މިކަން ފެށީ ނަޝީދުގެ އެހީތެރިކަމާއެކު، ފަހުން ހިޔާލު ބަދަލުވީ: ފައްޔާޒު

ފައްޔާޒާއި ރައީސް ނަޝީދު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފައްޔާޒް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޗެއާޕާސަންކަމަށް އޭނާ ވާދަކުރައްވަން ނިންމެވީ ނަޝީދު އެގޮތަށް އެދުމުން -- ފޮޓޯ: އެމްޑީޕީ

ފައްޔާޒާއި ރައީސް ނަޝީދު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފައްޔާޒް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޗެއާޕާސަންކަމަށް އޭނާ ވާދަކުރައްވަން ނިންމެވީ ނަޝީދު އެގޮތަށް އެދުމުން -- ފޮޓޯ: އެމްޑީޕީ

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޗެއާޕާސަން ކަމަށް ވާދަކުރައްވަން ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް އެހީތެރިކަމާ އެކުގައި ކަމަށާއި، ނަމަވެސް ފަހުން އެމަނިކުފާނުގެ ހިޔާލު ބަދަލުވީ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނަށް ރަށްރަށަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން ގދ. ފަރެސްމާތޮޑާ އަށް ވަޑައިގެން ފައްޔާޒް ވިދާޅުވީ އޭނާ ޗެއާޕާސަންކަމަށް ވާދަކުރަނީ ނަޝީދު އެޕާޓީގެ ހަރަކާތްތަކުން އެކަހެރިކުރަން ނުވަތަ، ބޭރުކުރަން ވެސް ނޫން ކަމަށެވެ. އަދި އެފަދަ ވިސްނުމެއް، އެ މަގާމަށް ވާދަކުރުމުގެ ކުރިންވެސް އަދި މިހާރުވެސް ނުގެންގުޅުއްވާ ކަމަަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ ނަޝީދު އެ ޕާޓީން ވަކިކުރަން މަސައްކަތް ކުރައްވާ ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ކުރާ ތުހުމަތުތައް ދޮގުކުރައްވަމުންނެވެ.

"ރައީސް ނަޝީދު ބާކީ ކުރާކަށްވެސް، އެކަހެރި ކުރާކަށްވެސް، ޕާޓީއިން ބޭރުކުރާކަށްވެސް، އެއްވެސް ކަހަލަ ނިޔަތެއް އޮވެގެން ނޫން އަޅުގަނޑު މިކަން ފެށީ، އަޅުގަނޑު މިކަން ފެށީ ރައީސް ނަޝީދުގެވެސް އެހީތެރިކަމާ އެކު، ދެން ހިޔާލު ފަހުން ބަދަލުވީ،" ފައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑަކީ ސިޔާސީ މީހެއް، އަޅުގަނޑު އިލެކްޝަނަކުން ބަލިވުމަކީ އަޅުގަނޑަށް މައްސަލައެއް ނޫން، ފަހަތަށް ޖެހުމަކީ އަޅުގަނޑަށް މައްސަލައެއް، އެހެންވީމަ އަޅުގަނޑަށް [ޗެއާޕާސަންކަމަށް] ނުކުތުމުގައި ފަހަތަށް ޖެހެވޭކަށް ނެތް."

ފައްޔާޒް ވިދާޅުވާ ގޮތުގައި ނަޝީދު އެމްޑީޕީއިން ވަކިކުރެވޭނެ މީހެއް މި ރާއްޖެއަކުވެސް ނެތެވެ. އޭނާ އެ އިންތިހާބު ކާމިޔާބުކޮށް، އެމްޑީޕީގެ ޗެއާޕާސަން ކަމަށް އާދެވުމަކީވެސް ނަޝީދު އެޕާޓީއިން ވަކިކުރެވޭނެ ކަމެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ޗެެއާޕާސަންގެ އިންތިހާބާއެކު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންނާއި އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވާ ބޭފުޅުންގެ މެދުގައި ފެކްޝަން އުފެދި ދެ ފެކްޝަންގެ ކޯޅުން ވެސް ވަނީ ބޮޑުވެފަ އެވެ.

ފައްޔާޒު އަންނަނީ ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކޮށް އެ ރަށްތަކުގައި ދިރިއުޅޭ އެމްޑީޕީ މެމްބަރުންގެ ތާއީދު ހޯދުމަށް ކެމްޕޭން ދަތުރުތައް ކުރައްވަމުންނެވެ. އަދި، އޭނާގެ އިދިކޮޅަށް ނުކުންނަވާ އިމްތިޔާޒު ފަހުމީ ވެސް ގެންދަވަނީ ބުރަކޮށް ކެމްޕޭން ކުރައްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox