ރެއާލް ދަނޑުގައި މޮޅުވެ ބާސެލޯނާ އިން ފެންވަރު ދައްކާލައިފި

Mar 20, 2022, 10:00 PM
ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (މާޗް 21) - ސްޕެނިޝް ލީގުގައި މިރޭ ރެއާލް މެޑްރިޑް ދަނޑުގައި ކުޅުނު އެލްކްލަސިކޯ މެޗުގައި ބާސެލޯނާ އިން 4-0 އިން މޮޅުވެ، އެ ޓީމުގެ ފެންވަރު ދައްކާލައިފި އެވެ.

މިރޭގެ މެޗުގެ ކުރިން އެންމެ ފަހުން ބާސެލޯނާއާ ދެކޮޅަށް ކުޅުނު ހަ މެޗުން ވެސް މޮޅުވީ ރެއާލް އެވެ. އޭގެ ތެރޭގައި މިދިޔަ ޖެނުއަރީ މަހު ސްޕެނިޝް ސުޕަ ކަޕްގައި ޒަވީ ހަވާލުވި ފަހުން ބާސެލޯނާ އަތުން ރެއާލް ވަނީ 3-2 އިން މޮޅުވި މެޗު ހިމެނެ އެވެ. އެކަމަކު، ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން ގަތް ޕިއޭ އެމެރިކް އޮބާމަޔަން އާއި ފެރާން ޓޮރޭޒް ދެއްކި ތަފާތާ އެކު މިރޭ ބާސެލޯނާ ވަނީ ރެއާލް ކައިރިން ފުރިހަަމަ މޮޅެއް ހޯދައިފަ އެވެ. މިއީ ބާސެލޯނާ އިން ދަމަހައްޓަމުން އައި ރަނގަޅު ފޯމަށް އިތުރުވި ބޮޅެކެވެ.

ދެ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ރެއާލްގެ ސަންޓިއާގޯ ބާނަބެއުގައި ކުޅުނު ފުރަތަމަ ކްލަސިކޯ މެޗު ފަށައިގެން ބާސެލޯނާގެ އަަވަސް އެޓޭކްތަކާ އެކު ރެއާލް ހާސްކޮށްލި އެވެ. މެޗުގެ ކުރީކޮޅުގައި ބާސެލޯނާގެ އޮބާމަޔަން އާއި ޓޮރޭޒް އަދި އޮސްމާން ޑެމްބެލޭގެ އެޓޭކްތައް ހުއްޓުވީ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ އެެވެ.

އެކަަމަކު، މެޗުގެ 29 ވަނަ މިނިޓްގައި ޑެމްބެލޭ ނެގި ހުރަހަކުން އޮބާމަޔަން ބޮލުން ގޯލު ޖަހައި، ބާސެލޯނާ އަށް ލީޑުނަގައިދިނެވެ. އެ ގޯލަށް ފަހު ރެއާލް ކުރިއަށް ޖެހި މެޗުގައި ހަމަޖެހިނުލެވެނިސް ބާސެލޯނާ އިން ދެ ވަނަ ގޯލެއް ޖެހި އެވެ. މިއީ މެޗުގެ 38 ވަނަ މިނިޓްގައި ޑެމްބެލޭ ނެގި ކޯނަރަކުން އުރުގުއޭގެ ޑިފެންޑަރު ރޮނާލްޑް އަަރައުހޯ ބޮލުން ޖެހި ގޯލެކެވެ.

ރެއާލްގެ ވިނީޝިއުސް (ކ) އާއި ޖެރާޑް ޕީކޭ ޕެނަލްޓީއެއްގެ މައްސަލައެއްގައި ޒުވާބު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރެއާލްގެ އެއް ވަނަ ފޯވާޑް، އަދި ކެޕްޓަން ކަރިމް ބެންޒެމާ ކުޑަކަޅުވާ އަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެ އެވެ.

ރެއާލްގެ އެޓޭކް ލީޑުކުރަމުން ދިޔަ ވިނީޝިއުސް ޖޫނިއާ ވަނީ އަމިއްލަ ހުނަރު ބޭނުންކޮށް، އެހެން ކުޅުންތެރިންނާ ގުޅިގެން އެޓޭކްތަކެއް ކުރެވޭތޯ ބަލައިފަ އެވެ. އޭގެ ތެެރެއިން ފުރުސަތެއްގައި ވިނީޝިއުސް އަށް ބާސެލޯނާ އޭރިއާތެރެއިން ފައުލެއް ކުރި ކަމަށް ބުނެ، ޕެނަލްޓީ ހޯދަން އެޕީލްކުރި ނަމަވެސް ރެފްރީ އެގޮތަށް އެއްބަހެއްނުވި އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ވެސް ރެއާލަށް ހިންދެމިލެވޭވަރު ނުވެ، ކުޅެން ޖެހުނީ ޕްރެޝަރުގަ އެވެ. މި ހާފް ފެށިގެން ދެ ވަނަ މިނިޓްގައި އޮބާމަޔަން ދިން ބޯޅައަކުން ޓޮރޭޒް ގޯލު ޖެހި އެވެ. އޭގެ ތިން މިނިޓް ފަހުން ޓޮރޭޒް ދިން ބޯޅައަކުން އޮބާމަޔަން ވަނީ ބާސެލޯނާގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އެންމެ ފުރަތަމަ ނިންމީ އޮބާމަޔަންގެ ގޯލު އޮފްސައިޑް ކަމަށެވެ. އެކަމަކު އެ ގޮތަށް ގޮތް ނިންމައިގެން ހުއްޓައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ގޯލެއް ކަމަށެވެ. އެ ނިންމުމާ މެދު ރެއާލުން ވަރަށް ބޮޑަށް ނުރުހުނެވެ.

ބާސެލޯނާގެ އޮބާމަޔަން އަށް ފަހުން ވެސް ގޯލު ޖަހާނެ ފުރުސަތު ލިބުނެވެ. އެކަމަކު، ހެޓްރިކެއް ހެދުމުގައި ކާމިޔާބެއް ނުލިބުނެވެ. އޮބާމަޔަންގެ ބަދަލުގައި ކުޅެން އެރި މެމްފިސް ޑިޕާއި ޖެހި ބޯޅަ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. އަދި ރެއާލުން ގޯލެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތުގައި އެ ޓީމުގެ ކުޅުންތެރިންގެ ހަމަލާތައް ހުއްޓުވީ ބާސެލޯނާގެ ޖަރުމަނު ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން އެވެ.

މި ނަތީޖާއާ އެކު ބާސެލޯނާ އިން ވަނީ ބަލިނުވެ، 11 މެޗު ހަމަކޮށްފަ އެވެ.

ސްޕެނިޝް ލީގު ތާވަލުގެ އެއް ވަނައިގައި ރެއާލް އޮތީ 29 މެޗުން 66 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 29 މެޗުން 57 ޕޮއިންޓް ހޯދައިގެން ސެވިއްޔާ އެވެ. ސެވިއްޔާ މިރޭ ވަނީ ރެއާލް ސޮސިއެޑާޑާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އަށް 28 މެޗުން ވަނީ 54 ޕޮއިންޓް ލިބިފަ އެވެ. އެތުލެޓިކޯ ހަތަރު ވަނައިގައި އޮތީ 29 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox