ރޯދަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނާނެ

މިދިޔަ އަހަރުގެ ރޯދަމަހު އިސްލާމީ މަރުކަޒުގައި ހުރި ކައުންޓަރަކުން ފިތުރު ޒަކާތް ބަލައިގަންނަނީ. މިއަހަރު ވެސް އޮންލައިންކޮށް ނުދެއްކޭ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީއަށް ގޮސް ޒަކާތް ދެއްކޭނެ --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިދިޔަ އަހަރުގެ ރޯދަމަހު އިސްލާމީ މަރުކަޒުގައި ހުރި ކައުންޓަރަކުން ފިތުރު ޒަކާތް ބަލައިގަންނަނީ. މިއަހަރު ވެސް އޮންލައިންކޮށް ނުދެއްކޭ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީއަށް ގޮސް ޒަކާތް ދެއްކޭނެ --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި ފެށޭ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ދެއްކޭނެ ގޮތްތަކާއި ދައްކަން ޖެހޭ އަދަދުތައް އިސްލާމިކް މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނާނެ އެވެ. ޒަކާތުގެ ނިސާބު ވެސް މިއަދު ވަނީ އާންމުކޮށްފަ އެވެ.

titledesc

އުރީދު އާއި ދިރާގު އަދި މޯލްޑިވްްސް އިސްލާމިކް ބޭންކް އަދި ފަހިޕޭ އެޕްލިކޭޝަންތަކުން ޒަކާތް ދެއްކޭނެ އެވެ. އޭގެ އިތުރުން ބެންކު އޮފް މޯލްޑިވްސް އާއި ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް އިން ވެސް ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އޮންލައިންކޮށް ނުދެއްކޭ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އިސްލާމީ މަރުކަޒުގެ ހޯލުން ޒަކާތް ދެއްކޭނެ އިންޒާމު ހަމަޖައްސާފައި ވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00 އަށް މިނިސްޓްރީން ޒަކާތް ބަލައިގަންނާނެ އެވެ.

ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ކައުންސިލުންނެވެ. ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ 2.4 ކިލޯގެ އަގަށްވާ ފައިސާއިންނެވެ.

ފިތުރު ޒަކާތް ގޮވާމުން ބަލައިގަންނާނީ ރޯދަމަހުގެ ފަހު ދިހައިން ފެށިގެންނެވެ. ހަމައެއާއެކު، މި އަހަރު ފިތުރު ޒަކާތް ހުރިހާ ރަށަކުން ވެސް ނަގަން ހަމަޖެހިފައި ވަނީ އެއް ރޭޓަކުންނެވެ.

އެހެން އަހަރުތަކާއި ކުޑަކޮށް ތަފާތުކޮށް، މިފަހަރު ފިތުރު ޒަކާތް ދައްކާ މީހާއަށް އެމީހަކު ބޭނުންވާ ރަށަކަށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމުތަކެއް ރާވަމުންދާ ކަމަށް މީގެ ކުރިން އިސްލާމިކް މިނިސްޓަރު ހާމަކުރައްވާފައިވެ އެވެ. ނަމަވެސް، އަދި އެ އިންތިޒާމުތަކާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖޭގައި ފިތުރު ޒަކާތް ހައްގުވާ ފަގީރުންގެ ދަފްތަރުގައި 9،041 މީހުން ރެޖިސްޓްރީ ކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox