ސަލްމާން މިސްކިތުގައި ނަމާދުކުރަން ފަށައިފި

ކިންގް ސަލްމާން މިސްކިތް: ކުރީގެ ސަރުކާރުގައި ފެށި މިސްކިތް ނުހުޅުވި ލަސްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކިންގް ސަލްމާން މިސްކިތް: ކުރީގެ ސަރުކާރުގައި ފެށި މިސްކިތް ނުހުޅުވި ލަސްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރަސްމީކޮށް ނުހުޅުވި ނަމަވެސް ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތް ކަމަށްވާ ކިންގު ސަލްމާން މިސްކިތުގައި ނަމާދު ކުރަން ފަށައިފި އެވެ.

މިދިޔަ އަހަރު ރޯދައަށް ވަގުތީ ގޮތުން މިސްކިތް ހުޅުވަން ނިންމި ނަމަވެސް, ކޮވިޑްގެ ހާލަތު މާލޭގައި ގޯސްވެ މިސްކިތް ހުޅުވާފައެއް ނުވެ އެވެ.

ނަމަވެސް، މި ފެށޭ ރޯދަ މަހާ ދިމާކޮށް މިއަދުގެ ހުކުރު ނަމާދުން ފެށިގެން އެ މިސްކިތުގައި ނަމާދުކުރަން ވަނީ ފަށާފަ އެވެ. އަދި، އައްޝައިހް ނަސްރުﷲ އަލީ ވަނީ އެ މިސްކިތުގެ އިމާމެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.

ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވާނެ ތާރީހެއް ފަހުން ކަނޑައަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު މީގެކުރިން ވިދާޅުވެފައިވެ އެވެ.

މި މިސްކިތް ރަސްމީކޮށް ހުޅުވުމަށް ދެ މިލިއަން ޑޮލަރު ސައުދީން ދޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ބުނެފައިވެ އެވެ. އަދި، މިސްކިތް ހުޅުވުމުގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ސައުދީގެ ވަފްދެއް ވެސް މީގެކުރިން ރާއްޖެއަށް އައިސްފައިވެ އެވެ.

ކިންގް ސަލްމާން މިސްކިތަކީ ސައޫދީ ރަސްގެފާނުގެ އެހީގައި އިމާރާތްކޮށްފައިވާ މިސްކިތެކެވެ.

އެ މިސްކިތުގެ މަސައްކަތް ކުރަން ހަވާލުކުރީ ތުރުކީގެ ޓާމެކްސް ކުންފުންޏާ އެވެ. އެ ކުންފުންޏާއެކު ކުރީގެ ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017ގަ އެވެ.

ރައީސް ޔާމީންގެ ދައުރުގައި 2018 ވަނަ އަހަރު އަޅަން ފެށި ކިންގް ސަލްމާން މިސްކިތަކީ 25 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އޭގެ ތެރެއިން 14 މިލިއަން ޑޮލަރަކީ ސައުދީގެ ހިލޭ އެހީ އެވެ. ބާކީ ހަރަދުކުރީ ދިވެހި ސަރުކާރުންނެވެ.

އެ މިސްކިތުގައި އަރާފޭބުމަށް ލިފުޓު ހަރުކޮށްފައިވާއިރު އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭނެ އެވެ. ލައިބްރަރީއަކާއި ކްލާސްރޫމްތަކުގެ އިތުރުން ސެމިނާ ރޫމްތައް ވެސް މި މިސްކިތުގައި ހުންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox