަނޑުބިންތަކާއި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަން ހުންނަ ސަރަހައްދުގައި ހުރި ރުއްގަސްތަކެއް ކަމަށެވެ.

"އެއީ އެތަންތަން ސާފުކުރުމަށް ހަމަ އެގްރިމެންޓު ކުރެވިގެން. ޕޮލިސް ސްޓޭޝަން ބިމާއި ދަނޑުތައް ވަށައި ހުންނަ ސަރަހައްދުގައި ހުރި ރުއްތަކެއް. ދެން ގިނަ މީހުންނަށް ނޭނގޭ އެކަމެއް. އެގްރިމެންޓްގައި އިންނަ ގޮތުން އެ މަސައްކަތްކުރާ މީހުންނަށް އެ ރުއްގަސްތައް ބޭނުމިއްޔާ ރަށުން ގެންދެވޭނެ،" އިންފާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސަރަހައްދުތަކުން ސާފުކުރާ ރުއްގަސްތަކުގެ އަދަދު ގިނަ ވިޔަސް ބަދަލުގައި އެހެން ސަރަހައްދުތަކުގައި ރުއްގަސް އިންދާނެ ކަމަށެވެ.

ކެލާއިން ރުއްގަސް ބޭރުކުރާ މައްސަލައާ ގުޅިގެން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "އަދަދު"އަށް ވިދާޅުވީ، ކެލާއިން ރުއްގަސްތަކެއް ބޭރުކުރާކަމުގެ މައްސަލައެއް ސޯޝަލް މީޑިއާގައި ދައުރުވާކަން އެ އެޖެންސީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އީޕީއޭއަށް އަދި ރިޕޯޓު ކޮށްފައިނުވާ ކަމަށް ނައީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކަމަކު ވެސް މިދަނީ ބަލަމުން، އެއީ ކިހިނެތް ހިނގައިދިޔަ ކަމެއްތޯ. އެއީ މިހާތަނަށް ލިބޭ މައުލޫމާތަށް ބަލާއިރު ކެލާގައި ހިންގަމުންދާ އެކި ކަހަލަ މަޝްރޫއުތަކަށް އެރަށުން ސާފުކުރުމަށް ހުއްދަ ދެވިފަައިވާ ރުއްގަސްތަކެއް ކަމަށް މައުލޫމާތު ލިބެނީ،" ނައީމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox