ޖިންސީ ގޯނާގެ ތުހުމަތަށް ހައްޔަރުކުރި އައިމިންދައްތަގެ ދިފާއުގައި މެމްބަރު ނާޒިލް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް-- ފޮޓޯ: މަޖިލިސް

އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އައްޑޫ ސިޓީގައި ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރުކުރި އުމުރުން ދުވަސްވީ މީހާގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވާހަކަ ދައްކަވައިފި އެވެ.

ހަ އަހަރުގެ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ 59 އަހަރުގެ އަންހެނަކު ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. ނަމަވެސް, އެ ރަށު މީހުން ޖިންސީ ގޯނާގެ ތުހުމަތު ކުރަނީ ކުއްޖާގެ ކާފައަށެވެ. އެކަމަކު ފުލުހުން ވަނީ ހައްޔަރުކުރި މީހާގެ އިތުރުން އެހެން މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭނެ ހެކި މިހާތަނަށް ނެތް ކަމަށް ބުނެފަ އެވެ.

ހައްޔަރު ކުރީ ކަމާނުބެހޭ މީހެއް ކަމަށް ބުނެ އައްޑޫ ސިޓީގެ އެ ކުއްޖާގެ ކާފަގެ ގޭ ދޮށުގައި ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން ސިޔާސީ ފަރާތްތަކުން ކުރާ ތުހުމަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެމްބަރު ނާޒިލް ވިދާޅުވީ މި މައްސަލާގައި ކަމާ ގުޅުންހުރި އެ އަވަށުގެ ހުރިހާ އިދާރާތަކާއި އެ އިދާރާތަކުގެ މީހުންނާ ވަކިވަކިން ބައްދަލުކޮށް ވާހަކަ ދައްކާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން ކިޔާ ގޮތުން ނަމަ އައިމިންދައްތައަކީ 59 އަހަރު އުމުރުން ވެފައި ހުރި ބަލި މީހެއް. ސްކޫލުގައި މަސައްކަތު މީހެއްގެ ގޮތުގައި މަސައްކަތް ކުރާތާ 29 އަހަރަށްވުރެ ގިނަ އަހަރު ވެއްޖެ. އެއީ މި ވީތަނަށް އައިމިންދައްތަގެ ފަރާތުން މިކަހަކަ އެއްވެސް މައްސަލައެއް މިވީހާތަނަށް ލިބިފައި ނުވާ ކަމަށް މެނޭޖްމެންޓުން އެބަ ބުނޭ،" ނާޒިލް ވިދާޅުވި އެވެ.

"އަޅުގަނޑު ސްކޫލުގެ ޕްރިންސިޕަލް އާއި ސްކޫލުގެ ލީޑިން ޓީޗަރުންނާ ބައެއް ޓީޗަރުންނާވެސް ވާހަކަ ދެއްކިން. ސްކޫލުގަ ދެންތިބި އެހެނިހެން މަސައްކަތު މީހުން، އައިމިންދައްތައާ އެކީގަ މަސައްކަތްކުރި މީހުންނާވެސް ވާހަކަ ދައްކާލިން. ވަކިވަކިން ވާހަކަ ދެއްކިން. އެއެވެސް މީހެއްގެ ފަރާތުން ނެތް އައިމިން ދައްތަގެ އެކަހަލަ އެއްވެސް ޝަކުވާއެއް މި ވީތަނަށް ފެނިފަ ހުރިކަމަށް ބުނާ އެކަކާވެސް އަޅުގަނޑަކާ ދިމަލެއް ނުވޭ."

ނަޒީލް ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ފުލުހުންގެ ވަކި ޓީމަކުން ކަމަށާއި އެހެންކަމުން ފުލުހުން ގަބޫލުކުކުރާ ގޮތުގައި މައްސަލަ ކުރިއަށްދަނީ ރަނގަޅަށް ކަމަށެވެ.

ނަޒީލް ވިދާޅުވީ ފުލުހުންގެ ތަހުގީގު ކުރިއަށްދާ ގޮތާމެދު އެއްޗެއް ބުނެވެން ނެތް ކަމަށެވެ. ނަމަވެސް އާންމު ރައްޔިތުންނާއި އައްޑޫގެ މާހައުލު އޮތް ގޮތުން އައިމިންދައްތައަކީ ބަލި މީހަކަށްވެފައި މިއީ ރޯދަމަހަށް ވުމުން އައިމިންދައްތައަށް ލުއި ގޮތެއް ހަމަޖައްސައިދެއްވުމަށް ނަޒީލަ ވަނީ އެދިވަޑައިގެންފަ އެވެ.

އެއީ މައްސަލަ ނިމެންދެން ގެއަށް ބަދަލުކޮށްދޭން ނުވަތަ ކޮމެޓީން ވާހަކަ ދައްކައިގެން އެހެންވެސް ލުއިގޮތެއް ހޯދައި ދިނުމަށް ވަނީ އެދިފަ އެވެ.

ސަބަބަކީ އައިމިންދައްތައަކީ އޭނާގެ އަންހެން ދަރިފުޅު ނިޔާވުމާއެކު އެ ދަރިފުޅުގެ ތިން އަންހެން ކުދިން ބަލަމުންދާ މީހަކަށްވެފައި އެ ކުދިނާ ސުވާލުކުރުމުން ވެސް އެފަދަ އެއްވެސް ކަމެއް މިހާތަނަށް ކޮށްފައި ނުވާ ކަމަށް ކުދިން ބުނާތީ ކަމަށްވެސް ނަޒީލް ވިދާޅުވި އެވެ.

"ފުލުހުން އެ ކުދިންނާ ސުވާލުކުރި އިރު އެކުދިން އެބަ ބުނޭ، ސުވާލުކުރީ ވަރަށް ހަޑިހުތުކޮށް ކަމަށް. އެ ކުދިންނާ ދައްތަ ބެހިފަ ހުރީ ކިހާ ވަރަކަށްތޯއާ. މިހާވަރަށް އާންމު ރައްޔިތުންގެ ފަރާތުން މި ވާހަކަތައް ފެތުރިފަ އޮތީ،" ނަޒީލް ވިދާޅުވި އެވެ.

އައިމިންދައްތައަކީ މީގެ ކުރިން މިފަދަ އެެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައިވާ މީހެއްވެސް ނޫން ކަމަށާއި އެއްވެސް މީހެއްގެ ފަރާތުންވެސް އެނގިފައިނުވާތީ ކަމަށް ނަޒީލް ވިދާޅުވި އެވެ.

"މި ހުރިހާ މީހުންގެ ފަރާތުން އަޅުގަނޑާ ހިސާބަށް މި ހުރިހާ ވާހަކައެއް ރިކޯޑްވެގެން އައި އިރުވެސް އައިމިންދައްތަ އެކަހަލަ ކަމެއް ކުރާނޭ ބުނާ މީހާ ދިމާނުވޭ. އިއްޔެ ހަވީރު އަޅުގަނޑާ ބައްދަލުވި ދައްތަ އާ އެއްކޮށް 25 އަހަރު މަސައްކަތް ކޮށްފަހުރި މީހަކާ. ވަރަށް ދެރަވެފަ އެ މީހާ ބުނީ ތިމަންނަ ހަމަ 100 ޕަސެންޓް ޔަގީންކަން ދީފައިނަމޭ ދައްތަގެ ފަރާތުން އެކަލަހަ ކަމެއް ނުހިނގާނޭ،" ނަޒީލް ވިދާޅުވި އެވެ.

މީގެ އިތުރުން ނަޒީލަ ވިދާޅުވީ އައިމިންދައްތަ އާއެކު މަސައްކަތް ކުރި އެހެން ދައްތަމެންމާ ވާހަކަ ދައްކާލުމުން އެ ދައްތަމެން ދެން ބުނާ ވާހަކައަކީ ފާހަނާގެ ސައިޒާއި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރާ ވަރުގެ ކަމެއް ކުރެވޭނެ ޖާގަ ފާހަނާގައި ނޯންނަ ކަމަށެވެ.

"އާންމު އުސޫލުން އެ މީހުން ކުރާ ކަމަކީ ފާހަނާ ބޭރުގަ ހުރެ އެ ކުއްޖަކު ސާފުވާން ބޭނުންވީމަ ގޮވާލައިފިއްޔާ ފެންޖަހާލުން ކަމަށް. ފާހަނާ ބޭރުގަ ހުރެ، އެތެރެއަށްވެސް ނުވަދެ،" އެ ސްކޫލުގައި މަސައްކަތް ކުރަމުން އަންނަ މީހުންގެ ފަރާތުން ކިޔާދިން ކަމަށް ނަޒީލް ވިދާޅުވި އެވެ.

ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ކުއްޖާއަކީ މި އަހަރުގެ ފެބްރުއަރީ މަހު އެ ސްކޫލަށް އަލަށް ވެއްދި ކުއްޖެކެވެ. މީގެ ކުރިން އެ ކުއްޖާ ކިޔަވަމުންދިޔައީ މާލޭގައި ކަމަށާއި އެއީ އެ ސްކޫލަށް އާ ދަރިވަރެއް ކަމަށް ވެސް ނަޒީލްގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.

މި މައްސަލަ މަޖިލީހުގެ ޖެންޑާ ކޮމެޓީއަށް ހުށަހެޅުއްވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވަނީ މިކަމާ ގުޅުން ހުރި ހުރިހާ މުއައްސަސާތަކާއި ތުހުމަތު ކުރާ ހުރިހާ މީހުންވެސް ހާޒިރުކޮށް ތަހުގީގު ކުރުމަށް އެދިވަޑައިގެންފަ އެވެ.

މިއަދުގެ ޖަލްސާ ނިންމާލާފައި ވަނީ އިދާރާތަކުގެ ލިޔެކިޔުންތައް މާދަމާއަށް ލިބިއްޖެނަމަ ބުދަ ދުވަހަށް އިތުރު ބައްދަލުވުމެއް ބާއްވާ ގޮތަށެވެ. ނުވަތަ ބުރާސްފަތި ދުވަހު އިތުރު ބައްދަލުވުމެއް ބާއްވަން ޖެހިދާނެ ކަމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދް ވިދާލުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox