ރެއާލްގެ މައްޗަށް ހޯދި ބޮޑު މޮޅާ އެކު، ޒަވީގެ އުންމީދުއާވެއްޖެ

Mar 21, 2022, 7:58 AM
ރެއާލްގެ މައްޗަށް ހޯދި ބޮޑު މޮޅާ އެކު، ޒަވީގެ އުންމީދުއާވެއްޖެ

މެޑްރިޑް (މާޗު 21) - ސްޕެނިޝް ލަލީގާގައި ރޭ ވާދަވެރި ރެއާލް މެޑްރިޑް އަތުން އެ ޓީމުގެ ދަނޑުގައި 4-0 އިން ބާސެލޯނާ މޮޅުވުމުން، ބާސެލޯނާއާ މެދު އޮތް އުންމީދުތައް އާވެއްޖެ ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ރެއާލްގެ އަތުން ރޭ ބާސެލޯނާ އިން ބޮޑު މޮޅެއް ހޯދީ ގެބޮންގެ ފޯވަޑް ޕިއޭ އެމްރިކް އޮބާމަޔަން ޖެހި ދެ ލަނޑާއި، ފެރާން ޓޯރޭޒް އަދި ރޮނާލްޑް އަރައުހޯ ޖެހި ލަނޑުތަކުންނެވެ.

ރޭގެ މެޗަކީ ޒަވީ ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި ފަހުން ކުޅުނު "އެލް ކްލެސިކޯ"ގެ ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުން ވަނީ ޖެނުއަރީ މަހު ސްޕެނިޝް ސުޕަ ކަޕް ސެމީގައި ބަލިވެފަ އެވެ. އެހެންވެ، ރޭގެ ކްލަސިކޯ މެޗު ބެލެވިފައި އޮތީ، ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ހޯދާފައިވާ ކުރިއެރުން ވަޒަންކޮށްލެވޭނެ މެޗަކަށެވެ. މި މެޗުން، ސާބިތުވި އެއް ކަމަކީ ޒަވީގެ އިރުޝާދުގެ ދަށުން، ބާސެލޯނާ އަކީ އަންނަ ސީޒަންގައި ލީގު ތައްޓަށް ވާދަކުރެވޭ ފެންވަރުގެ ޓީމެއްގެ ގޮތުގައި ބެލެވޭނެ ކަމެވެ.

"މިއީ މިހާރައި ކުރިއަށް އޮތް ތަނުގައި، ބާސެލޯނާ އަށް ކުރިއެރުންތަކެއް ހޯދުމުގެ މަގު ފަހިގެންދިޔަ މެޗެއް،" މެޗަށް ފަހު ބާސާގެ ކުރީގެ ކެޕްޓަން ޒަވީ ބުންޏެވެ. "މި މެޗުގައި ގިނަ ފުރުސަތުތައް ހޯދީ ބާސެލޯނާ އިން އަދި މާ ރަނގަޅަށް ކުޅުނު. މިއަށްވުރެ ތަފާތު ބޮޑު ނަތީޖާއެއް ބާސާ އަށް ހައްގު."

ބާސާގެ ރަން ޒަމާން އަލުން ފެށުނީތޯ ނޫސްވެރިއެއް އެހުމުން ޒަވީ ބުނީ "ޓީމު އޮތީ ރަނގަޅު މަގުގައި" ކަމަށެވެ.

ލީގު ތާވަލްގެ އެއްވަނައިގައި އޮތް ރެއާލާއި ބާސެލޯނާގެ ދެމެދުގައި އޮތް ފަރަގު ބޮޑުވިޔަސް، ޒަމާންވީ ވާދަވެރިން އަތުން އަމިއްލަ ދަނޑުގައި ލަދުވެތި ގޮތަކަށް ބަލިވުމަކީ ރެއާލަށް ކުރިމަތިވާނެ ޕްރެޝަރެކެވެ.

މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ މެޗަށް ޓީމު ރޭވުމުގައި އޭނާ އަށް ގޯސްތަކެއް ހެދުނު ކަމަށާއި ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.

"އަހަރެމެންގެ ކުޅުން ވަރަށް ރަށް. އަހަންނަށް ޓީމު ރޭވުމުގައި ވެސް ގޯސްތަކެއް ހެދުނު. އަހަރެން މާފަށް އެދެން. ވަރަށް ދެރަވެއްޖެ މި ނަތީޖާއާ ގުޅިގެން،" އަންޗެލޮޓީ ބުންޏެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox