ރެއާލަށް ވާދަވެރި ބާސެލޯނާގެ މައްޗަށް ޖެހިޖެހިގެން ހަ މޮޅު ހޯދިދާނެތަ؟

Mar 20, 2022, 8:50 AM
ރެއާލަށް ވާދަވެރި ބާސެލޯނާގެ މައްޗަށް ޖެހިޖެހިގެން ހަ މޮޅު ހޯދިދާނެތަ؟

މެޑްރިޑް (20 މާޗު) - ސްޕެނިޝް ލީގުގެ ތާވަލްގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑް މިރޭ އަމިއްލަ ދަނޑުގައި ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ނުކުންނައިރު، ރެއާލްގެ އަމާޒަކަށް ވާނީ ބާސެލޯނާގެ މައްޗަށް ޖެހިޖެހިގެން ހަ ވަނަ މޮޅު ހޯދުމެވެ.

އެކަމަކު، ބާސެލޯނާގެ ލެޖެންޑް ޒަވީ ހެނާންޑޭޒް، ކްލަބާ ހަވާލުވެ، ޖެނުއަރީގެ ޓްރާންސްފާގައި ގެނައި ކުޅުންތެރިންނާ އެކު ބާސެލޯނާ އަށް ވެސް ވަނީ އާ ދިރުމެއް ލިބިފަ އެވެ. ލީގު ތާވަލްގައި ބާސެލޯނާ އާއި ރެއާލްގެ މެދުގައި އޮތް ފަރަގު ބޮޑު ވިޔަސް، ޒަމާންވީ ވާދަވެރިން އަތުން ޖެހިޖެހިގެން ހަ މެޗުން ބަލިވުމަކީ ބާސެލޯނާ އަށް ހަޖަމްވާނެ ކަމެއް ނޫނެވެ.

މި ސީޒަންގައި ބާސެލޯނާ އާއި ރެއާލް ވަނީ ދެ ފަހަރު ބައްދަލުކޮށްފަ އެވެ. ބާސެލޯނާގެ ދަނޑުގައި ކުޅުނު ލީގު މެޗާއި ސުޕަ ކަޕްގައި މިދެ ޓީމު ބައްދަލުކުރި ދެ މެޗު ވެސް ކާމިޔާބުކުރީ ރެއާލުންނެވެ.

މިރޭގެ "އެލް ކްލެސިކޯ" މެޗަށް މި ދެ ޓީމު ކުރިމަތިލާއިރު، ރެއާލް އޮތީ ބާސެލޯނާ އަށް ވުރެ 15 ޕޮއިންޓް ކުރީގަ އެވެ. ބާސެލޯނާ އޮތީ ތާވަލްގެ ހަތަރު ވަނައިގަ އެވެ. ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ފަހުން، ލީގުގައި ބާސެލޯނާ ބައްޔެއް ނުވެ އެވެ.

ކްލަސިކޯ އެނބުރި ރެއާލްގެ ރަސްމީ ސްޓޭޑިއަމަށް

މިއީ 2020 ވަނަ އަހަރުގެ މާޗު މަހުގެ ފަހުން، ރެއާލްގެ ސަންތިއާގޯ ބާރްނަބެއޫ ސްޓޭޑިއަމްގައި ކުޅޭ "އެލް ކްލެސިކޯ"ގެ ފުރަތަމަ މެޗެވެ. ސްޓޭޑިއަމްގެ މަރާމާތްތަކާ ގުޅިގެން، މިރޭގެ މެޗަށް ވައްދާނީ 60،000 ސަޕޯޓަރުންނެވެ.

މިރޭގެ މެޗުގައި ދެ ޓީމުގެ ޖޯޒީން ވެސް ފެނިގެންދާނީ ރަސްމީ ކުލަތަކެއް ނޫނެވެ. ރެއާލްގެ 120 ވަނަ އަހަރީ ދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، ރެއަލް އިން މިރޭގެ މެޗުގައި ބޭނުންކުރާނީ ކަޅު ކުލައިގެ ޖޯޒީއެކެވެ. ބާސާ އިން ބޭނުންކުރަނީ އެ ކްލަބު ނިސްބަތްވާ ކަޓަލޫނިއާގެ ދިދައިގެ ހިމެނޭ ރަތާއި ރީނދޫ ކުލައިގެ ޖޯޒީއެކެވެ.

ރެއާލް މިރޭގެ މެޗަށް ނުކުންނައިރު، ފޯމުގައި ހުރި ފޯވަޑް ކަރީމް ބެންޒެމާ އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ އެވެ. މި ސީޒަންގެ ލަލީގާގައި 25 މެޗުން 22 ލަނޑު ޖަހާފައިވާ ބެންޒެމާ އަށް އަނިޔާވީ ލީގުގައި މަޔޯކާއާ ދެކޮޅަށް މިދިޔަ ހަފުތާގައި ކުޅުނު މެޗުގަ އެވެ.

މެޗުގެ ކުރިން ރެއާލްގެ ކޯޗު ކާލޯ އެންޗަލޮޓީ ބުނީ ބެންޒެމާ މުޅިން ފިޓެއް ނޫން ކަމަށާއި އޭނާ ލައްވައި ކުޅުވައިގެން "ރިސްކެއް" ނަގަން ބޭނުމެއް ނުވާ ކަމަށެވެ.

ބެންަޒެމާ ނެތްތަން ފޫބެއްދުމަށް، މިރޭގެ މެޗުގައި ގެރެތު ބޭލް، މަރިއާނޯ ޑިއާޒްް ނުވަތަ ލޫކަ ޖޮވިޗްގެ ބޭނުން އަންޗެލޮޓީ ހިފާފާނެ އެވެ. މީގެ އިތުރުން، ރޮޑްރިގޯ ނުވަތަ އިސްކޯގެ ބޭނުން ވެސް ހިފާފާނެ އެވެ.

އެންޗަލޮޓީ ބުނީ ބެންޒެމާ ނެތްތަން ފޫބެއްދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެކަމަކު، ބެންޒެމާ އަށް ނުކުޅެވުނަސް، ލީގުގައި ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ބްރެޒިލްގެ ފޯވަޑް ވިނީޝިއުސް ޖޫނިއާހުރީ ފިޓުކޮށެވެ. ވިނީޝިއުސް ވަނީ މި ސީޒަންގައި މިހާތަނަށް 14 ލަނޑު ޖަހައިފަ އެވެ.

ބާސެލޯނާއާ ޖެނުއަރީގެ ޓްރާންސްފާގައި ގުޅުނު ފޯވަޑް ޕިއޭ އެމްރިކް އޮބާމަޔަން ވެސް ހުރީ ރަނގަޅު ފޯމެއްގަ އެވެ. މިހާތަނަށް 10 މެޗުން ހަތް ލަނޑު ޖަހައިފަ އެވެ.

އެލް ކްލެސިކޯގެ ފުރަތަމަ ތަޖުރިބާ އަށް ނުކުންނައިރު، އޮބާމަޔަން ބުނީ މި މެޗުގެ މުހިންމުކަން އިހުސާސްކުރެވޭ ކަމަށެވެ.

"މި ކްލަބުގެ ހުރިހާ އެންމެނަށް ވެސް މިއީ ވަރަށް މުހިންމު މެޗެއް. ޑާބީ މެޗުތަކުގެ ތަޖުރިބާ މީގެ ކުރިން ލިބިއްޖެ. މި މެޗުގެ ހާއްސަކަން އަހަންނަށް ވެސް އެބަ އިހުސާސްވޭ،" އޮބާމަޔަން ބުންޏެވެ.

ބާސެލޯނާ އާއި ރެއާލްގެ ކުރިމަތިލުންތަކަކީ މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓޭ މެޗެވެ. މި ދެ ޓީމުގެ ކޮންމެ ކުރިމަތިލުމެއް ވެސް، ދުނިޔޭގެ އެތައް މިލިއަން ބަޔަކު ޓީވިން ބަލަ އެވެ. މިއީ ދިވެހިރާއްޖޭގެ ފުޓްބޯޅަ ފޯރީގައި ވެސް އެންމެ ބޮޑަށް ވައިގައި ހިފާ މެޗެވެ.

ރެއާލާއި ބާސާ މިރޭ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ދަންވަރު 1:00ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox