ގަމު ރީޖަނަލް ހޮސްޕިޓަލްގެ ހާލަތު ގޯސްވެ މަޖިލީހަށް މައްސަލައެއް

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ގަމު ރީޖަނަލް ހޮސްޕިޓަލްގެ ހާލަތު ގޯސްވެފައި ވާތީ އޭނާ މިއަދު މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވި -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ގަމު ރީޖަނަލް ހޮސްޕިޓަލްގެ ހާލަތު ގޯސްވެފައި ވާތީ އޭނާ މިއަދު މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވި -- ފޮޓޯ: މަޖިލީހުގެ އިދާރާ

ލ. ގަމުގައި ރީޖަނަލް ހޮސްޕިޓަލުން ދޭ ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިވާތީ ރައްޔިތުންގެ ޝަކުވާ ލިބޭ ކަމަށް ވިދާޅުވެ، މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ ދަށުން އެެ މައްސަލަ ހުށަހަޅުއްވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސައީދު ވިދާޅުވީ ގަމު ރީޖަނަލް ހޮސްޕިޓަލްގައި ޓާޝަރީ ފެންވަރަށް ވަސީލަތްތައް ގާއިމް ނުކުރެވި، ބަލިމީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތަކެއް ހިނގާފައިވާ ކަމަށެވެ. އެފަދަ ހާދިސާތައް ހިނގާފައި ވަނީ އޭނާ ވިދާޅުވި ގޮތުގައި ފަރުވާކުޑަވެގެންނާއި ހޮސްޕިޓަލްގެ ހިންގުން ދޯދިޔާކަމުންނެވެ.

"...ގަމު ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިންގުން ހަރުދަނާކޮށް މިމައްސަލަތައް ވީހާވެސް އަވަހަށް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށަހަޅަމެވެ،" ސައީދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި މަޖިލީހަށް އެ މައްސަލަ ހުށަހެޅުއްވީ ކޮންމެހެން ތިބެން ޖެހޭ ސްޕެޝަލިޓީތަކުގެ ޑޮކްޓަރުން ނެތީމަ އެވެ. އެހޮސްޕިޓަލްގައި ޓެސްޓްތައް ހެދެން ނެތުމާއި އެހެނިހެން ވަސީލަތްތައް ނެތުމާއި އިމާރާތްތައް މަރާމާތު ނުކުރެވުމުގެ މައްސަލަ ވެސް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލް ހިންގަން އަލަށް އެކުލަވައިލި ބޯޑަށް އެ ހޮސްޕިޓަލްގެ މުވައްޒަފުންގެ ކަންތައްތައް ނުބެލެހެއްޓޭ ކަމަށް ވެސް ސައީދު ތުހުމަތުކުރެއްވި އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 31 މެމްބަރުންގެ ތެރެއިން 20 މެމަބަރުންގެ ވޯޓުންނެވެ. އެ މައްސަަލަ ބަލައިގަންނަން ނުފެންނަ ކަމަށް 11 މެމްބަރުން ވޯޓް ދެއްވި އެވެ.

މައްސަލައަށް ބަހުސް ކުރުމުގެ ފުރަތަަމަ ފުރުސަތުގައި ސައީދު ވިދާޅުވީ ގަމު ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރު ދަށްވުމުގެ މައްސަލަ ސަަރުކާރުގެ ސަަމާލު ކަމަށް ގެންނަނަވަން އޭނާ މައްސަލައެއް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މޫސާ ސިރާޖުގެ ވެސް އެއްބާރުލުމާ އެކުގަ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަރިހު ވެސް އެވާހަކަ ވަކިން ދައްކަވާފައިވާނެ ކަމަށާއި އެ މަނިކުފާނު ވެސް އެކަމަށް ތަރުހީބު ދެއްވި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ގަމު ހޮސްޕިޓަލްގެ ހާލަތު މިހާރު އޮތް ގޮތުގެ ތަފްސީލް ދެއްވަމުން ސިރާޖު ވިދާޅުވީ މިއީ ވަރަށް ލަދުވެތި ދުވަހެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ބަލައިގަތުމާ ދެކޮޅަށް އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އެމްޑީޕީގެ ބައެއް މެމްބަރުން ވޯޓު ދެއްވުމަކީ ލަދުވެތި ކަމެކެވެ.

"ގަން ރީޖަނަލް ހޮސްޕިޓަލްގެ ހާލަތު ވަރަށް ބޮޑަށް ދަށް. އެކްސްރޭއެއް ނުނެގޭތާ މިހާރު ތިން މަސް. ދަތުގެ ފަރުވާއެއް ނުލިބޭތާ މިހާރު އެއް އަހަރަށް ވުރެ ގިނަދުވަސް ވީ. ސްކޭން ޑޮކްޓަރެއް އެއްގޮތަކަށް ނެތްތާ ހަމަސްވީ. މިހެން ކިޔަން [އެބަހުރި] ބައިވަރު ކަންކަން އިއްޒަތްތެރި ރައީސް،" ސިރާޖް ވިދާޅުވި އެވ.

އޭނާ ވިދާޅުވީ އެކަންތައްތައް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް މީގެ ކުރިން ވެސް އެތައް ފަހަރަކު ގެންނަވާފައިވާނެ އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެމްޑީޕީގެ މެމްބަރުން "ރަތަށް ފިތުމަކީ" އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox