ދައުރު ނިމުމުގެ ކުރިން ފުޓްސަލް އިންޑޯ ދަނޑެއް އަޅާނަން: މަހްލޫފް

Mar 30, 2022, 6:25 AM
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. އޭނާ ވިދާޅުވީ ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ފުޓްސަލް އިންޑޯ ދަނޑެއް އަޅާނެ ކަމަށް --- ފޮޓޯ: މަޖިލީހުގެ އިދާރާ

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. އޭނާ ވިދާޅުވީ ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ފުޓްސަލް އިންޑޯ ދަނޑެއް އަޅާނެ ކަމަށް --- ފޮޓޯ: މަޖިލީހުގެ އިދާރާ

މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި ފުޓްސަލް އިންޑޯ ދަނޑެއް އަޅާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހްލޫފު ވިދާޅުވީ ރާއްޖޭގެ ފުޓްސަލް ގައުމީ ޓީމު ކުޅޭނެ ދަނޑެއް ނުލިބިގެން އުޅުނު ކަމަށް ބުނާ ސޯޝަލް މީޑިއާ ޕޯސްޓްތަކެއް ފެނިވަޑައިގެންނެވި ކަމަށާއި އެއީ އެހެން ނަމަވެސް އެޓީމަށް ހަގީގަތުގައި ނުލިބިގެން އުޅުނީ އިންޑޯ ދަނޑެއް ކަމަށެވެ. އެއީ، އެފަދަ ދަނޑެއް ރާއްޖޭގައި ނެތީމަ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދު ރާއްޖޭގައި ފުޓްސެލް އިންޑޯ ދަނޑެއް ނެތް. އެހެންވީމާ އެމްޔޫގެ އިންޑޯ ކޮމްޕްލެކްސްގައި ކުޅެން އެދުނީމާ ނުލިބުމަކީ، އަޅުގަނޑުމެން ވެސް އަދި އެފްއޭއެމުން ވެސް ކުރާނެ ކަމެއް ނެތް[މައްސަލައެެއް]،" ފުޓްސަލް ގައުމީ ޓީމް ޕްރެކްޓިސްކުރާނެ ތަނެއް ނުލިބުނު މައްސަލައިގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

Advertisement

އެއާ އެކު އޭނާ ވިދާޅުވީ ކިރިޔާ ޖާގައެއް ލިބުނަސް އިންޑޯ ދަނޑެއް އަޅާނެ ކަމަށެވެ.

"އަޅުގަނޑަށް އެ ޔަގީންކަން އެބަ އޮތް. އަދި އަޅުގަނޑު އުއްމީދުކުރަނީ ހަމަ މި ދައުރު ނިމުމުގެ ކުރިން ފުޓްސަލް އިންޑޯއެއް ރާއްޖޭގައި އޮންނާނެ ކަަމަށް. އިރާދަކުރެއްވިއްޔާ އެކަން ކުރެވޭނެ،" މަހްލޫފު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ހުރި ދަނޑުތަކަކީ އައުޓްޑޯ ދަނޑުތަކަށް ވާތީ އެއީ ހަގީގަތުގައި ފުޓްސަލް ދަނޑުތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް، ދާދިފަހުން ގައުމީ ފުޓްސަލް ޓީމުން ކުޅުނު މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ހޯދިކަން އޭނާ ފާހަގަކުރި އެވެ.

"ފުޓްސަލް އޭ ކިޔާފައި އަޅުގަނޑުމެން ހަދައިގެން މިތިބީ މިނީ ފުޓްބޯޅަ ޕިޗްތަކެއް. އެތަަނަށް އަރައި ފުޓްސަލްގެ ގަވައިދާ އެއްގޮތަށް މިކުޅެވެނީ ހަގީގަތުގައި އެހެން އެއްޗެއް،" މަހްލޫފު ވިދާޅުވި އެވެ.

ސަރުކާރުން މި ވަގުތު ފުޓްސަލް ކުޅެން ހަދާފައިވާ ދަނޑުތަކަކީ ޓާފް ކަމަށްވާއިރު، އެ ތަނުގައި ޕްރެކްޓިސް ކޮށްފައި ގޮސް، އިންޑޯ އެއްގައި މުބާރާތް ކުޅެން ޖެހުމުން ވާނެ އުނދަގޫ ގައުމީ ޓީމުން ވަނީ މި ފަހަރުގެ ތައިލެންޑް އިންވިޓޭޝަނަލް މުބާރާތާއި 2017 ވަނަ އަހަރު އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައި ވެސް ތަހައްމަލުކޮށްފަ އެވެ.

ފުޓްސަލް އިންޑޯއެއް ރާއްޖޭގައި ނެތްއިރު، އިންޓަނޭޝަނަލް މުބާރާތަކަށް ތައްޔާރުވާން ބޭނުން ކުރެވޭނެ ތަނަކަށް ކިރިޔާ ވެސް ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ތަނަކީ ސޯޝަލް ސެންޓަރު އިންޑޯ ކޯޓެވެ. އެކަމަކު، މި ވަގުތު އެތަނަކީ ހަތަރު ވަރަކަށް ގައުމީ ކުޅިވަރު އެސޯސިއޭޝަނުގެ އަހަރީ ކަލަންޑަރުގެ ގިނަ ހަރަކާތްތައް ބަރޯސާވެފައި އޮންނަ ތަނެވެ.

ދެކުނު ކޮރެއާގެ ސްކައިވިންޑް ކުންފުންޏާ ހަވާލުކޮށްގެން އެފްއޭއެމުން ހިންގަމުން އަންނަ އިންފްރާސްޓްރަކްޗާ ޑިވެލޮޕްކުރުމުގެ ޕްރޮޖެކްޓްގެ ތެރެއިން ފުޓްސަލް އިންޑޯ ކޯޓެއް އެޅުމުގެ ކަންތައްތަކެއް ކުރިއަށްދެޔެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox