ހަ އަހަރު ކުއްޖާއާ ބެހުނު މައްސަލައިގައި އިތުރު މީހަކު ހިމެނޭތޯ ފުލުހުން ޔަގީން ކުރަނީ

ހަ އަހަރު ކުއްޖާއާ ބެހުނު މައްސަލައިގައި އިތުރު މީހަކު ހިމެނޭތޯ ފުލުހުން ޔަގީން ކުރަނީ

އައްޑޫ ސިޓީގައި އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އިތުރު މީހެއްގެ ބައިވެރިވުން އޮތްތޯ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ހިތަދޫގައި ދިރިއުޅޭ އެ ކުޑަކުއްޖާއަށް ޖިންސީ އަނިޔާ ކުރި މައްސަލައިގައި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ފުލުހުން ވަނީ އެ ރަށު ސްކޫލެއްގައި މަސައްކަތް ކުރާ އުމުރުން 59 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފަ އެވެ.

އެކަމަކު، ފުލުހުން ހައްޔަރުކުރީ ހަގީގަތުގައި ކުށް ކުރި މީހާ ނޫން ކަމަށް ބުނެ އައްޑޫގައި ބަޔަކު އަންނަނީ އިހްތިޖާޖު ކުރަމުންނެވެ. އިޖްތިޖާޖް ކުރުމުގެ ތެރޭގައި ހިނގައިދިޔަ ކަންތައްގަނޑެއްގެ ތެރޭގައި އިތުރު ބަޔަކު ހައްޔަރުކޮށްފައި އޮއްވާ މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އިތުރު މީހަކު އެ ކުށުގައި ހިމެނޭތޯ ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

"... [މައްސަލައިގައި] އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި އެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަކުރުމާއި މައްސަލައާ ގުޅިގެން ހޯދަންޖެހޭ ހެއްކާއި ގަރީނާ ހޯދައި، އިތުރު ފަރާތެއް މި މައްސަލާގައި ޝާމިލުވޭތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތްތައް މި ޚިދުމަތުގެ ފަރާތުން ކުރަމުންގެންދާ ވާހަކަ ދަންނަވަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ކުއްޖާ އަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދައްކައި މެޑިކަލް އެސެސްމަންޓެއް ހަދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ކުއްޖާގެ ނަފްސާނީ ހާލަތާ ގުޅޭ އެސެސްމަންޓްތައް ހެދުމަށާއި ކުއްޖާ އަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"އޭގެ އިތުރުން، މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން، މައްސަލައާ ގުޅުންހުރި ފަރާތްތަކާ ތަހުގީގު ޓީމުގެ ފަރާތުން ހިއްސާކުރަންޖެހޭ މައުލޫމާތު ދުވަހުން ދުވަހަށް މި ގެންދަނީ ހިއްސާ ކުރަމުން،" އެ ބަޔާނުގައިވެ އެވެ.

ފުލުހުން އެ މައްސަލަ އިތުރަށް ބަލަމުން ދާއިރު، ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރާ މައްސަލަ އަވަސްކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ގޮވާލައިފަ އެވެ.

އެ މައްސަލައިގައި އައްޑޫގައި މުޒާހަރާ ކުރަން ފެށީ އިއްޔެ މެންދުރުގެ ވަގުތެއްގަ، އާންމުން އެ މައްސަލައިގައި ތުހުމަތު ކުރާ މީހާ ދިރިއުޅޭ ގެ ކައިރީގަ އެވެ. މުޒާހަރާގެ ބައިވެރިން ފުލުހުން އެތަނުން ދުރަށް ފޮނުވާލީ ބާރުގެ ބޭނުންކޮށްގެނެވެ. މުޒާހަރާގެ ބައެއް ބައިވެރިން ހައްޔަރު ކުރީ އޭގެ ފަހުން، ރޭގެ ދަންވަރުގެ ވަގުތެއްގައިކަން އެނގިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox