އާޖެންޓީނާ އަށް އުނދަގޫ މޮޅެއް، ބްރެޒިލާއި އުރުގުއޭ އެއްވަރު

Nov 20, 2024, 3:51 AM
އާޖެންޓީނާ އަށް އުނދަގޫ މޮޅެއް، ބްރެޒިލާއި އުރުގުއޭ އެއްވަރު

ބީނޯޒް އެރީޒް، އާޖެންޓީނާ (ނޮވެމްބަރު 20) - ފީފާ ވޯލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާ ބުރުގައި ރޭ ޕެރޫ އަތުން 1-0 އިން އާޖެންޓީނާ އިން އުނދަގޫ މޮޅެއް ހޯދިއިރު، އުރުގުއޭ އިން ލީޑުނަގާފައިވަނިކޮށް ބްރެެޒިލުން 1-1 އިން އެއްވަރުކޮށްފި އެވެ.

މި މެޗުތަކަށް ނުކުތްއިރު، އާޖެންޓީނާ ވަނީ އެންމެ ފަހުން ކުޅުނު މެޗުން ޕެރަގުއޭ އަތުން ބަލިވެފަ އެވެ. އަދި ބްރެޒިލުން ވެނެޒުއޭލާއާ ވީ އެއްވަރެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އާޖެންޓީނާ އަށް ފުރަތަމަ ހާފުގައި މާ ރަނގަޅު އެޓޭކްތަކެއް ނުކުރެވުނު ނަމަވެސް، ދެ ވަނަ ހާފުގައި އެ ޓީމުން ވަނީ ލަސްތަކެއް ނުވެ ލަނޑު ޖަހައިފަ އެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ 55 ވަނަ މިނިޓްގަ އެވެ. ލަޓައުރޯ މާޓީނޭޒް، އާޖެންޓީނާ އަށް މި ލަނޑު ޖަހައިދިނީ، އެ ޓީމުގެ ކެޕްޓަން، ލިއޮނަލް މެސީ ދިން ބޯޅައަކުންނެވެ.

އިތުރު ގޯލެއް ޖަހަން އާޖެންޓީނާ އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

މި މޮޅާ އެކު، އާޖެންޓީނާ އިން ދެކުނު އެމެރިކާގެ ކޮލިފައިން ބުރުގެ އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ، އާޖެންޓީނާ އަށް 12 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަަނައިގައި އޮތް އުރުގުއޭ އަށް 12 މެޗުން 20 ޕޮއިންޓް ލިބިފައިވުމުންނެވެ.

އެކުއެޑޯ އިން ވަނީ ރޭ 1-0 އިން ކޮލަމްބިއާ ބަލިކޮށްފަ އެވެ. މި ނަތީޖާއާ އެކު، ތިން ވަނައިގައި އޮތް އެކުއެޑޯ އާއި ހަތަރެއްގައި އޮތް ކޮލަމްބިއާ އަށް ވަނީ 12 މެޗުން 19 ޕޮއިންޓް ލިބިފަ އެެވެ.

ބްރެޒިލް، ފަސް ވަނައިގައި އޮތީ 12 މެޗުން 18 ޕޮއިންޓާ އެކު އެވެ.

އުރުގުއޭ އިން ބްރެޒިލް ކޮޅަށް ފެޑެރީކޯ ވަލްވޭޑޭގެ ގޯލުން ލީޑުނެގި އެވެ. އެކަމަކު ދެ ވަނަ ހާފުގައި، ޖާސަން ވަނީ މޮޅު ގޯލެއް ޖަހައި ބްރެޒިލަށް އެއްވަރުކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox