ޗިލީ އާއި ކޮލަމްބިއާ ފަހަތަށް ޖައްސާލައި ޕެރޫ ވޯލްޑް ކަޕް ޕްލޭއޮފަށް

Mar 30, 2022, 4:06 AM
ޕެރޫގެ ލަޕަޑޫލާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ޕެރޫގެ ލަޕަޑޫލާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މޮންޓެވީޑޯ، އުރުގުއޭ (މާޗް 30) - ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން ބުރުގައި ރޭ ކުޅުނު މެޗުތަކަށް ފަހު ކޮލަމްބިއާ އާއި ޗިލީ ފަހަަތަށް ޖައްސާލުމަށް ފަހު ޕެރޫ އިން ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފް ޖާގައެއް ހޯދައިފި އެވެ. ޕެރޫ ވަނީ ރޭ ކުޅުނު މެޗުން ޕެރަގުއޭ އަތުން 2-0 އިން މޮޅުވެފަ އެވެ.

ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި 10 ޓީމު ވާދަކުރާއިރު، ވޯލްޑް ކަޕްގެ ސީދާ ޖާގަ ލިބޭނީ ގަދަ ހަތަރު ޓީމަށެވެ. އެ ޖާގަތައް ހޯދީ ބްރެޒިލް، އާޖެންޓީނާ، އުރުގުއޭ އަދި އެކުއެޑޯ އެވެ.

އެއް ވަނައިގައި އޮތް ބްރެޒިލުން ރޭ 4-0 އިން ބޮލިވިއާ ބަލިކުރި އެވެ. ބްރެޒިލަށް 17 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، އާޖެންޓީނާ ރޭ ވަނީ 1-1 އިން އެކުއެޑޯއާ އެއްވަރުވެފަ އެވެ. އާޖެންޓީނާ އަށް ވަނީ 17 މެޗުން 39 ޕޮއިންޓް ހޯދައިފަ އެވެ. ބްރެޒިލުން 45 ޕޮއިންޓް ހަމަކުރުމާ އެކު އެ ޓީމުން ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ދެކުނު އެމެރިކާގައި އެންމެ ރެކޯޑް ރަނގަޅު ޓީމުގެ ޝަރަފް ހޯދައިފަ އެވެ. މީގެ ކުރިން އެންމެ ރަނގަޅު ރެކޯޑެއް އޮތީ 2002 ގެ ވޯލްޑް ކަޕް ކޮލިފައިންގައި މާސެލޯ ބިއެލްސާ އާޖެންޓީނާ ގޮވައިގެން ވާދަކުރިއިރު އެވެ. އެ ފަހަރު ބިއެލްސާ އަށް ހޯދުނީ 43 ޕޮއިންޓެވެ. ކޮލިފައިންގައި އާޖެންޓީނާ އާއި ބްރެޒިލް ކުޅެން ޖެހޭ މެޗު އަދި ބާކީ އެބައޮތެވެ.

އުރުގުއޭ ތިން ވަނައިގައި އޮތީ 18 މެޗުން 28 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަަދަށް މެޗު ކުޅެގެން އެކުއެޑޯ ވަނީ 26 ޕޮއިންޓާ އެކު ހަތަރު ވަނަ ހޯދައިފަ އެވެ.

ފަސް ވަނަ އަށް ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ. ޕްލޭ އޮފްގެ ޖާގަ ޕެރޫ އިން ހޯދީ އަމިއްލަ ބާރުގައި ރޭގެ މޮޅާ އެކު އެވެ. ކޮލަމްބިއާ އިން ރޭ ވެނެޒުއޭލާ އަތުން 1-0 އިން މޮޅުވި އެވެ. އުރުގުއޭ އަތުން ޗިލީ ބަލިވީ 2-0 އިންނެވެ. ޕެރޫ އަށް 18 މެޗުން 24 ޕޮއިންޓް ލިބުނުއިރު، ކޮލަމްބިއާ އަށް ވަނީ 18 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ. ޗިލީ ނިންމާލީ 18 މެޗުން 19 ޕޮއިންޓާ އެކު އެވެ.

ރޭ ޕެރަގުއޭ ކޮޅަށް ޕެރޫގެ ގޯލުތައް ޖެހީ އިޓަލީ އަށް އުފަން ފޯވާޑް، ޖިއަންލޫކާ ލަޕަޑޫލާ އާއި ޔޮޝިމޯ ޔޯޓުން އެވެ. އިންޓަ ކޮންޓިނެންޝިއަލް ޕްލޭއޮފްގައި ޕެރޫ ކުޅެން ޖެހޭނީ އޮސްޓްރޭލިއާ ނޫނީ ޔޫއޭއާއީ އެވެ. ޕެރޫ އެންމެ ފަހުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ޕްލޭއޮފް ބުރުގައި ނިއު ޒީލެންޑް ބަލިކޮށްފަ އެވެ.

ބްރެޒިލުން ރޭ ކުޅުނު މެޗުގައި ބޮލިވިއާ ކޮޅަށް ގޯލުތައް ޖެހީ ރިޗާލިސަން ދެ ގޯލާއި ލޫކަސް ޕަކޭޓާ އަދި ބްރޫނޯ ގިމާރޭސް އެވެ. މެންޗެސްޓާ ސިޓީއާ ގުޅެން ނިންމާފައިވާ ހޫލިއަން އަލްވާރޭޒްގެ ގޯލުން އާޖެންޓީނާ ލީޑުނަގާފައިވަނިކޮށް އެކުއެޑޯ އަށް އެއްވަރުކޮށްދިނީ އެނާ ވެލެންސިއާ އެވެ.

ޗިލީ ދަނޑުގައި އުރުގުއޭ މޮޅުވިއިރު، އެ ޓީމުގެ ގޯލުތައް ޖަހައިދިނީ ލުއިސް ސުއަރޭޒާއި ފެޑެރީކޯ ވަލްވޭޑޭ އެވެ. ކޮލަމްބިއާ އިން ރޭ ވެނެޒުއޭލާ ބަލިކުރިއިރު، ގޯލު ޖެހީ ޕެނަލްޓީ އަކުން ހަމޭސް ރޮޑްރިގޭޒް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox