ގުރައިދޫ މަރުކަޒަށް ދެ ސައިކޭޓްރިސްޓުން ހޯދަނީ، ޖޫން މަހު ރާއްޖެ އަންނާނެ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީގެ އިސްވެރިން މައުލޫމާތު ދެއްވަނީ  -- ފޮޓޯ: އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީގެ އިސްވެރިން މައުލޫމާތު ދެއްވަނީ -- ފޮޓޯ: އަދަދު

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި 118 އަށް ވުރެ ގިނަ ނަފްސާނީ ބަލި މީހުންނަށް ފަރުވާ ދޭނެ ސައިކޭޓްރިސްޓެއް ނެތި ނުވަ އަހަރު ފާއިތުވިފަހުން، މި އަންނަ ޖޫން މަހުގެ ތެރޭގައި އެ މަރުކަޒަށް ދެ ސައިކޭޓްރިސްޓުން ގެންނާނެ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މަރުކަޒުގައި ސައިކޭޓްރިސްޓެއް ނެތް މައްސަލަ ދާދިފަހުން ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް އިން ކުރި މޮނިޓަރިން ޒިޔާރަތަށް ފަހު އާންމުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް، ޖެންޑާ އިން ބުނީ އެންމެފަހުން ސައިކޭޓްރިސްޓެއް އެ މަރުކަޒުގައި ހުރީ ފެބްރުއަރީ 2020، ގައި ކަމަށް ބުނެފަ އެވެ.

"ކޮވިޑްގެ ހާލަތާ ގުޅިގެން އޭރުގައި ހުންނެވި ސައިކޭޓްރިސްޓް [އަމިއްލަ ގައުމަށް] ވަޑައިގެންނެވީ. ދެން އެނބުރި [ރާއްޖެ] ވަޑައިނުގެންނެވި. އޭރުން ފެށިގެން ސައިކޭޓްރިސްޓެއް ހޯދަން މަސައްކަތް ކުރީ. އައިޖީއެމްއެޗްގެ ސީއެމްއެޗްގެ ސައިކޭޓްރިސްޓުން އެ މަރުކަޒަށް 2021 ވަނަ އަހަރު ވެސް ވަޑައިގެންނެވި،" ޖެންޑާ މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ ޒުލްފިޝާން އަބްދުﷲ ކަމާލުއްދީން މިއަދު ވިދާޅުވި އެވެ.

ގުރައިދޫ މަރުކަޒުގައި ތިބި ބަލިމީހުންގެ 80 ޕަސެންޓަކީ ނަފްސާނީ ބަލިމަޑުކަމަށް ބޭސްކުރަން ޖެހޭ މީހުން ކަމަށްވާއިރު އެފަދަ ބަލިތަކަށް ހާއްސަ ސައިކޭޓްރިސްޓެއް ނެތުމަކީ ބޮޑު މައްސަލައެއްގެ ގޮތުގައި އެޗްއާރުސީއެމް އިން ފާހަގަކުރި އެވެ. އެ މައްސަލަ ހައްލުކުރަން ޖެންޑާ އިން އަންނަނީ ހެލްތު މިނިސްޓްރީ އާއެކު މަސައްކަތް ކުރަމުންނެވެ.

"މިހާ ހިސާބަށް އައިއިރު އަޅުގަނޑުމެންނަށް ސައިކޭޓްރިސްޓުން ގެނެވިފައި ނެތް ކަމުގައި ވިޔަސް ވަރަށް ބޮޑު އުންމީދެއް އެބައޮތް ކުރިއަށް މިއޮތް އެއް މަސް ދުވަހުގެ ތެރޭ ދެ ސައިކޭޓްރިސްޓުން ލިބޭނެ ކަމަށް،" ޒުލްފިޝާން ވިދާޅުވި އެވެ.

އެ މަރުކަޒަށް ކުރި ޒިޔާރަތަށް ފަހު އެޗްއާރުސީއެމް އިން ރެކޮމެންޑް ކުރި ކަންތައްތަކުގެ ތެރެއިން ހާސިލްވި މިންވަރާ ގުޅޭގޮތުން "އަދަދު" އިން ސުވާލުކުރުމުން ޖެންޑާ މިނިސްޓްރީން ބުނީ އަމަލު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ރެކޮމެންޑޭޝަންތަކެއް ހުރި ކަމަށާއި އެކަންކަމަށް ބޭނުންވާ ބަޖެޓު ލިބި ޕްލޭންތައް ވެސް ނިމިފައިވާ ކަމަށެވެ.

"2021 ޖެނުއަރީގައި އެ ބޭފުޅުންގެ ޒިޔާރަތުގައި ހުށަހަޅާފައި ވަނީ 30 ރެކޮމެންޑޭޝަނެއް. އޭގެ ތެރެއިން 20 ރެކޮމެންޑޭޝަނަށް އަޅުގަނޑުމެންނަށް ކޮމްޕްލައި [އަމަލު] ކުރެވިފައި މިވަނީ،" ޖެންޑާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓްގެ ޑިރެކްޓަރު އައިޝަތު ނާޒް ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމަށް ހާއްސަ އެލްޑާލީ ވިލެޖުތަކެއް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ މަސައްކަތް ވެސް ޖެންޑާ އިން މިހާރު ފަށާފައި ވާއިރު އެކަމުގެ ތެރެއިން ދެ މަސައްކަތެއް މިހާރު ކުރިއަށްދާ ކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝިހާބު މިއަދު ވިދާޅުވި އެވެ.

"އެލްޑަލީ ކެއާ ކޮމިއުނިޓީ ސެންޓަރު ހެދުމަށް އައްޑޫ ސިޓީ ފޭދޫން ބިން ވަނީ ވަކިކުރެވިފައި. އެ މަސައްކަތް އަޅުގަނޑުމެން ކުރަމުން ދަނީ އޭޑީބީ އާއެކު. ޑިޒައިން ކުރުމުގެ މަރުހަލާގަ މިހާރު އޮތީ،" ޝިހާބު ވިދާޅުވި އެވެ.

އޭގެ އިތުރުން، އޭޖްޑް ކެއާ ހޯމް އެއް ގާއިމުކުރުމަށް އައްޑޫ ސިޓީގެ ލޭންޑް ޔޫސް ޕްލޭންގައި 30،000 އަކަފޫޓުގެ ބިމެއް މިހާރު ކަނޑައަޅާފައިވާ ކަމަށް ވެސް ޝިހާބު ވިދާޅުވި އެވެ. އެ މަސައްކަތް ވެސް އޮތީ ކޮންސެޕްޓް ޑިޒައިންގެ މަރުހަލާގައި ކަމަށް އޭނާ މައުލޫމާތު ދިނެވެ.

އެ މަރުކަޒު ހިންގުމުގައި އަމަލުކުރަން ޖެހޭ އުސޫލެއް ނުވަތަ ގަވާއިދެއް ނެތް ކަމަށް އެޗްއާރުސީއެމް އިން ބުނި ނަމަވެސް ޖެންޑާ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި، މިހާރު ލިޔެވިފައިވާ އުސޫލްތައް ރިވިއުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ހަމައެހެންމެ، އެތަނަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދިނެވެ.

އެޗްއާރުސީއެމް އިން ރަނގަޅު ކުރަން ފާހަގަކުރި ކަންތައްތައް ބަލައިގަންނަ ކަމަށާއި، ދެން އަންނަ ރިޕޯޓެއްގައި އެ ކަންތައްތައް ނުހިމެނޭނެ ކަމުގެ ޔަގީންކަން ޖެންޑާ އިން މިއަދު ދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox