ހަޒާޑް ފިޓުކޮށް ހުއްޓަސް ރެއާލުން ބޭނުން ވަނީ ވިއްކާލަން

Mar 23, 2022, 6:15 AM
ހަޒާޑް ފިޓުކޮށް ހުއްޓަސް ރެއާލުން ބޭނުން ވަނީ ވިއްކާލަން

މެޑްރިޑް (މާޗް 23) - ރެއާލް މެޑްރިޑްގެ އެޑެން ހަޒާޑް ފިޓުކޮށް ހުއްޓަސް، އެ ކުލަބުން ތައްޔާރުވަމުން އަންނަނީ އޭނާ ވިއްކާލަން ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބެލްޖިއަމްގެ ކެޕްޓަން، ހަޒާޑް، ރެއާލަަށް ބަދަލުވީ 2019 ވަނަ އަހަރު އިނގިރޭސި ކްލަބް، ޗެލްސީ އިން 110 މިލިއަން ޑޮލަރުގެ ފީއަކަށެވެ. ކެރިއަރުގެ އެންމެ އުހުގައި ހުރެ ރެއާލަށް ހަޒާޑް ބަދަލުވިއިރު ގިނަ ބަޔަކު އުންމީދުކުރީ މޮޅު ކުޅުމެއް އޭނާ ދައްކާނެ ކަމަށެވެ. ނަމަވެސް އަނިޔާގެ މައްސަލަތަކާއި ހުރެ އޭނާ އަށް ޓީމުން ޖާގަ ލިބުމުގައި އުނދަގޫތަކާއި ކުރިމަތިލާން ޖެހުނެވެ.

ވޭތުވެދިޔަ ތިން އަހަރު ހަޒާޑުގެ ފިޓްނަސްއާ ގުޅޭގޮތުން ވެސް ގިނަ ސުވާލުތަކެއް އުފެދުނެވެ. ވަކިން ހާއްސަކޮށް އޭނާގެ ބަރުދަން އިތުރުވެ ފިޓު ނޫން ކަމަށް ބުނެ ރެއާލްގެ ކުރީގެ ކޯޗު ޒިނެދިން ޒިދާން، ހަޒާޑް ސްކޮޑުން ބާކީ ކުރުމާ އެކު އެ ކަމަށް މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނެވެ.

މި ސީޒަންގައި ވެސް ހަޒާޑަށް ކުޅުމުގެ މާ ގިނަ ފުރުސަތުތަކެއް ނުލިބެ އެވެ. ސްޕެނިޝް ލީގުގައި 17 މެޗެއްގައި ހަޒާޑް، ކުޅުނު ކަމުގައިވިޔަސް، މީގެ ތެރެއިން ފުރަތަމަ އެގާރައިން ޖާގަ ލިބުނީ އެންމެ ހަތް މެޗުގަ އެވެ. ސްޕެނިޝް ލީގައި މި ފަހަރު އަދި ހަޒާޑްގެ ގޯލެއް ނުފެނެ އެވެ.

އެންމެ ފަހުން ހަޒާޑް، ރެއާލަށް ލީގުގައި ކުޅުނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އަލަވޭސް އާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއަރައި ހަޒާޑް އެ ދުވަހު ކުޅުނީ ހަ މިނިޓް ވަންދެނެވެ.

ހަޒާޑްގެ ފިޓްނަސްއާ މެދު އިތުރު ސުވާލުތަކެއް އުފެދުނީ ސްޕެނިޝް ލީގުގެ އެންމެ ބޮޑު ވާދަވެރިން ކަމަށްވާ ބާސެލޯނާއާ ދެކޮޅަށް އެންމެ ފަހުން ރެއާލް ކުޅުނު މެޗުގައި ވެސް ރެއާލްގެ ކޯޗު ކާލޯ އެންޗެލޮޓީ ހަޒާޑަށް ފުރުސަތު ނުދޭތީ އެެވެ. ރެއާލާ ހަޒާޑް ގުޅުނު ފަހުން ބާސެލޯނާއާ ދެކޮޅަށް ކުޅުނު ހަތް ކްލަސިކޯގައި ވެސް އޭނާގެ ފެނިލުމެއް ނެތެވެ.

ހަޒާޑްގެ ގާތް މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ހަޒާޑް މި ވަގުތު ވެސް ހުރީ ފިޓްނަސް މައްސަލައެއްގަ އެވެ.

ހަޒާޑުގެ ބަދަލުގައި ރެއާލްގެ ކޯޗު އަންޗެލޮޓީގެ ޓީމުން ގަވާއިދުން ޖާގަ ހޯދަނީ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ (ވިނީ) އެވެ. ވިނީ އަށް ފަހު އަންޗެލޮޓީގެ ފޭވަރިޓުންގެ ލިސްޓުގައި ތިބީ ރޮޑްރީގޯ އަދި މާކޯ އަސެންސިއޯ އެވެ.

ގެރެތް ބޭލް އާއި ހަޒާޑަކީ އަންޗެލޮޓީގެ ޕްލޭނުގައި މާ ބޮޑު ބައިވެރިވުމެއް އޮންނަ ކުޅުންތެރިންނަށް ނުވާތީ މި ސީޒަނަށް ފަހު މި ދެ ކުޅުންތެރިން ވިއްކާލަން ކުލަބުން ބޭނުންވާކަމަށް މީޑިއާ ތަކުން ރިޕޯޓްކުރެ އެވެ.

ހަޒާޑް ބަދަލުވުން އެންމެ ގާތީ އިނގިރޭސީ ޕްރިމިއާ ލީގަށެވެ. ކުރިން ޗެލްސީގައި މޮޅު ކުޅުމެއް ދައްކާފައިވާ ހަޒާޑް ބަދަލުވާން އެންމެ ބޮޑަށް ބޭނުންވަނީ ވެސް ޗެލްސީ އަށެވެ. ނަމަވެސް ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް ޗެލްސީ ވިއްކާލަން ނިންމާފައިވާއިރު، އެ ކްލަބްގެ މާލީ ހާލަތު ކުރިއަށް އޮތްތަނުގައި އަންދާޒާ ކުރެވޭނެ ގޮތެއް ސާފުނުވެ، ހަޒާޑަށް އަލުން އެ ޓީމާ ނުގުޅެވޭނެ އެވެ. އިނގިރޭސި މީޑިއާގައި އަޑުފެތުރޭ ގޮތަށް ބަލާއިރު، ދާދި ފަހުން ސައުދީގެ މަހުޖަނުން ގަތް، ނިއުކާސަލް ޔުނައިޓެޑުން ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ހަޒާޑަށް ބިޑު ކުރާނެ އެވެ.

ރެއާލް ދޫކޮށްލަން ހަޒާޑް ބޭނުންވާ އެންމެ ބޮޑު ސަބަބަކީ މި އަހަރުގެ ފަހުކޮޅުގައި ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފަށަންވާއިރަށް ރަނގަޅު ފޯމަކަށް އެޅުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox