އޮލިމްޕިކް ކޮމިޓީގެ 10 އަހަރުގެ ޕްލޭނުން މިސްރާބު ސާފުވާނެ

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އެކުލަވާލާ 10 އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެކު ރާއްޖޭގެ ކުޅިވަރު ބޭނުންވާ މިސްރާބަށް ގެންދަން ވަރަށް މުހިންމު ކަންތައްތަކެއް ސާފުވެގެން ދާނެ ކަމަށް އޮލިމްޕިކް ކޮމީޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އޮލިމްޕިކް ކޮމީޓީގެ އަހަރީ އާންމު ޖަލްސާ ނިންމާލުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައްތާރު ވިދާޅުވީ 10 އަހަރުގެ ޕްލޭނަކީ ހަގީގަތުގައި ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. މިއީ ރާއްޖޭން މީގެ ކުރިން ވެސް ކުރަން ޖެހިފައި އޮތް ކަމެއް އަދި ބޭނުންވާ ގޮތަށް ނުކުރެވި އޮތް ކަމެއް ކަމަށް ވެސް ސައްތާރު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ ކުޅިވަރު މިހާރު އޮތް ހިސާބާ ދެން ދާންޖެހޭ ހިސާބާއި އަޅުގަނޑުމެން ކޮންކޮން ކަންތައްތަކެއްތޯ ޑިވެލޮޕްކުރަން ޖެހެނީ މި ހުރިހާ ކަމެއް މީގެ ތެރޭގައި ހިމެނިގެންދާނެ. ވަރަށް ވަރަށް މުހިންމު އެއްޗެއް ކަމަށް އަޅުގަނޑު ދެކެން، އަދި ވަރަށް ބުރަ މަސައްކަތެއް،" ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަން ވެސް ފުރަމުން އަންނަ ސައްތާރު ވިދާޅުވި އެވެ.

"ކުރީގެ ކުޅިވަރު ކުޅުންތެރިންނާ މީގެ ތެރޭގައި އުޅޭ އެކި ބޭބޭފުޅުންނާ ވެސް ބައްދަލުކުރެވިފައިވަނީ އޭގެ އިތުރުން ހުރިހާ އެސޯސިއޭޝަންތަކުގެ ބޭފުޅުންނާ ބައްދަލުކޮށް، ކަންތައްތަކެއް ކުރެވިފައި ވަނީ. އެ ހިސާބުން އަދި ނުނިމޭ. ޑިވެލޮޕްކުރާއިރު، މީގެ ފްރޭމްވޯކަކީ އިންޓަނޭޝަނަލް ފްރޭމްވޯކެއްގެ ތެރެއިން މި އެއްޗެހިތައް އަޅަމުން ދަނީ،"

އޮލިމްޕިކް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސައްތާރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސައްތާރު ވިދާޅުވީ މި ޕްލޭން ވީ އެންމެ ފުރިހަމަކޮށް ގެންދަން އެކަށީގެންވާ ވަގުތެއް ނަގާނެ ކަމަށެވެ. ސަަބަބަކީ މުސްތަގުބަލެއް ބައްޓަން ކުރަން މި ވަރުގެ އެއްޗެއް ހަދާއިރު، ހޯދަން ޖެހޭ ބައިވަރެއް ކަންކަން ވެސް ހުންނާނެތީ ކަމަށް ސައްތާރު ފާހަގަކުރެއްވި އެވެ.

"މިހާރު ދެބައިކުޅަ އެއްބައި މަސައްކަތް ކުރެވިފައިވަނީ. އަދި ހަމަ ވަގުުތުނަގާނެ. މި ނިމިގެންދާއިރު ވެސް އަޅުގަނޑު ނުއެއް ބުނާނަން މިއީ އެންމެ ފުރިހަމަ އެއްޗަކަށްވާނެ ކަމަށް. މި ކަހަލަ އެއްޗަކީ ބަދަލުކުރަން ވެސް ޖެހޭނެ އެއްޗެއް. ފުރަތަމަ އެއްޗެއް ވީމަ އިޝޫސް (މައްސަލަ) ވެސް ހުރެދާނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދެތިން ހަތަރު މަސް ތެރޭ ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ،" ސައްތާރު ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީގައި މިހާރު އޮތް ހިންގާ ކޮމިޓީ އަކީ އެސޯސިއޭޝަންތަކުގެ ރޯލުތައް ވަރަށް ބޮޑަށް ފުޅާވެފައި އޮތް ކޮމިޓީ އަކަށްވާތީއާ އެކު ކަންކަން ކުރިއަށް ދަނީ އެސޯސިއޭޝަންތަކާ ވަރަށް ބޮޑަށް ގުޅިގެން ވަރަށް ބޮޑު އެއްބާރުލުމަކާ އެކީ ކަމަށް ސައްތާރު ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) ވިދާޅުވީ ސްޓްރެޓީޖިކް އެކްޝަން ޕްލޭން މިހާރު އޮތް ހިސާބުން ދެން އޮތް ހަރުފަތަށް ކަންކަން ގެންދިއުމުގެ ކުރިން އެއްކުރަން ޖެހޭ މައުލޫމާތު އެބަހުރި ކަމަށެވެ. އޮލިމްޕިކް ކޮމިޓީން ވެސް ލާމަރުކަޒީ ގޮތުން ކަންކަން ކުރަން ރާވާއިރު، ރަށްރަށުގައި ތިބި ސްޕޯޓްސް ކައުންސިލަރުންގެ މައުލޫމާތު ވެސް ހޯދަންޖެހޭ ކަމަށެވެ.

"އެއީ އެއްވެސް ޑޭޓާއެއް ހަގީގަތުގައި ނެތް ކަމެއްގެ ވާހަކަ މި ދައްކަނީ. އެހެންވީމަ، ދެން ތި ކުރެއްވި ސުވާލާ ވެސް ގުޅުން ހުރި، ލާ މަރުކަޒީ ވާން ޖެހޭ. އެ ޑޭޓާ ވެސް އައިސްގެން މުޅި އެތި ކޮމްޕައިލް ކޮށްލެވޭއިރު އަޅުގަނޑު ގަބޫލުކުރަނީ ފުރިހަމަ އެއްޗަކަށް ވާނެ ކަމަށް،" ތަމޫ ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީގެ ވިސްނުމަކީ ކުޅިވަރާ ގުޅޭ ކަންކަން ކުރާއިރު މުޅި ރާއްޖޭގެ ބައިވެރިވުން އޮންނާނެ ގޮތަކަށް ދިއުމެވެ.

ނެޝަނަލް ގޭމްސްއެއްގެ ވިސްނުން

މީގެ އަހަރުތަކެއް ކުރިން އޮލިމްޕިކް ކޮމިޓީގެ އާންމު ޖަލްސާއެއްގައި ވަނީ ނެޝަނަލް ގޭމްސްއެއް ބޭއްވުމުގެ ހިޔާލާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ. ނެޝަނަލް ގޭމްސް އަކީ ބައިނަލްއަގުވާމީ ބޮޑު ގޭމްސް އެއް ރާއްޖޭގައި ހޯސްޓްކުރުމުގެ ގޮތުން ކުރަން ރަނގަޅު ތަޖުރިބާއެކެވެ.

އޮލިމްޕިކް ކޮމީޓީގެ ސެކްރެޓަރީ ޖެނެރަަލް ތަމޫ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޮލިމްޕިކް ކޮމިޓީން މީގެ ކުރިން ވިސްނާފައި އޮތީ އަންނަ އަހަރު ނެޝަނަލް ގޭމްސް އެއް ބޭއްވޭތޯ މަސައްކަތް ކުރުމެވެ. އެކަމަކު، އަންނަ އަހަރަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އޮތް އަހަރަކަށް ވާތީ، މި ވަގުތަށް ބަލާއިރު، ނެޝަނަލް ގޭމްސް އަށް ދިއުމަކީ ރަނގަޅު ނިންމުމެއްތޯ އަންނަނީ މަޝްވަރާ ކުރެވެމުންނެވެ.

"ނެޝަނަލް ގޭމްސް އަކަށް ދިއުމުގެ ވާހަކަ އެބަދެކެވޭ. މީގެ ހަތަރު ފަސް އަހަރެއް ކުރިން އެނުއަލް ޖެނެރަލް އެސެމްބްލީގައި ވެސް އޭރު ތިއްބެވި އެގްޒެކްޓިވް ކޮމިޓީން ވެސް ދެއްކެވި ވާހަކައެއް. އަޅުގަނޑުމެންގެ ވެސް އުންމީދަކީ އެއީ. 2023 އަކީ އައިއޯއައިޖީ އާއި ސައުތު އޭޝިއަން ގޭމްސް ވެސް އޮތް އަހަރު. އެހެންވީމަ އެ ބޮޑު ދެ ގޭމްސްއާ އެކީގައި އަޅުގަނޑުމެން ނެޝަނަލް ގޭމްސްއަކަށް ދެވޭނެތޯއޭ، ނުދެވިއްޖިއްޔާ ދެން އަޅުގަނޑުމެންނަށް ކޮން އަހަރަކުތޯއޭ ދެވޭނީ، ކިހިނެއްތޯ އޭ ދެން ހެދޭނީ،" ތަމޫ ވިދާޅުވި އެވެ.

އެންމެ ފުރަތަމަ 2023 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހޯސްޓްކުރުމުގެ ފުރުސަތު ލިބުނީ ރާއްޖެ އަށެވެ. އެކަމަކު، ކޮވިޑް-19ގެ ތެރޭގައި ދިމާވި ގޮންޖެހުންތަކާ ހެދި އައި އިގުތިސާދީ ހީނަރުކަމުގެ ސަބަބުން ރާއްޖެ އަށް ޖެހުނީ އަައިއޯއައިޖީގެ ފުރުސަތު ދޫކޮށްލާށެވެ.

ސައްތާރު ވިދާޅުވީ މިހާރު އޮތްގޮތުން މަސައްކަތްކުރަނީ 2027 ވަނަ އަހަރުގެ އައިއޯއައިޖީ ރާއްޖޭގައި ބޭއްވޭތޯ މަސައްކަތް ކުރަމުން ކަމަށެވެ. މި ކަހަލަ ކަންކަމަކީ ސަރުކާރާ ވާހަަކަ ދައްކައިގެން ވަރަށް ގިނަ ގޮތްގޮތުން ބަލައިގެން ކުރެވޭނެ ކަމެއް ކަމަކަށް ވާތީ ރަސްމީކޮށް މިކަމާ ބެހޭ ކަންކަން އިއުލާނުކުރެވިގެންދާނީ މުހިންމު ކަންކަން ފުރިހަމަވެގެންދިއުމުން ކަމަށް ސައްތާރު ވަނީ ވިދާޅުވެފަ އެވެ.

އައިއޯއައިޖީ ފަދަ މުބާރާތެއް ހޯސްޓްކުރަން ބަލާއިރު، ކުރަން ޖެހޭ އެހެން ކަހަލަ މަސައްކަތް ހުންނާނެ ކަމަށް ތަމޫ ވަނީ ފާހަގަކުރައްވައިފަ އެވެ. އެ ގޮތުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާ މި ގޭމްސް ހޯސްޓްކުރަން ހަމައެކަނި އިންފްރާސްޓްރަކްޗާ ޑިވެލޮޕްކުރުމުގެ ވިސްނުމުގައި އެކަން ކުރުމުގެ އިތުރުން އެކޮމަޑޭޝަން އާއި ކޭޓަރިންގެ ކަންކަން ވެސް ބަލަންޖެހޭނެ ކަމަށާއި މީގެ ވިސްނަން ޖެހޭ އެހެނިހެން ބައިވަރެއް ކަންތައްތައް އެބަހުރި ކަމަށް ތަމޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރާއްޖޭގައި އެ ކެޕޭސިޓީ އެބަހުރިތޯ، އެކަން ކުރެވިދާނެތޯ އެ ހުރިހާ ކަމެއް މި ދަނީ ޑިސްކަސްކުރަމުން (މަޝްވަރާކުރަމުން)، ކުޑަ މެގްނިޓިއުޑެއްގެ ގޭމްސް އެއް ބާއްވައިގެން ފުރަތަމަ ކުރިއަށް ދެވޭތޯ މި މަސައްކަތް ކުރަނީ،" ތަމޫ ވިދާޅުވި އެވެ.

ރާއްޖޭން މިހާރު އޮތްގޮތުން މި އަހަރު ބައިނަލްއަގުވާމީ ފަސް ގޭމްސްއެއްގައި ބައިވެރިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox